Roadha Mihaaru
ގޯޕީއާއި ޖިގަރު އެންގޭޖެއް ނުވޭ، ލަވައެއް ކުޅެނީ

ގޯޕީއާއި ޖިގަރު އެންގޭޖެއް ނުވޭ، އެކުގައި ލަވައެއް ކުޅެނީ

04 ފެބުރުއަރީ 2022

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ، "ސާތު ނިބާނާ ސާތިޔާ" ގައި ގޯޕީގެ ރޯލުން މަޝްހޫރުކަން ހޯދި ދެވޮލީނާ ބަޓަޗާޖީ އާއި ހަމަ އެ ޝޯގައި ޖިގަރުގެ ރޯލުން ފެންނަ ވިޝާލް ސިންގް އެންގޭޖުވި ކަމަށް އަޑު ފެތުރުނު ނަމަވެސް އެއީ ލަވައެއް ޕްރޮމޯޓްކުރުމަށް ކުރި ކަމެއް ކަމަށް ދެ ފަންނާނުން ބުނެފި އެވެ. ވިޝާލް އާއި ދެވޮލީނާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް ބުދަ ދުވަހު މި ދެތަރިން އިންސްޓްގަރާމް މެދުވެރިކޮށް އާންމުކުރީ "އިޓްސް އޮފިޝަލް" ކަމަށް ބުނެ އެންގޭޖުވާ ފޮޓޯތަކެކެވެ. އެއާ އެކު ސޯޝަލް މީޑިއާގައި ވަރަށް ލޯބިވާ ކަމަށް އެކަކު އަނެކަކު ބުނެފައިވެ އެވެ. އަދި ސަޕޯޓަރުން ވެސް މަރުހަބާގެ މެސެޖުތައް ބަންޑުންކޮށްލި އެވެ.

އެކަމަކު ބުދަ ދުވަހުގެ ރޭ އިންސްޓަގްރާމް ލައިވްގައި ދެ ފަންނާނުން ބައިވެރިވެ އަސްލު ކަން ހިނގި ގޮތް ވަނީ ކިޔައިދީފަ އެވެ.

މި ދެތަރިން ބުނީ އެއީ އެކުގައި ފެންނާނެ ވީޑިއޯ ލަވައެއްގެ މަސައްކަތްކުރާ ވާހަކަ އެވެ. އެ ލަވަ ވަރަށް އަވަހަށް ބެލުންތެރިންނަށް ފެންނާނެ ކަމަށް ބުންޏެވެ.

ބިގްބޮސް 15 އިން ވެސް ފެނުނު ދެވޮލީނާ އާއި ވިޝާލްގެ ޖޯޑު ގިނަ ބަޔަކަށް ކަމުދިޔަ ނަމަވެސް ސަޕޯޓަރުންގެ އުއްމީދުތައް ހަގީގަތަކަށް ނުވާތީ އެމީހުން ތިބީ ވަރަށް ދެރަވެފަ އެވެ.

މީގެ ކުރިން ނެހާ ކައްކަރާއި އޭނާގެ ފިރިމީހާ ވެސް ވަނީ ލަވައެެއް ޕްރޮމޯޓްކުރަން މި ކަހަލަ ސަމާސާއެއް ކޮށްފަ އެވެ. އެމީހުން ކައިވެނިކުރިތާ ކައިރީގައި ނެހާ ބަނޑުބޮޑުވެފައި ހުރި ފޮޓޯއެއް އާންމުކުރުމުން ބަނޑުބޮޑު ކަމަށް މީޑިއާތަކުގައި ރިޕޯޓްކުރި ނަމަވެސް ފަހުން ބުނެފައި ވަނީ އެއީ ވީޑިއޯ ލަވައެއްގެ މަންޒަރެއް ކަމަށެވެ.