Roadha Mihaaru
މަންދު ކޮލެޖުގެ ވާޗުއަލް ޕްލެޓްފޯމް: ތަޖުރިބާ ތަފާތު

މަންދު ކޮލެޖު: ވާޗުއަލް ޕްލެޓްފޯމުން ކިޔެވުމުގެ ތަފާތު ތަޖުރިބާއެއް

25 ޖެނުއަރީ 2022

މަންދު ކޮލެޖުން 1998 ގެ އަހަރުތަކުގައި ކިޔަވައިދޭ ފެށީ ރާއްޖޭގައި އެންމެ ފުރަތަމަ އަމިއްލަ މަތީ ތައުލީމީ އިންސްޓިޓިއުޓްގެ ގޮތުގަ އެވެ. އެ ކޮލެޖުގެ ވާޗުއަލް ސިސްޓަމް މެދުވެރިކޮށް ރަށުގައި ހުރެގެން ވެސް ކިޔެވުން ކުރިއަށްގެންދެވޭނެ އެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް މަތީ ތައުލީމު ހާސިލު ކުރެވޭނެ މަގު ތަނަވަސްކޮށްދިން އިރު ވާޗުއަލް ކެމްޕަހުން އާންމުކޮށް ކޮލެޖަކުން ލިބޭނެ ހުރިހާ ހިދުމަތްތަކެއް ލިބޭނެ އެވެ.

މަންދު ކޮލެޖުން 1998 ގެ އަހަރުތަކުގައި ކިޔަވައިދޭ ފެށީ ރާއްޖޭގައި އެންމެ ފުރަތަމަ އަމިއްލަ މަތީ ތައުލީމީ އިންސްޓިޓިއުޓްގެ ގޮތުގަ އެވެ. އެ ކޮލެޖުގެ ވާޗުއަލް ސިސްޓަމް މެދުވެރިކޮށް ރަށުގައި ހުރެގެން ވެސް ކިޔެވުން ކުރިއަށްގެންދެވޭނެ އެވެ. ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް މަތީ ތައުލީމު ހާސިލު ކުރެވޭނެ މަގު ތަނަވަސްކޮށްދިން އިރު ވާޗުއަލް ކެމްޕަހުން އާންމުކޮށް ކޮލެޖަކުން ލިބޭނެ ހުރިހާ ހިދުމަތްތަކެއް ލިބޭނެ އެވެ.

މަންދުގެ ވާޗުއަލް ޕްލެޓްފޯމުން އޮންލައިން ލައިބްރަރީ އާއި ޕޯޓަލް އަދި ކްލާސް ކުރިއަށް ގެންދެވޭނެ އެވެ. މީގެ އިތުރުން އެސައިމަންޓް ސަބްމިޓުކޮށްގެން އެކަމާ ގުޅޭ ފީޑްބެކްވެސް ލިބެނީ ޕޯޓާލް މެދުވެރިކޮށެވެ.

މަންދު ކޮލެޖުގެ އެންމެ ހާއްސަ އެއް ކަމަކީ ވާޗުއަލްކޮށް ހުރިހާ ލެކްޗާ މެޓީރިއަލެއް ކިޔަވާ ކުދިންނަށް ފޯރުކޮށް ދިނުމެވެ. ކިޔެވުމުގެ ފެންވަރު ރަނގަޅު އެ ކޮލެޖުގެ ވާޗުއަލް ކްލާސްތަކުގައި ބައިވެރިވުމަށް ކޮންމެހެން އިންޓަނެޓެއް ބޭނުމެއް ނުވާނެ އެވެ. މި ކްލާސްތައް ކުރިއަށްގެންދަނީ ޕްރައިވެޓް ކަނެކްޝަނެއް މެދުވެރިކޮށްގެންނެވެ. އެހެންވެ ކްލާސް ކުރިއަށްދާ ވަގުތުގައި ސްލޯވެ، ސްކްރީން ފްރީޒް ވުމުގެ މައްސަލައެއް ނުޖެހޭނެ އެވެ.

