އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ފަސް އަހަރުގެ ދައުރު މިއަދަށް ހަމަވެއްޖެ އެވެ.
10 ފެބުރުއަރީ 2022
އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ފަސް އަހަރުގެ ދައުރު މިއަދަށް ހަމަވެއްޖެ އެވެ.
އޭނާ އެ މަގާމަށް އިންތިހާބުކުރީ ފެބުރުއަރީ 10، 2017 ގައި ބޭއްވި އިންތިހާބުގައި 14،500 އަށް ވުރެ ގިނަ ވޯޓުންނެވެ. އެ އިންތިހާބަށް ހަސަން އެކަނި ކުރިމަތިލެއްވީ ޗެއާޕާސަންކަމުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމުންނެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ ދައުރު މިއަދަށް ހަމަވިޔަސް އާ ދައުރަށް ކުރިމަތިލާކަށް އަދި ހުޅުވައެއް ނުލަ އެވެ. އިންތިހާބު ބާއްވާނެ ތާރީހެއް ވެސް އިއުލާނެއް ނުކުރެ އެވެ.
އެކަމަކު ޗެއާޕާސަންގެ އިންތިހާބުގެ މުއްދަތު ކަނޑައެޅުން ހިމެނޭ ގޮތަށް ފަސް އިންތިހާބެއްގެ ތާރީހު މިރޭ ނިންމާ ގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރެ އަށް އޮތީ ތާވަލުކޮށްފަ އެވެ. ޕާޓީގެ ފަރާތުން 2023 ގައި ވާދަކުރައްވާނެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީއަކާ މެދު ވެސް މިރޭ ގޮތެއް ނިންމާނެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. އޭނާގެ އިތުރުން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރިމަތިލައްވަން އުޅުއްވާ ކަމުގެ އަޑު ފެތުރިފައި ވިޔަސް އޭނާ އެކަން އިއުލާނެއް ނުކުރައްވަ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އިންތިހާބު ބޭއްވުމުގެ 60 ދުވަސް ކުރިން، އެ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވައިލަން ވާނެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ ލިސްޓެއް މަހެއް ކުރިން އިއުލާންކުރަން ޖެހެ އެވެ.
ހަސަން ލަތީފު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފި
ނަޝީދުގެ ކެމްޕޭން ޓީމުގެ ތުހުމަތު: ވަގު ވޯޓު އެޅި!
އެމްޑީޕީ އިންތިހާބުގައި އިދިކޮޅުން ވޯޓުލީކަމުގެ ތުހުުމަތު
ސިޔާސަތުތައް ޕާޓީގެ ތަސައްވަރާ އެއްގޮތެއް ނޫން: ހަސަން
ފުލުފުލުގައި ސިޔާސީ ޕާޓީތައް!
ނަޝީދާއި ހަސަން ފެޔަށް ޖެހިލަން އިބްރާ ގޮވާލައިފި
އެމްޑީޕީގެ ދުވުން ހުއްޓުވައި، ޗެއާޕާސަން ހައްޔަރުކޮށްފި
ނަތީޖާ ސައްހަ، ސުވާލެއް ނޫފެއްދޭނެ: އެމްޑީޕީ
އެމްޑީޕީ އުވާލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ހަސަން
މަޝްވަރާގައި ބައިވެރިވުމާމެދު އެމްޑީޕީން ގޮތެއް ނިންމަނީ