Roadha Mihaaru
ބްރެސްޓް ކެންސަރުގެ އަލާމާތްތަކާއި ފަރުވާގެ މުހިއްމުކަން

ބްރެސްޓް ކެންސަރުގެ އަލާމާތްތަކާއި ފަރުވާގެ މުހިއްމުކަން

10 ފެބުރުއަރީ 2022

ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އާންމީ އުރަމަތީގެ ކެންސަރެވެ. ބްރެސްޓް ކެންސަރު ޖެހެނީ އުރަމަތީގައި ހުންނަ ސެލްތައް އެއްވެސް ކޮންޓްރޯލެއް ނެތި އުފެދެން ފެށުމުންނެވެ. ބްރެސްޓް ކެންސަރުގައި ތަފާތު އެކި ވައްތަރުތައް ހުރެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ އާންމީ އުރަމަތީގެ ކެންސަރެވެ. ބްރެސްޓް ކެންސަރު ޖެހެނީ އުރަމަތީގައި ހުންނަ ސެލްތައް އެއްވެސް ކޮންޓްރޯލެއް ނެތި އުފެދެން ފެށުމުންނެވެ. ބްރެސްޓް ކެންސަރުގައި ތަފާތު އެކި ވައްތަރުތައް ހުރެ އެވެ.

ބްރެސްޓް ކެންސަރު ފެށެނީ އުރަމަތީގެ އެކި ހިސާބުތަކުންނެވެ. މި ލިސްޓުކޮށްލަނީ ބްރެސްޓް ކެންސަރުގެ އަލާމާތްތަކާއި އޭގެ ފަރުވާގެ މުހިއްމު ކަންކަމެވެ.

ސެލްފް-އެގްޒާމް ކުރުމުގެ މުހިއްމުކަން

"ދަ އެމެރިކަން ކެންސާ ސޮސައިޓީ" އިން ނެރުނު ގައިޑް ލައިނެއްގައި ބުނެފައިވާ ގޮތުން، ސެލްފް-އެގްޒާމް ކޮށްގެން މާ ބޮޑު ފައިދާއެއް ނުވެ އެވެ. ހާއްސަކޮށް މެމޯގްރާމް ހަދަމުން އަންނަ އަންހެނުންގެ ފަރާތުންނެވެ.

އަންހެނެއް ނަމަ، އަމިއްލަ މީހާގެ އުރަމަތި ހުންނަ ގޮތަށް ބަދަލުތަކެއް އަންނަ ކަން އަބަދު ވެސް ބަލަން ވާނެ އެވެ. ގަވާއިދުން ބަލާ ނަމަ، މިކަމުން ދިމާވާ ނުރައްކަލުން ސަލާމަތް ވުމުގެ ފުރުސަތު އޮންނާނެ އެވެ.

އުރަމަތީ އުފެދޭ ބްރެސްޓް ލަމްޕް އަށް ސިއްހީ ފަރުވާ ހޯދަން ޖެހޭނެ އެވެ. ބްރެސްޓް ޓިޝޫއިން އުރަމަތީގެ ތަންކޮޅެއް އުފުލިފައި ނުވަތަ ލަމްޕްއެއް ހުންނަކަން ފާހަގަވާ ހިސާބުން ޑޮކްޓަރަށް ދައްކާ ފަރުވާ ފަށަން ޖެހޭނެ އެވެ. ލަމްޕް ހުންނަ ކޮންމެ ބަޔަކީ އަދި ކެންސަރު ބަލީގެ މީހުންނެއް ނޫނެވެ.

"ލަމްޕް" ހުންނަނީ ކިހިނެއް

ބްރެސްޓް ކެންސަރަށް ބަދަލުވާ ލަމްޕް ހުންނާނީ އާންމުކޮށް އުރަމަތީ އުފެދޭ ލަމްޕް އާ ތަފާތު ގޮތަކަށެވެ. ކެންސަރަށް މަގުފަހިވާ ލަމްޕްގައި ހުންނާނީ ތިރީގައި މިވާ އަލާމާތްތަކެވެ. އެއީ؛

- ލަމްޕް ބަރުވުން

- މާބޮޑު ރިހުމެއް ނުހުންނާނެ

- ވަކި ޝޭޕަކަށް ވާގޮތަކަށް ނީންނާނެ / ކޮޅުތަކަށް ތޫނުކަމެއް ހުންނާނެ

- ފިއްތާލުމުން އަޑިއަކަށް ނުދާނެ

- ފެންނަން ހުންނާނީ އުރަމަތީގެ މަތީ ބޭރުން

- ދުވަސްވާ ވަރަކަށް ބޮޑުވުން

އެކަމަކު މި ހުރިހާ އަލާމަތްތަކަކީ ކެންސަރަށް މަގުފަހިވާނެ އަލާމާތަކެއް ނޫނެވެ. ވަށްކޮށް، މަޑުކޮށް އަދި ރިހުން ހުންނަ ލަމްޕް ވެސް ކެންސަރަށް ބަދަލުވުން އެކަށީގެންވެ އެވެ.

ބައެއް އަންހެނުންގެ ގައިގައި ވަރަށް ބޮޑަށް ފައިބްރޮއިޑް ބްރެސްޓް ޓިޝޫ ވެސް ހުރެ އެވެ. މިފަދަ ހާލަތުގައި ލަމްޕެއް އިންނަކަން ނޭނގުން ވެސް އެކަށީގެންވެ އެވެ.

މެމޯގްރާމް ހަދާއިރު ހިތްނުތަނަވަސް ވުމަކީ ވެސް ކެންސަރު ހުންނަ ކަން ދެނެގަތުމަށް އުނދަގޫވާ ކަމެކެވެ.

ބްރެސްޓް ކެންސަރުގެ އެހެން އަލާމާތްތައް

ލަމްޕްގެ އިތުރުން ބްރެސްޓް ކެންސަރުގެ އެންމެ އާންމު އަލާމާތްތަކުގެ ތެރެއިން ތިރީގައި މިވާ ކޮންމެ ވެސް އެއް އަލާމާތެއް ފެނިދާނެ އެވެ.

- އުރަމަތި ދުޅަވުން

- ކިރު ފިޔަވައި އެހެން ޒާތްޒާތުގެ ތަކެތި ފޭބުން

- ކަހާ ހިރުވުން

- އަތް ދުޅަވުން

- ކިތްޕަތި ދުޅަވުން

- މޭކަށިގަނޑު ވަށައިގެން ދުޅަވުން

މިއިން އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވާނެ އެވެ.

ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހޭ ވަގުތު

އާންމުކޮށް އުފެދޭ ބްރެސްޓް ލަމްޕަކީ ކެންސަރުގެ އަލާމާތެއް ނޫނެވެ. ނަމަވެސް ސެލްފް-އެގްޒާމް ހަދާއިރު އެއްވެސް ކަހަލަ އާދަޔާ ހިލާފުކަމެއް ފެނިއްޖެ ނަމަ ޑޮކްޓަރުގެ ލަފާ ހޯދަން ޖެހޭނެ އެވެ. ލަސްނުކޮށް ބްރެސްޓް ކެންސަރަށް ސްކްރީން ކުރުމަކީ ވެސް މުހިއްމު ކަމެކެވެ. ބްރެސްޓް ކެންސަރު ޖެހިފައި ހުރިކަން ކުރިން އެނގުމުން ފަރުވާ ހޯދުމުގެ މަސައްކަތް އަވަހަށް ފެށޭނެ އެވެ. އަވަހަށް ފަރުވާ ހޯދުމުން އިތުރަށް ގޯސްވިޔަ ނުދީ ރަނގަޅު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.