29 ޖެނުއަރީ 2022
ކެންސަރު ބަލީގެ ތަޖުރިބާ އެކި މީހުންނަށް ކުރެވެނީ އެކި ގޮތަށެވެ. މި ވޭން ހުރި ބަލި ޖެހިގެން ކުރަންޖެހޭ ހިތްދަތި ތަޖުރިބާ އެވެ. ބަލި ޖެހޭ މީހާގެ ފަރުވާގެ ކަންކަން ބަލަހައްޓައި އޭނާ އަށް އެހީވެދިނުމުގައި ކުރަންޖެހޭ ތަޖުރިބާ އެވެ. ނުވަތަ އާއިލާގެ މީހަކު ނުވަތަ އެކުވެރިޔަކަށް ކުރަންޖެހޭ މިފަދަ ތަޖުރިބާއެއް ފެނިގެންނެވެ.
ކެންސަރު ބަލީގެ ތަޖުރިބާ އެކި މީހުންނަށް ކުރެވެނީ އެކި ގޮތަށެވެ. މި ވޭން ހުރި ބަލި ޖެހިގެން ކުރަންޖެހޭ ހިތްދަތި ތަޖުރިބާ އެވެ. ބަލި ޖެހޭ މީހާގެ ފަރުވާގެ ކަންކަން ބަލަހައްޓައި އޭނާ އަށް އެހީވެދިނުމުގައި ކުރަންޖެހޭ ތަޖުރިބާ އެވެ. ނުވަތަ އާއިލާގެ މީހަކު ނުވަތަ އެކުވެރިޔަކަށް ކުރަންޖެހޭ މިފަދަ ތަޖުރިބާއެއް ފެނިގެންނެވެ.
ކެންސަރު ބައްޔާ އެކި މީހުން ކުރިމަތިލާ ގޮތާއި އެކި މީހުންނަށް ކުރަންޖެހޭ ތަޖުރިބާ ހިއްސާކޮށް ހޭލުންތެރިކަން އުފައްދަން ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އިން ސޯޝަލް މީޑިއާގައި ފަށާފައިވާ #CancerThajuribaa ގެ ދަށުން އެތައް ބައެއްގެ ވާހަކަތައް އަންނަނީ ކިޔައިދެމުންނެވެ.
އެއިން ކޮންމެ މީހަކު ވެސް ކިޔައިދެނީ ތަފާތު ތަޖުރިބާއެކެވެ.
އައިނީ އަށް ތައިރޮއިޑް ކެންސަރު ޖެހިފައި ހުރިކަން އެނގުނީ ރާއްޖޭން ބޭރުގައި ކިޔަވަން އުޅެނިކޮށް، އުމުރުން 17 އަހަރުގަ އެވެ.
"ކެންސަރާ އެކު އުޅެން ޖެހުމަކީ ވަރަށް އުނދަގޫ ތަޖުރިބާއެއް. ކެންސަރާ މެދު މީހުން ދެކޭ ގޯސް ގޮތުގެ ސަބަބުން އަހަރެން އިތުރަށް ބަލިކަށިކޮށްލި. އެކަމަކު މާތްﷲ އަށް އޮތް އިތުބާރާއި އެތައް ބައެއްގެ ފަރާތުން ލިބުނު ލޯތްބާއި އެހީތެރިކަމުން، ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި ހުރުމަށް ވަނީ ހިތްވަރު ލިބިފައި،" ސައިކޮލޮޖީ ކިޔަވަމުން، ވެކްސިނޭޝަން ސެންޓަރުގެ ވޮލަންޓިއަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ އައިނީ ބުނެފައިވެ އެވެ.
Ainie was diagnosed with Thyroid cancer at 17yrs, while abroad for studies.
— Cancer Society of Maldives (@CancerSocietyMV) January 28, 2022
She was determined to beat it & to not let it get in the way of her life.
Today she is studying psychology and is a volunteer at the vaccination center.
This is Ainie's #CancerThajuribaa pic.twitter.com/j8qnIjqZaF
އުރަމަތީގެ ކެންސަރަށް 2013 ވަނަ އަހަރު ޑައިގްނޯޒްވެ ފަރުވާ ހޯދަން ޖެހުނު ޖީލާ އަށް ބަލި ހުރިކަން އެނގުނު ހުރި ހުރީ ސްޓޭޖް 2 ގަ އެވެ. ފަރުވާ ހޯދަން އޭނާ ރާއްޖޭން ބޭރަށް ދިޔައީ ފިރިމިހާއާ ވަކިންނެވެ. ވޭންދެވެނިވި ފަރުވާތައް ހޯދަން އަށް މަސް ދުވަސް ހޭދަކުރީ އެގޮތުގަ އެވެ. އޭނާ ހަ ފަހަރު ކީމޯތެރަޕީ ހޯދި އެވެ. ސާޖަރީ ހެދި އެވެ. އަދި 22 ފަހަރު ރޭޑިއޭޝަން ދިނެވެ.
