23 ޖެނުއަރީ 2022
ސައުތު ކޮރެއާ ސިނަމާގެ މި ޖެނެރޭޝަންގެ އެންމެ ކާމިޔާބު އެކްޓްރެސުންގެ ތެރޭގައި ހިމެނޭ ޕަކް ޝިންހޭ، ގިނަ ދުވަސްތަކެއް ވަންދެން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރު ޗޮއި ތެޖުންއާ ކައިވެނިކޮށްފި އެވެ.
ސައުތު ކޮރެއާ ސިނަމާގެ މި ޖެނެރޭޝަންގެ އެންމެ ކާމިޔާބު އެކްޓްރެސުންގެ ތެރޭގައި ހިމެނޭ ޕަކް ޝިންހޭ، ގިނަ ދުވަސްތަކެއް ވަންދެން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓަރު ޗޮއި ތެޖުންއާ ކައިވެނިކޮށްފި އެވެ.
މި ދެތަރިން ކައިވެނިކުރީ ސައުތު ކޮރެއާގެ ވެރިރަށް ސޯލްގައި މިދިޔަ އާދިއްތަ ދުވަހު، އާއިލާ އާއި ރައްޓެހިންނާ އެކު ބޭއްވި ޕްރައިވެޓް ހަފުލާއެއްގަ އެވެ. އެމީހުން ކައިވެނިކުރި ކަން އިއުލާންކުރީ، ކައިވެންޏަށް ފަހު ނެގި ބައެއް ފޮޓޯތައް އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ޕަކް ސިންހޭ، 31، އާއި ޗޮއި ތެޖުން، 30، ލޯބީގެ ގޮތުން ގުޅުނީ 2017 ގަ އެވެ.
ކޮރެއާ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓުގެ ހަތް ވަނައިގައި އޮތް "މިރެކަލް އިން ސެލް ނަންބާ ސެވަން" ގައި ވެސް މުހިންމު ރޯލެއް ކުޅުނު ޕަކް ސިންހޭ އަށް މަޝްހޫރު ކަން ލިބުނީ ޓީވީ ޑްރާމާތަކުންނެވެ.
އޭގެ ތެރޭގައި، ސްޓެއާވޭ ޓު ހެވަން (2003) އާއި ޓްރީ އޮފް ހެވަން (2006) އާއި ޔުއާ ބިއުޓިފުލް (2009) އާއި ޕިނޯކިއޯ (2014) ކަހަލަ ވަރަށް މަޝްހޫރުވި ޑްރާމާތައް ހިމެނެ އެވެ.
ފޯބްސް މެގަޒިންގެ ކޮރެއާ އެޑިޝަނުން ކޮންމެ އަހަރަކު ނެރޭ އެ ގައުމުގެ އެންމެ ނުފޫޒުގަދަ ސެލެބްރީންގެ ލިސްޓުން 2017 ވަނަ އަހަރު 12 ވަނަ ހޯދި ޕަކް ސިންހޭ އަށް ވަނީ ވަރަށް ގިނަ އެވޯޑުތައް ވެސް ލިބިފަ އެވެ.
ޗޮއި ތެޖުން އަށް މަޝްހޫރުކަން ލިބުނީ 2018 ގައި ނިކުތް މެލޮޑްރާމާ "އެގްޒިޓް" ގެ ލީޑު ރޯލު ކުޅެގެންނެވެ.
ބީޓީއެސްއަށް 10 އަހަރު ވުމުން ހަދިޔާއެއް ދީފި
ބީޓީއެސްގެ ޖޭހޯޕާއި ޝުގާގެ ޑޮކިއު ސިނަމާތަކަށް
ހިއޮން ބިން އާއި ސޮންޔޭ ޖިންއަށް ކުއްޖަކު ލިބެނީ
ހިއޮން ބިން އާއި ސޮން ޔޭ ޖިން ކައިވެނިކުރަނީ
"ޕެރަސައިޓް" ގެ ބަތަލާ އަށް ތައިރޮއިޑް ކެންސަރު
އިންސްޓަގެ މިލިއަން ފޮލޯވަރުންގެ ރެކޯޑް ޓައީލް އަށް
ވީޑިއޯ ގޭމް ކުޅެން ކޮރެއާގެ ސިނަމާތަކެއް ކުއްޔަށް ދެނީ
އުތުރު ކޮރެއާއިން ޖީޕީއެސް ސިގްނަލް ޖޭމްކުރަނީ!
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
ރަންވީރާއި ދީޕިކާގެ ދަރިފުޅުގެ ނަމަކީ "ދުޢާ"