31 ޖެނުއަރީ 2022
ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ ހައްލަކީ އޭނާ ކަމަށާއި ބައި އިލެކްޝަންގައި ރައްޔިތުން އޭނާ އަށް ވޯޓްދީ ހޮވައިފި ނަމަ އެ ތަފާތު ދައްކައި ދޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސް މިރޭ ވިދާޅުވެއްޖެ އެވެ.
ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ ހައްލަކީ އޭނާ ކަމަށާއި ބައި އިލެކްޝަންގައި ރައްޔިތުން އޭނާ އަށް ވޯޓްދީ ހޮވައިފި ނަމަ އެ ތަފާތު ދައްކައި ދޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސް މިރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އޭނާ ވިދާޅުވީ އިންތިހާބަށް ވާދަކުރައްވަން ނިންމެވި ހިސާބުން ވެސް ފާޅުރައްވަމުން ގެންދަވަނީ ދާއިރާގެ ރައްޔިތުންގެ ޝުއޫތުރަކުގެ ވާހަކަ ކަމަށެވެ. އެގޮތުން ވަކިން ހާއްސަކޮށް އޭނާ ނިސްބަތްވާ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑު އާއި މަރޮއްޓާއި ފޯކައިދޫގެ ޒުވާނުންނާއި ކުރިމަގުގެ ޖީލުގެ އާދޭސްތަކާއި އުދާސްތައް އަޑު އަހައި އެ މީހުންނަށް ދިމާވެފައި ހުރި ހުރިހާ މައްސަލަތަކެއް ހައްލުކޮށް ދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ހަންނާނު ވިދާޅުވި ގޮތުގައި ދާއިރާގެ ރައްޔިތުންގެ އެންމެ ބޮޑެތި ޝަކުވާތަކުގެ ތެރޭގައި ރަށްރަށުން މަތީ ތައުލީމުގެ ފުރުސަތު ލިބެން ނެތުމާއި ވަޒީފާގެ ފުރުސަތުތައްތައް ނުލިބުމާއި އިގުތިސާދީ ގޮތުން އަންނަން ޖެހޭ އެކިއެކި ކުރިއެރުންތައް ލިބެމުން ނުދިއުން ހިމެނެ އެވެ.
އަޅުގަނޑުގެ ކެމްޕޭން ޖަލްސާ ދާއިރާގެ ރައްޔިތުން ދަނީ ދާއިރާގެ 3 ރަށުގައި ހުރި ކެމްޕޭން ޖަގަހަތަކުގައި ވަރަށް ފޯރީގައި ބަލަމުން#AaFikurakaaEku #VoteHannan #Hannan3 #Vote3 3️⃣✅ pic.twitter.com/AwJgj6suJz
— Hannan for Komandoo Dhaairaa (@HannanMNP) January 31, 2022
އެހެންވެ ދަރިވަރުންނާއި ބެލެނިރިންގެ އެންމެ ބޮޑު ޝަކުވާ ކަމަށްވާ މަތީ ތައުލީމު ރަށުގައި ތިބެގެން ހޯދޭނެ މަގުފަހިކޮށް ދިނުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްކުރާނެ ދާއިރާއެއް ކަމަށް ވިދާޅުވި އެވެ.
"މިފަދަ މައްސަލަތައް ހައްލުކޮށް ދިނުމަށްޓަކައި ސިޔާސީ ޕާޓީއަކާ ގުޅިގެން އަޅުގަނޑު މި މަސައްކަތަށް ނުކުތީ،" ހަންނާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަންކަން ކުރެވޭނީ، ކުރަން އެނގޭ އަދި ކުރުމުގެ ގާބިލުކަން ވެސް ހުރި ބަޔަކަށް ކަމަށެވެ. އެގޮތުން އެމްއެންޕީ އަކީ އެ ކުޅަދާނަކަން ހުރި އަދި އެކަން އަމަލީ ގޮތުން ވެސް ދައްކައިދޭނެ ޕާޓީއެއް ކަމަށް ވިދާޅުވި އެވެ.
Komandoo Dhaairaage By-Electionge @MNP_Secretariat Candidate @HannanMNP Mireyge campaign jalsaagai ummeedhun furigenvaa vaahakathakeh dhakkavvany! Candidate number 3️⃣✅ pic.twitter.com/5fhZ2i91av
— Asr Ahmed (@AhmedAsrra) January 31, 2022
ހަންނާނު ފާހަގަކުރެއްވި ގޮތުގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާގައި މިހާރު ތަފާތު އެކިއެކި މަޝްރޫއުތައް ހިންގަން ފެށީ އެމްއެންޕީން ފެށި މަސައްކަތާ ހެދި އެވެ. އެގޮތުން ދެ ކޮމަންޑޫ ގުޅައިލުމުގެ ވާހަކަ އާއި ދާއިރާގައި ރިސޯޓްތައް ހެދުމާއި އެއާޕޯޓް އެޅުމާއި ދަނޑުވެރިކަންކުރުމާއިި މަސްވެރިންނަށް އައިސްޕްލާންޓް ހަދައި ދިނުމާއި ކުއްލިއަކަށް އެތައް ބަޔަކަށް ވަޒީފާ ލިބިގެން ދިއުމާއި ބިން ހިއްކުން ފަދަ ކަންކަމަށް ސަރުކާރުން ލޯ ހުޅުވުނީ އެމްއެންޕީން އުފުލަން ފެށި އަޑުތަކާ ހެދި ކަމަށް ވިދާޅުވި އެވެ. އެހެން ނޫން ނަމަ އެއިން ވެސް އެއްވެސް ކަމަކާ ސަރުކާރުން ނޫޅޭނެ ކަމަށާއި އަދިވެސް ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް ދެނެގަތުމަށް ވުރެ ބޮޑަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓާއި އެ ޕާޓިން ދައްކަނީ މުޅިން ވެސް ގޮނޑީގެ ވާހަކަ އެވެ.