"ކެންސަރު މިއީ ވަރަށް ބިރުވެރި ބަހެއް. ކެންސަރާ ބެހޭ ގޮތުން ނޭނގޭ އެތައް ކަމެއް އޭރު ހުރުމުން، މި ބައްޔާ ކުރިމަތިލުން ވީ ވަރަށް ދަތި ކަމަކަށް. ކެންސަރާ އަމިއްލައަށް ކުރިމަތިލާން ޖެހުމަކީ އަމިއްލަ ނަފްސުގެ ހިތްވަރު ވަޒަންކުރެވުނު ކަމެއް. މިއަދު އަހަރެން ބުނާނީ އެއީ އަހަންނަށް ލެއްވި ރަހުމަތެއް ކަމަށް،" ކެންސަރުން ސަލާމަތްވެފައިވާ ޖީލާ ކިޔައިދީފައިވެ އެވެ.
ޖީލާގެ ތަޖުރިބާއިން އޭނާ ބުނީ ކެންސަރާ ދެކޮޅަށް، ޕޮޒިޓިވްކޮށް ވިސްނައި، ޑޮކްޓަރުން ދޭ ލަފަޔަށް އިތުބާރުކޮށް ފަރުވާގެ ޕްލޭން ފޮލޯކޮށް، މާތްﷲގެ ރަހުމަތުން އުންމީދު ކަނޑާނުލައި ހިތްވަރުކޮށްފި ނަމަ ކާމިޔާބުވާނެކަން ޔަގީންކަމަށެވެ.
This is Jeela’s #CancerThajuribaa
— Cancer Society of Maldives (@CancerSocietyMV) January 27, 2022
She was diagnosed with stage 2 breast cancer in 2013. She had 6 cycles of chemotherapy, surgery and 22 fractions of radiation. Jeela stayed abroad for treatment, for 8 months, away from her husband and daughter.
What’s your story? pic.twitter.com/XsbOcPtSMz
"މިއަދު އަހަންނަށް އައިސްފައި މިވާ ބަދަލުގެ ސަބަބަކީ ކެންސަރާ ދެކޮޅަށް ކުރި ހަނގުރާމަ. އެއީ ﷲ ދެއްވި ކިތަންމެ ކުޑަ ނިއުމަތެއްގެ އަގު ވެސް މިއަދު ވަޒަންކުރެވޭތީ. ދިރިއުޅުމަކީ މިފަދަ އެތައް ބައިވަރު ނިއުމަތްތަކެއް. އަހަރެމެން ދަސްކުރަން ޖެހޭނީ އެ ނިއުމަތްތަކަށް ޝުކުރުކުރަން. ކެންސަރުން ދަސްވީ އެކަން،" ޖީލާ ބުނެފައިވެ އެވެ.
ކެންސަރު ބަލިން ރަނގަޅުވެފައިވާ ހުސެން ރަޝީދު އޭނާގެ ވާހަކަ ފަށަމުން ބުނެފައި ވަނީ ބައްޔާ ކުރިމަތިލިއިރު އަތުގައި އޮތީ ދެ ޓިކެޓް ކަމަށެވެ.
"އެއީ ﷲ ސުބްހާނަހޫ ވަތައާލާގެ އޯގާވަންތަވެރިކަމާ އެކު ހައްޖުގެ އަޅުކަން އަދާކޮށްގެން މާލެ އައި ޓިކެޓާއި މި ބައްޔާ ހަނގުރާމަކުރަން ލިބިފައި އޮތް ޓިކެޓް. ކޮންމެ ޓިކެޓެއް ވެސް އޯކޭ ކަމަށް ނިންމައި ﷲ ސުބްހާނަހޫ ވަތައާލާއަށް ވަކީލުކޮށްގެން މި ބައްޔާ ހަނގުރާމަ ފެށީ،" ހުސެން ބުނެފައިވެ އެވެ.
