19 ޖެނުއަރީ 2022
އެމްޕީއެލްގެ ކުރީގެ ސީއީއޯ އަދި ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމު ކުރިން އަދާކުރެއްވި މުހައްމަދު ޖުނައިދުގެ މައްޗަށް އޭނާގެ މުވައްޒަފަކު ކުރި ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ޖިނާއީ ދައުވާ ކުރެވޭނެ އަމަލެއް ނެތް ކަމަށް ފުލުހުން ނިންމައި އެ ކޭސް ފައިލްކޮށްފި އެވެ.
އެމްޕީއެލްގެ ކުރީގެ ސީއީއޯ އަދި ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމު ކުރިން އަދާކުރެއްވި މުހައްމަދު ޖުނައިދުގެ މައްޗަށް އޭނާގެ މުވައްޒަފަކު ކުރި ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ޖިނާއީ ދައުވާ ކުރެވޭނެ އަމަލެއް ނެތް ކަމަށް ފުލުހުން ނިންމައި އެ ކޭސް ފައިލްކޮށްފި އެވެ.
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކެއް ކުރީ އޭނާގެ ވިޔަފާރި ކުންފުނި، އޮންދިގޯގެ އަންހެން މުވައްޒަފެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޖުނައިދުގެ މައްސަލަ ތަހުގީގު ކުރިއިރު ޖިނާއީ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ޖުނައިދަށް ތުހުމަތުކޮށް، އަންހެން މުވައްޒަފު ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި، ވަޒީފާގެ މާހައުލުގައި އޭނާ އަށް ޖުނައިދުގެ ފަރާތުން ތަކުރާރުކޮށް ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ. އެކަންތައް ބޮޑުވެ، ގަދަކަމުން ގައިގައި އަތްލައި ޖިންސީ ގޯނާ ވެސް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އޮފީހުގެ ރަސްމީ ގަޑީގައި، ކެމެރާ ނެތް ތަނަކަށް ގެންގޮސްގެން ވެސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު މުވައްޒަފުކޮށްފައިވެ އެވެ.
މުވައްޒަފު ލިޔެފައިވާ ގޮތުގައި، އޭނާ ވަނީ މި މަހުގެ އެކަކުން ފެށިގެން އެތަނުގެ ވަޒީފާ އިން ވަކިވެފަ އެވެ. މި މައްސަލަ ސޯޝަލް މީޑިއާގައި ލިޔުނީ ޖުނައިދު ބަދުނާމުކުރަން ނޫން ކަމަށާއި އިންސާފު ބޭނުންވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ތުހުމަތު ކުރުމުން ޖުނައިދު "މިހާރު" އަށް އޭރު ވިދާޅުވެފައި ވަނީ އެފަދަ އެއްވެސް ކަމެއް އޭނާގެ ފަރާތުން ހިނގާފައި ނުވާނެ ކަމަށެވެ. ތުހުމަތުތަކެއް މުވައްޒަފު "އަމިއްލަ އަށް" ހެދީ ވަޒީފާ އަށް ނުނިކުމެ އޮޅުވާލި މައްސަލައެއް ބަލަން އުޅުމުން ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.
ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި
ހަ އަހަރުގެ ކުއްޖާއަށް އިތުރު މީހަކު ގޯނާކުރިތޯ ބަލަނީ
އިކްރާމަށް ކުރާ ތުހުމަތު ބެލުން ކުންފުނީގެ ކޮމިޓީއަށް
ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ރާއްޖެ އިން ބޭރަށް
ތަހުގީގު ފުރިހަމަކޮށް ސަފާރީ ކޭސް އަލުން ޕީޖީއަށް
ބަޔާން ބަދަލުކުރި ކަމަށް ހުށަހެޅި މައްސަލަ ބަލަނީ
އަލީ ވަހީދުގެ މައްސަލަ މަޝްވަރާއަށް ޕީޖީއަށް
ފާމަސީ އެސިސްޓެންޓަކު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެއް
ސަފާރީ ކޭސް:"ދައުވާކުރެވޭ ވަރަށް ކުރިއެރުން ލިބިއްޖެ"
ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