22 މެއި 2022
ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި އެ ކުއްޖާގެ މަންމަގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި އެ ކުއްޖާގެ މަންމަގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ފުނަދޫ، ދިނަށަ އައިމިނަތު ޝާހިދާ އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލީ ފެބްރުއަރީ، 2016 ގަ އެވެ. ޝާހިދާގެ މައްޗަށް ކުރީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ފުލުހުން ތުހުމަތުކުރީ އެ ކުއްޖާ ނިދާފައި އޮއްވާ ހަމަލާދީ މަރާލި ކަމަށެވެ.
ސިއްރުކޮށްގެން ހަ އަހަރު ވަންދެން ކުރިއަށް ގެންދިޔަ ޝަރީއަތަށްފަހު ކްރިމިނަލް ކޯޓުން ބުނީ ޝާހިދާއާ ދެކޮޅަށް ލިބިފައިވާ ހެކިތަކަށް ބެލުމަށް ފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ނިންމާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ބައްލަވާ އެ މައްސަލާގައި ދެން އޮންނާނީ ވާރިސުންގެ ބަސް ހޯދުމާއި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. އެ އަޑުއެހުން އަންނަ ހަފުތާގައި ބާއްވާނެ އެވެ.
ޝާހިދާގެ މައްޗަށް ކުށް ސާބިތުވިޔަސް، އޭނާގެ މައްޗަށް އިސްލާމީ ޝަރީއަތުގެ ދަށުން މަރުގެ އަދަބު އަންނާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސާސް ނުހިފޭނެ ކަމަށް އިސްލާމީ ޝަރީއަތުގައި އޮންނާތީ އެވެ.
ދަރިފުޅު މަރާލާފައި އޮތްއިރު އެ ކުއްޖާ ކައިރީގައި އެ އާއިލާގެ އެހެން ކުއްޖަކު ވެސް ނިދާފައި އޮތެވެ. އެކަމަކު އެ ކުއްޖާއަށް އެއްވެސް ގެއްލުމެއް ދީފައެއް ނެތެވެ. މަރާލި ސަބަބެއް މިހާތަނަށް ފުލުހުން އާންމުކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ޝާހިދާގެ ނަފްސާނީ ހާލަތު ވެސް ބެލި އެވެ.
މިއީ 2015 ވަނަ އަހަރު ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އޭނާގެ މަންމަ އާފިޔާ މުހައްމަދު އަނިޔާކޮށް މަރާލި މައްސަލައަށް ފަހު ރާއްޖޭގައި ކުޑަކުއްޖަކު މަރާލި ދެވަނަ ހާދިސާ އެވެ. އިބްތިހާލްގެ މަރާ ގުޅިގެން އާފިޔާގެ މައްޗަށް އިއްވީ 20 އަހަރުގެ ޖަލު ހުކުމެކެވެ.
އެޑިޓަރުގެ ނޯޓް: މި ހަބަރު ފުރަތަމަ ޝާއިއުކުރި އިރު، މިކަން ހިނގާފައި ވަނީ ށ. ފުނަދޫގައޭ ލިޔެވިފައި ވަނީ އޮޅުމަކުންނެވެ.
ދަރިފުޅު މެރި މަންމަގެ ކިބައިން މަރަށްމަރު ބޭނުމެއްނުވި
ނައީމާ މަރާލި މައްސަލާގެ ޝަރީއަތް މިއަދު ނުފެށުނު
މޫސަގެ މަރު:ދައުވާލިބުނު މީހާގެ މައްޗަށް ކުށްސާބިތުނުވި
ކުއްޖާ މަރާލިކަމުގެ ތުހުމަތަށް މަންމަ ބަންދުކޮށްފި
މާވިންގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ނިންމައިފި
މަރުގެ މައްސަލާގައި ހިމެނޭ ލަމްހާ ދޫކޮށްލައިފި
ކުއްޖަކަށް އަނިޔާކުރި މެއިޑަކު ހައްޔަރުކޮށްފި
މޭރީގެ މަރު: ދައުވާ ބަދަލުކުރުމުން ހެކިބަސް ފަސްކޮށްފި
ލަމްހާގެ ބަންދަށް ލުޔެއް ދިނުމާ މެދު ގޮތެއް ނިންމަނީ
ކުޑަކުއްޖެއްގެ ގައިގައި ޖެހި ފުލުހަކު ޖޫރިމަނާކޮށްފި