"[އެކަމަކު] ކަންކަން ކުރެވޭނީ އަޅުގަނޑުމެން ކަހަލަ މީހުންނަށް. އަޅުގަނޑުމެން ކަހަލަ މީހުންނަށް [ރައްޔިތުންގެ ހައްގުގައި] މަސައްކަތްކުރެވޭނީ،" ހަންނާން ވިދާޅުވި އެވެ.
އެމްއެންޕީގެ ކެންޑިޑޭޓް ޙަންނާންގެ ކެމްޕޭން ޖަލްސާގައި އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ވާހަކަފުޅު ދައްކަވަނީ#AaFikurakaaEku #VoteHannan #Hannan3 #Vote3 3️⃣✅ pic.twitter.com/IQsY95bxij
— Maldives National Party (@MNP_Secretariat) January 31, 2022
އޭނާ ވިދާޅުވި ގޮތުގައި ދާއިރާގެ ރައްޔިތުން ވަކިން ހާއްސަކޮށް ޒުވާނުންގެ ޝުއޫރުތަކުގެ އަޑު ސަރުކާރަށް އިވޭ ވަރަށް ބާރަށް ދައްކަން ޖެހެ އެވެ. އަދި އިންތިހާބަށް ނުކުންނަވައި ކުރައްވާ އެންމެ ބޮޑު މަސައްކަތަކީ ވެސް އެއީ ކަމަށާއި ޒުވާނުން އޭނަގެ ފަރާތުން އެންމެ ބޮޑަށް އެދޭ ކަމަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ. ހަންނާން ވިދާޅުވި ގޮތުގައި ކޮމާންޑޫ ދާއިރާ އަށް ކުރީގެ ސަރުކާރުތަކުން އޮތީ ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ. އެހެންވެ ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން މިހާތަނަށް އައިސްފައި ނެތުމަކީ ފެންނަން އޮތް ބޮޑު ހަގީގަތެއް ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑަކީ ރައްޔިތުންގެ އަޑު އުފުލާނެ މީހެއް. އެ މަސައްކަތުގައި ސާބިތުކަމާ އެކު ދެމިހުންނާނެ މީހެއް. ތިޔަ ޒުވާނުން، ތިޔަ ދަރިވަރުން، ތިޔަ ބެލެނިވެރިން ބޭނުންވާ ކަހަލަ ބަދަލުތަކެއް ދާއިރާ އަށް ގެންނަން އަޅުގަނޑު ނުކުމެ މި ހުރީ،" ހަންނާން ވިދާޅުވި އެވެ. "ތިޔަ ބޭފުޅުންނަށް ދިމާވެފައިވާ ހުރިހާ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި އަޅުގަނޑު ގަދައަޅައި މަސައްކަތް ކުރާނަން."
ހަންނާނާ ބެހޭ ގޮތުން އެމްއެންޕީގެ ރައީސް ކާނަލް ނާޒިމް މިއަދު ވިދާޅުވީ ކޮމަންޑޫ ބައި އިލެކްޝަނަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ހަންނާން ވަރުގެ އެހެން ބޭފުޅެއް ނެތް ކަމަށެވެ. އަދި އޭނާ އަކީ ވަގުތަށް އަދި ކަމަށް ކަމޭހިތޭ، އަމިއްލަ އަށް އިސް ނަންގަވައިގެން މަސައްކަތްކުރައްވައި ވަރަށް އިހުލާސްތެރި މީހެއް ކަކމަށް ވިދާޅުވި އެވެ. އެހެންވެ ހަންނާނަކީ ރައްޔިތުން ފަހުރުވެރިވާ ފަދަ ދަރިއެއް ކަމަށާއި މަޖިލީހަށް އޭނާ އިންތިހާބުކޮށް ދީފި ނަމަ އެކަން އިތުރަށް ސާބިތުކޮށް ދެއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ހަގީގަތުގައި މޮޅުވީ ކޮން ބައެއް؟
ނުފޫޒުނުފޯރުވޭ ގޮތަށް ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭ
ކޮމަންޑޫ ދާއިރާގެ އިންތިހާބު ރާޝިދަށް
މިވަރުގެ ވާދައެއް، ފޯރިއެއް މި ރަށް ނުދެކޭ!
ކޮމަންޑޫގައި ޖޫނިއާ ކޮލެޖް ފެންވަރުގެ ތަނެއް ހަދާނަން: ނާޒިމް
މި ގޮނޑިން ބޭނުންވަނީ ސިޔާސީ "މޮޅެއް"!
ސަރުކާރު އުޅެނީ ކޮމަންޑޫ މީހުން ގުނބޯ ހައްދަން:ނާޒިމް
ކަމެއް ނުކޮށްދީ، ގޮނޑި ނަގަން އުޅޭލެއް ހުތުރު:ފަތުހީ
ކޮމަންޑޫ ކައިރިން ތިންރަށް ދޫކުރުން ކޯޓުން ހުއްޓުވައިފި
ރިޔާސީ ޕްރައިމަރީއަށް އެމްއެންޕީގެ ދައުވަތު