Roadha Mihaaru
ފުނަދޫ ކުއްޖަކު ދިރާގު އެއްޓަނާ އަށް އަރައި، ނުފޭބި!

ފުނަދޫގައި ކުޑަ ކުއްޖަކު އަތުނުވާންވެގެން ދިރާގު އެއްޓަނާގެ މައްޗަށް އަރައިފި، އަދިވެސް ނުފައިބައި!

15 ޑިސެމްބަރ 2016

ށ. ފުނަދޫގައި 12 އަހަރުގެ ފިރިހެން ކުއްޖަކު ބަޔަކަށް އަތުނުވާން ވެގެން އެ ރަށުގައި ހުންނަ ދިރާގުގެ 280 ފޫޓުގެ ދިގު އެންޓަނާގެ އެންމެ މައްޗަށް އަރައިފި އެވެ. އެންޓަނާ އިން އޭނާ އަދިވެސް ނުފައިބައި ކަމަށް އެ ރަށު މީހުން ބުނެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ށ. ފުނަދޫގައި 12 އަހަރުގެ ފިރިހެން ކުއްޖަކު ބަޔަކަށް އަތުނުވާން ވެގެން އެ ރަށުގައި ހުންނަ ދިރާގުގެ 280 ފޫޓުގެ ދިގު އެންޓަނާގެ އެންމެ މައްޗަށް އަރައިފި އެވެ. އެންޓަނާ އިން އޭނާ އަދިވެސް ނުފައިބައި ކަމަށް އެ ރަށު މީހުން ބުނެ އެވެ.

އެ ރަށުގެ ވާހަކަ ދެއްކި މީހަކު ބުނީ ސިކުނޑީގެ އުނިކަމެއް ހުންނަ އެ ކުއްޖާ އެންޓަނާ އަށް އެރީ މިއަދު ހަވީރު ހައެއް ޖަހާކަން ހާއިރު ބަނދަރުމަތީގައި ހުރެ ޕެޓްރޯލް ފުޅިއަކުން ވަސް ބަލަން ފެށުމުން އެކަން ފުލުހުންނަށް އަންގާނެ ކަމަށް ބަޔަކު ބުނުމުން ކަމަށެވެ.

"ބަނދަރުމަތީގައި ތިބި ބަޔަކު ބުނީ އެކަން ޕޮލިހަށް އަންގާނެ ކަމަށް. އެހެން ބުނުމާ އެކު ދުވެފައި ގޮސް އެންޓަނާ އަށް އެރީ. އަދި ވެސް އޭނާ ހުރީ އެންޓަނާގެ މެދަށް ވުރެ މަތީގައި،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ އެ ކުއްޖާއަށް އެ އެންޓަނާއަށް އެރުނީ އެންޓަނާގެ ބައުންޑަރީ ވޯލްގެ ގޭޓް ހުޅުވާފައި ހުރުމުން ކަމަށެވެ.

ށ. ފުނަދޫގައި ހުންނަ ދިރާގުގެ 280 ފޫޓުގެ އެންޓަނާ

ށ. ފުނަދޫގައި ހުންނަ ދިރާގުގެ 280 ފޫޓުގެ އެންޓަނާ

އެ ކުއްޖާ އެންޓަނާއަށް އެރުމުން އެ ސަރަހައްދަށް އެ ރަށުގެ ގިނަ ބަޔަކު ޖަމާވެފައި އެބަތިބި ކަމަށް ވެސް އޭނާ ބުންޏެވެ.

"އެންޓަނާ ހުރި ސަރަހައްދު އަނދިރިވުމުން އެ ކުއްޖާ އެހާ ރަނގަޅަކަށް ނުފެނޭ. ދޭތެރެ ދޭތެރެއިން ތަންކޮޅެއް ތިރިއަށް ފޭބުމަށް ފަހު މައްޗަށް އަރާ ތަން ވެސް ފެނޭ،" އެ މީހާ ބުންޏެވެ.

ފުލުހުން ވެސް އެތަނުގައި އެބަ ތިބި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެންޓަނާ އަށް އެހެން މީހަކު އަރަން އުޅެފި ނަމަ އެ ކުއްޖާ ފުންމާލާފާނެކަމުގެ ބިރު ވެސް އޮތް ކަމަށެވެ.

ޑިސެމްބަރު 15، 2016: ށ. ފުނަދޫގައި ހުންނަ ދިރާގުގެ 280 ފޫޓު އުސް އެންޓަނާގެ މައްޗަށް 12 އަހަރުގެ ފިރިހެން ކުއްޖަކު އަރާ: އޭނާ އެންޓަނާ އަށް އެރީ ބަޔަކަށް އަތުނުވާންވެގެން ކަމަށް ވޭ. ފޮޓޯ/ކޮމްބައިން ޕްރިންޓާ

"އެންމެ ތިބީ ބިރުން. މީހަކަށް އަރާކަށް ވެސް ނުކެރޭ، އެ ކުއްޖާ ހަދާނެ ގޮތް ނޭނގޭތީ،" އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުނަދޫގައި އެކަހަލަ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިގެން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.