އޭނާގެ ތަޖުރިބާގައި ބުނީ އޮޕަރޭޝަނަކީ މި ބަލީގެ އެންމެ ފަރު މަރުހަލާ ކަމަށާއި ކީމޯ އާއި ރޭޑިއޭޝަން ފަރުވާގެ މަރުހަލާ އަކީ އެކަނިވެރިކުރުވާ ދުނިޔެމަތިން ފޫހިކުރުވައި، މީހާ މާޔޫސްކުރުވާ މަރުހަލާ ކަމަށެވެ.
"މިއީ އެންމެ ބޮޑަށް މި ބައްޔާ ހަނގުރާމަކުރަންޖެހޭ މަރުހަލާ،"
"ﷲގެ އޯގާވަންތަވެރިކަމާއި ރަހުމަތުން އެއްވެސް އަޅަކު ބޭރުކޮށްނުލައްވާނެކަން ޔަގީންކޮށް، ޑޮކްޓަރުންނަށް އިތުބާރުކޮށް، ހިނިތުންވުމާ އެކު ބައްޔާ ކުރިމަތިލާންވީ ވަގުތަކީ ކީމޯ އާއި ރޭޑިއޭޝަން ފަރުވާގެ ވަގުތު،" ހުސެން ކިޔައިދީފައިވެ އެވެ.
"ކެންސަރު ބަލިޖެހުމަކީ ވަރަށް ވޭންލިބިދެނިވި އެކަނިވެރިކުރުވާ ކަމެއް. އާއިލާގެ އެންމެން އެބައްޔެއްގެ ކެކުޅުން ތަހަންމަލްކުރަން ޖެހޭ ބައްޔެއް. މިބަލިން ސަލާމަތްވެވޭނީ ބަލިމީހާ ހިތްވަރާއެކު މިބައްޔާ ހަގުރާމަކޮށްގެން"
— Cancer Society of Maldives (@CancerSocietyMV) January 27, 2022
މީ ހުސައިންގެ ވާހަކަ. ތަޖުރިބާ ހިއްސާކޮށްލާ#CancerThajuribaa pic.twitter.com/vpY5EEFhgp
އޭރުގެ ހާލަތު އޮތް ގޮތް ސިފަކޮށްދެމުން އޭނާ ބުނީ އެކުވެރި، ސަޕޯޓް ގްރޫޕެއް ނޯންނަ ކަމަށާއި ކެންސަ ސޮސައިޓީއެއް ވެސް ނެތް ކަމަށެވެ.
"އަހަރެންގެ ސަޕޯޓް ގްރޫޕަކީ ރާއްޖޭގައި ތިބި ހެޔޮއެދޭ ދެތިން މީހެއްގެ ހަފުތާއަކު ދެ ދުވަހުގެ ފޯންކޯލާއި ތައިލެންޑުގައި ހުރި ދިވެހި ރަހުމަތްތެރިއެއްގެ ކޮންމެ ދުވަހެއްފެ ފޯން ކޯލް."
ހުސެން، ކެންސަަރު ބަލިކޮށް ސަލާމަތްވިތާ މިހާރު 20 އަަހަރު ވަނީ އެވެ.
މި އެންމެންގެ ވާހަކައިން ވެސް އެއް ކަމެއް އެނގެ އެވެ. ކެންސަރަކީ މަރު ބައްޔެއް ކަމަށް ބަލައި އުންމީދު ކަނޑާނުލުމެވެ. އެއްވެސް އިންސާނަކަށް ދެރަ ގޮތެއް ނުވާނެކަމާއި ޑޮކްޓަރުންނަށް އިތުބާރުކޮށް ފަރުވާގައި ދެމިހުރުމުގެ އަޒުމެވެ.
ޑިޓިއުންގެ ލަވައިން ކެންސަރުބަލީގެ ޗެމްޕިއަނުންގެ ވާހަކަ
އަނގައިގެ ކެންސަރަށް ހޭލުންތެރިކުރަން ކެމްޕޭނެއް
ކެންސަރަށް ދުވާލަކު ދެ ލައްކައެއްހާ ރުފިޔާ!
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
"ޒެންޓަކް" އިން ދައުވާތައް ހުއްޓުވަން ދެބިލިއަން ދީފި
ކެންސަރަށް ފަހު ދިމާވާ ގޮންޖެހުންތަކާބެހޭ ފޮތެއް
ކެންސަރުގައި އަހަރެއްގެ ތެރޭގައި ދެބަފައިންގެ މަރު
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
ވޭޕް އެތެރެކުރުން މަނާކުރަން ރައީސްގެ އަރިހުން އެދިއްޖެ
އާފިޔާ ކިޔައިދިނީ ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން