27 ޖެނުއަރީ 2022
މިދިޔަ އަހަރު ހާޓްއެޓޭކެއް ޖެހިގެން މަރުވި އިންޑިއާގެ އެކްޓަރު ސިތާދު ޝުކްލާއާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހަދާ ނަމަ އަދި އޭނާ ކުރިން ކޮށްފައި އެކަމަކު އާންމުންނާ ހަމަ އަށް ގެނެސްނުދެވި އޮތް މަސައްކަތެއް ވިޔަސް އާންމުކުރަން އުޅޭ ނަމަ، އެކަމަށް އާއިލާގެ ރުހުން ހޯދަން އެދި ބަޔާނެއް ނެރެފި އެވެ.
މިދިޔަ އަހަރު ހާޓްއެޓޭކެއް ޖެހިގެން މަރުވި އިންޑިއާގެ އެކްޓަރު ސިތާދު ޝުކްލާއާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހަދާ ނަމަ އަދި އޭނާ ކުރިން ކޮށްފައި އެކަމަކު އާންމުންނާ ހަމަ އަށް ގެނެސްނުދެވި އޮތް މަސައްކަތެއް ވިޔަސް އާންމުކުރަން އުޅޭ ނަމަ، އެކަމަށް އާއިލާގެ ރުހުން ހޯދަން އެދި ބަޔާނެއް ނެރެފި އެވެ.
އެ އާއިލާގެ ފަރާތުން ނެރުނު ބަޔާން ސިތާރު މަރުވި އިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޝެހެނާޒް ގިލް (ސަނާ) ގެ ސޯޝަލް މިޑިއާ ޕްލެޓްފޯމްތަކުގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.
އޭގައި ބުނެފައި ވަނީ ސިދާތު ވަކިވެ ދިޔަޔަސް އޭނާގެ ހަނދާންތައް އާއިލާ ވަށާލާފައިވާ ކަމަށާއި އެހެންވެ ސިދާތާ ގުޅޭ ކޮންމެ ކަމަކީ އާއިލާ އަށް ވަރަށް ޖަޒުބާތީ ކަމެއް ކަމަށެވެ. އެހެންވެ، އެއްވެސް ޕްރޮޖެކްޓެއް އެއްވެސް ބަޔަކު ސިދާތުގެ ނަމާ ގުޅުވައިގެން ހަދާ ނަމަ، އެކަން އާއިލާ އަށް އަންގައި އެ މީހުންގެ ރުހުން ހޯދަން އެދޭ ކަމަށް ބުންޏެވެ.
— Shehnaaz Gill (@ishehnaaz_gill) January 25, 2022
ބަޔާނުގައި ބުނެފައި ވަނީ ސިދާތުގެ ދުނިޔޭގައި ހުރި އިރު، އޭނާ ކޮށްފައި އޮތް އެއްވެސް މަސައްކަތަކާ މެދު ހިތްހަމަނުޖެހިގެން ގެނެސްދެނުވެނި އޮތް ނަމަ، އެފަދަ އެއްޗެއް ވެސް ރިލީޒްކުރަން ނޭދޭ ކަމަށެވެ. އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 13 ގައި ވާދަކޮށް، އެ ޝޯ ކާމިޔާބު ވެސް ކުރި ސިދާތު ހާޓްއެޓޭކެއް ޖެހިގެން މަރުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
"ބިގް ބޮސް" ގެ 15 ވަނަ ސީޒަންގެ ފިނާލޭ މި މަހުގެ 29 އާއި 30 ގައި ގެނެސްދޭ އިރު، ސިދާތަށް ޓްރިބިއުޓެއް ދޭން ނިންމައި، އޭގެ ޕްރޮމޯއެއް ވެސް ކަލާޒް އިން އަންނަނީ ދައްކަމުންނެވެ. ފިނާލޭގައި ސަނާ ވެސް ބައިވެރިވާނެ އެވެ. އޭނާ އަކީ ސިދާތާ އެކު ބިގް ބޮސްގައި ވާދަކޮށް ތިން ވަނަ އަށް ދިޔަ ބައިވެރިޔާ އެވެ.
ސިދާތު މަރުވި ފަހުން އެ ދެ މީހުންގެ ވީޑިއޯ ލަވައެއް ވެސް މިދިޔަ އަހަރު ނެރުނެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޔޮހާނީގެ "މަނިކެ މަގޭ ހިތޭ" ބޮލީވުޑް ފިލްމަކަށް
ސިދާތުގެ މަރުން ސަނާ ހިމޭން ވެއްޖެ
އެކްޓަރު ސިދާތު ޝުކްލާ މަރުވެއްޖެ
"ބިގް ބޮސް އޯޓީޓީ" ހޯސްޓްކުރަން ކަރަން
ރާހުލް ވައިދިއާގެ ކައިވެނި ޖޫންގައި
ރާކީގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދައިފާނެ
"ބިގް ބޮސް 14" ފެށުން މިރޭ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް