18 ޖެނުއަރީ 2022
އިބްރާހިމް އަތީގް ހަސަން (އިއްބެ) ހެދި ހެޓްރިކާއެކު 4-1 ދަ ގްރާންޑޭގެ މައްޗަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކާމިޔާބު ހޯދައިފި އެވެ.
އިބްރާހިމް އަތީގް ހަސަން (އިއްބެ) ހެދި ހެޓްރިކާއެކު 4-1 ދަ ގްރާންޑޭގެ މައްޗަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކާމިޔާބު ހޯދައިފި އެވެ.
މިރޭގެ ނަތީޖާ އާއެކު، ޕްރެޒިޑެންޓްސް ކަޕްގައި މޮޅެއް ނުލިބި މުބާރާތް ނިންމާލި ޓީމަކީ، އާ ސީޒަނަށް ބަދަލުތަކަކާއެކު ނުކުތް ގްރާންޑޭ އެވެ. ކ. މާފުށީގައި ޕްރެކްޓިސްކޮށް މެޗު ކުޅެން މާލެ އަށް އަންނަ ޓީމުގައި ގިނައީ ވެސް މާފުށީގެ ކުޅުންތެރިންނެވެ. ފުރަތަމަ ޑިވިޝަަނަށް އާ ގިނަ ކުޅުންތެރިންތަކަކާ އެކު ސީޒަނަށް ނުކުތް ޓީމުން މުބާރާތް ނިންމާލީ އެންމެ ޕޮއިންޓަކާ އެކު އެވެ. އެޓީމަށް ލިބުނު ޕޮއިންޓަކީ، ޔުނައިޓެޑް ވިކްޓަރީ އަތުން އެއްވަރުވުމުން ދެ ޓީމަށް ހިއްސާކުރި ޕޮއިންޓެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި، ގްރާންޑޭ އަށް ލީޑް ނަގައިދިނީ ވެސް އަތީގް އެވެ. އޭނާ ލަނޑު ޖެހީ 17 ވަނަ މިނެޓްގަ އެވެ. އޭގެ ފަހުން ޔަޝްފާދު ހަބީބު (މުލަކޭ) ގެ ލަނޑުން ސަސް އިން ލީޑް ފުޅާ ކުރި އެވެ. ޔަޝްފާދު ލަނޑު ޖެހީ 32 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފު ނިންމާލީ އެ ދެލަނޑުގެ ލީޑާއެކު އެވެ.
ސަސްގެ ޔަޝްފާދު ހަބީބު (ކ) ބޯޅަ އަށް އެރުމުގެ ކުރިން ގްރާންޑޭގެ ކީޕަރު ޝަމާހް (ކ) ބޯޅަ ސަލާމަތް ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަތީގް ހުރީ ތާފަތު ފޯމެއްގަ އެވެ. ގްރާންޑޭގެ ތިންވަނަ ލަނޑު އޭނާ ޖެހީ 62 ވަނަ މިނެޓްގަ އެވެ. އޭނާ ހެޓްރިކް ހެދީ އޭގެ މިނެޓެއް ފަހުން ޖެހި ލަނޑުންނެވެ. ގްރާންޑޭގެ ލަނޑު 83 ވަނަ މިނެޓްގައި ޖެހީ ކެޕްޓަން އިސްމާއީލް މަފާޒް އިބްރާހިމް އެވެ.
ގްރާންޑޭ، އަށް ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމަށް ޖެހިފައި ވަނީ ހަ ލަނޑެވެ. ބައިކޮޅަށް 23 ލަނޑު ވަނެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީން ޓީސީ ބަލި ކުރުމުން، ގްރާންޑޭ ވަނީ ތާވަލުގެ ފުލަށް ވެއްޓިފަ އެވެ.
މުބާރާތުގައި މާދަމާ އަކީ އެންމެ ފޯރިގަދަ މެޗުތައް ކުޅޭ ދުވަހެވެ. މާދަމާ ހަވީރު، ކްލަބް ގްރީން ސްޓްރީޓްސް ނުކުންނާނީ، ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އެމެޗުން މޮޅުވެގެން ގްރީން އަށް ފައިނަލްގެ ޖާގަ ކަށަވަރު ކުރެވޭނެ އެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ވާދަ ކުރާނީ، މާޒިޔާ އާއި ކްލަބް ވެލެންސިއާ އެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް ވެލެންސިއާ އަށް ފައިނަލަށް ދެވޭނެ އެވެ. ގްރީން މޮޅު ވެއްޖެނަމަ، މާޒިޔާ ޖެހޭނީ ވެލެންސިއާ މެޗުން މޮޅުވާށެވެ.
ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު އޮންނާނީ މިއަންނަ އާދިއްތަ ދުވަހު ރ. އަލިފުށީީގަ އެވެ.
"ޓީމު މޯޓިވޭޓް ކުރަން ދަގަނޑޭގެ ލީޑާޝިޕް މުހިއްމު"
މިވަގުތަށް އެންމެ ރަނގަޅީ ޕްރެޒިޑެންޓްސް ކަޕުން ފެށުން
ގްރާންޑޭ ރެލިގޭޓްކޮށްލުމަށް ފަހު ސަސް ޓޮޕް ޑިވިޝަންގައި
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ބޮޑު މޮޅަކާއެކު ޕްލޭއޮފްގެ ކުރިން ގްރާންޑޭއަށް އިތުބާރު
ސަސް މޮޅުވުމުން ގަދަ ހަތަރެއްގެ ރޭސް ފޯރިގަދަ ވެއްޖެ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ސަސްގެ ދެވަނަ މޮޅު، ފުރުތަމަ ބުރުގައި ގްރާންޑޭއަށް މޮޅެއް ނެތް
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
އީގަލްސް އާއި ސަސް ވެސް ސެމީ ފައިނަލަށް