މަންދު ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިިވި ބައެއް ދަރިވަރުން.-- ފޮޓޯ: މިހާރު

މަންދު ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާގައި ބައިވެރިިވި ބައެއް ދަރިވަރުން.-- ފޮޓޯ: މިހާރު

ކޮވިޑްގެ ބަލިމަޑުކަމުގެ މި ދުވަސްވަރު، ތައުލީމު ފޯރުކޮށްދިނުމުގައި ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކުން ވެސް ކްލާސްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މަންދުން ވަނީ ކޮވިޑްގެ ހާލަތު އައުމުގެ މާކުރިން އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ކިޔަވާދޭން ފަށައިފަ އެވެ. މަންދު ކޮލެޖުން ބުނީ އެންމެ މުހިއްމު ސަމާލުކަމެއް ދެނީ ހުއްޓުމެއް ނެތި ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންގޮސް ނިންމޭނެ ގޮތްތައް ފަހިކުރަން ކަމަށެވެ. މަންދު ކޮލެޖުން ވަނީ ކޮވިޑާ ގުޅިގެން މިދިޔަ އަހަރު މާލެ ސަރަހައްދަށް ކުރިމަތިވި ލޮކްޑައުން ހާލަތުގައި ވެސް ހުއްޓުމެއް ނެތި ކްލާސްތައް ކުރިއަށް ގެންގޮސްފަ އެވެ.

މިހާތަނަށް މަންދު ކޮލެޖުން 10،000 ކުދިން ގްރެޖުއޭޓްވެފައިވެ އެވެ. މަންދުން ބުނީ އެ ކޮލެޖުން ގްރެޖުއޭޓްވާ ކުދިންނަށް ވަޒީފާ ހޯދަން ވަރަށް ފަސޭހަ ކަމަށެވެ.

"ކޮލެޖުން ގްރެޖުވޭޓްވި ކުދިން މިހާރު ވެސް ސަރުކާރުގެ މަތީ މަގާމުތަކުގައި، ސްކޫލުތަކުގެ ލީޑީންގް ޓީޗާސް އަދި ޕްރިންސިޕަލުގެ ގޮތުގައިވެސް އެބަ ތިބި،" އެ ކޮލެޖުން ބުންޏެވެ.

މިއަހަރު ވެސް މަންދު ކޮލެޖުން ތަފާތު އެކި ދާއިރާތަކުން ކޯސްތައް އަންނަނީ ހިންގަމުންނެވެ. އެ ކޮލެޖުން ލެވެލް 4 އިން ފެށިގެން ލެވެލް 9 ގެ ކޯސްތައް އަންނަނީ ހިންގަމުންނެވެ. ފައުންޑޭޝަން، ބެޗެލާސް ޑިގްރީ، މާސްޓާސްގެ އިތުރުން ސެޓިފިކެޓް ލެވެލް ކޯސްތައް ހިމެނެ އެވެ. އެ ކޮލެޖުން ބިޒްނަސް، އައިޓީ އަދި އެޑިއުކޭޝަން ދާއިރާގެ ގިނަ ކޯސްތަކެއް އަންނަނީ ހިންގަމުންނެވެ. އެޑިއުކޭޝަންގެ ކޯސްތަކުގެ ތެރޭގައި ސްޕެޝިއަލް އެޑިޔުކޭޝަން ނީޑްސް، އަދި އެޑިޔުކޭޝަނަލް ލައިބްރޭރިއަންޝިޕްގެ ދާއިރާއިން ސްޕެޝަލައިޒް ވެވޭނެ އެވެ.

ކޯސްތަކަށް އެޕްލައި ކުރުމަށް އެ ކޮލެޖުގެ ވެބްސައިޓަށް ގޮސް މައުލޫމާތު ބަލައިލެވޭނެ އެވެ. އަދި 9750055 ނުވަތަ 3330055 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

އެޑިޓަރުގެ ނޯޓު: މިއީ ޕްރޮމޯޝަނަލް އާޓިކަލެކެވެ.