11 ޖެނުއަރީ 2022
ކޮމަންޑޫ ދާއިރާގެ މީހުން ބޭނުންވަނީ ފުދުންތެރި ބަޔަކަށް ވާން ކަމަށާއި ނަމަވެސް ސަރުކާރަށް އަސާސީ ކަންކަން ފުރިހަމަ ކޮށް ނުދެވޭ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގެ މީހުން ބޭނުންވަނީ ފުދުންތެރި ބަޔަކަށް ވާން ކަމަށާއި ނަމަވެސް ސަރުކާރަށް އަސާސީ ކަންކަން ފުރިހަމަ ކޮށް ނުދެވޭ ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ ފަހެއްގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓް އަބްދުލްހަންނާންގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ކޮމަންޑޫގައި ބޭއްވި ހަފުލާއެއްގައި ނާޒިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ދަތުރުކުރެއްވުމުން، ރައްޔިތުންގެ ނިކަމެތިކަން އިހުސާސްވި ކަމަށެވެ. އެ މީހުން ބޭނުންވަނީ ފުދުންތެރި ބަޔަކަށް ވުމަށް ކަމަށާއި އެކަމަކު ފެނިވަޑައިގަންނަވަނީ އެ ދާއިރާގެ ރަށްރަށުން ދުވާލަކު ދެ ފަހަރަށް ކަރަންޓު ކެނޑޭ ތަން ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މިއީތޯ ރައްޔިތުންނަށް ހައްގު މިންވަރަކީ. ކޮންމެ ދުވަހަކު ބޮޑު ޖަލްސާ ބާއްވާފައި އެބަ ވިދާޅުވެ ކަންކަން ވާނެ ވާހަކަ. އެކަމަކު މިއަދު ވެސް ފާހަނާ އަށް ވަދެ މަޑުކޮށްލަން މި ޖެހެނީ ފެންފުޅިއަކުން ފެން އަޅައިލަން،" އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވި އެވެ.
ކޮމަންޑޫގައި އެމްއެންޕީ ކެނޑިޑޭޓްގެ ޖަގަހަ ރޭ ހުޅުވަނީ-- ފޮޓޯ/އެމްއެންޕީ
އޭނާ ވިދާޅުވިގޮތުގައި، މި ކެމްޕެއިންގެ ތެރޭގައި އެމްއެންޕީން ފާޅުކުރި ޝުއޫރުތައް ސަރުކާރުން އަޑު އަހައިފި އެވެ. އަދި އެކަންކަން ހާސިލް ވާން ފަށައިފި ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތް ކަމަށް ނާޒިމް ވިދާޅުވި އެވެ.
"މަޖިލީހުގައި އިންނަވާ މެންބަރަކު ކުރައްވާ ކަމަކީ ރައްޔިތުންގެ ޝުއޫރުތައް އިއްވުން. ޕާޓީގެ މެންބަރުން މި ޖަލްސާގައި ޝުއޫރުތައް އިއްވައިފި. ސަރުކާރުން އަޑު އިވިއްޖެ އެ ކަންކަން ހާސިލްވާން ފަށައިފި،" ނާޒިމް ވިދާޅުވ ިއެވެ.
ދާއިރާގެ ކަންކަން ރަނގަޅުކުރުމަށް ހަންނާން ހޮވަންޖެހޭ ކަމަށާއި އެ ކަމަށްޓަކައި ތިން ގިޔަރު މަތިކޮށްގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެންޕީން ވަނީ ހަންނާންގެ ކެމްޕެއިން ޖަގަހައެއް އެ ދާއިރާގެ ފޯކައިދު އާއި މަރޮށީގައި ވެސް ހުޅުވައިފަ އެވެ. ރޭ ޖަގަހަ ހުޅުވީ ކޮމަންޑޫގަ އެވެ.
ޓެރަރިޒަމަށް އެހީވާ ލިސްޓުގެ މައްސަލަ މަޖިލީހަށް
"ސަރުކާރު ޖަވާބުދާރީކުރުވާ ކޮމިޓީ އިދިކޮޅަށް ދޭންޖެހޭ"
އައްޑޫ މީހުންގެ ގިނަ ޝަކުވާތަކެއް މަޖިލިހަށް!
ޗާގޮސްގެ ސިޔާސަތު ބަދަލުކުރި ސަބަބު ބަލަން މަޖިލީހަށް
މިވަރުގެ ވާދައެއް، ފޯރިއެއް މި ރަށް ނުދެކޭ!
ކޮމަންޑޫގައި ޖޫނިއާ ކޮލެޖް ފެންވަރުގެ ތަނެއް ހަދާނަން: ނާޒިމް
ސަރުކާރު އުޅެނީ ކޮމަންޑޫ މީހުން ގުނބޯ ހައްދަން:ނާޒިމް
ރައްޔިތުންނާ އެންމެ ގާތީ ހަންނާން، ތަފާތު ދައްކާނެ
މަސައްކަތްތެރި މެމްބަރަކަށް ވާނަން: ހަންނާން
ހުސައިންގެ ވައުދުތައް ފުއްދައިދޭނީ އެމްއެންޕީން: ނާޒިމް