10 ޖެނުއަރީ 2022
ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި، އެ ދެ ބިމާއި ފަޅު ރަށް އަލުން ދޭން ނިންމައި މި ހަފްތާގައި އެއްބަސްވުމުގައި ސޮއިކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި، އެ ދެ ބިމާއި ފަޅު ރަށް އަލުން ދޭން ނިންމައި މި ހަފްތާގައި އެއްބަސްވުމުގައި ސޮއިކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ނޭޝަނަލް ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް މިއަދު ވިދާޅުވީ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން 200 މިލިއަން ރުފިޔާ (ތިން ބިލިއަން ރުފިޔާ) ހޯދުމަށް އެ ކުންފުނިން އާބިޓްރޭޝަނަށް ހުށަހެޅި ކަމަށެވެ. އެކަން ކޮށްފައިވަނީ ގޯސްކޮށް ކަމަށް ގަބޫލުކުރެވޭތީ، އާބިޓްރޭޝަނުން ބޭރުން މަޝްވަރާކޮށް މައްސަލަ ހައްލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހަފްތާގެ ތެރޭގައި އަލުން ސޮއިކުރާނަން ރިވައިސްޑް އެގްރިމެންޓުގައި،" އަކްރަމް ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުން ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އެޅި އެވެ. އޭގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކަން އެ ކުންފުންޏަށް ދިނީ އޯޑިއޯން އާއި ނާދީ ހުރި ބިމެވެ. އެއްބަސްވުމުގެ ދަށުން، ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް ޓާޓާ އަށް ދިނެވެ.
އެކަމަކު މަސައްކަތް ފަށަން ދިން މުއްދަތުގައި އެކަން ކުރިއަށް ނުދިޔަ ކަމަށް ބުނެ އެއްބަސްވުން ބާތިލުކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.
އަލުން އެއްބަސްވުމުގައި ސޮއިކުރަނީ އެ ހުރިހާ ތަނެއް ދޭ ގޮތަށެވެ.
އަކްރަމް ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން ބާތިލްކުރި އެއްބަސްވުންތަކުގެ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. އޭގެ ތެރޭގައި ނޫމަޑީގެ މައްސަލަ ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ސަރުކާރަށް ދެއްވާފައިވާ ގެއްލުންތަކުގެ ސަބަބުން ސަރުކާރުން އެބަޖެހޭ ބައިވަރު ލާރި ވަރަށް ގިނަ ފަރާތްތަކަށް. އަދިވެސް ކުރިއަށް އެބަހުރި އެކަހަލަ އެއްޗެހި ބައިވަރު،" އަކްރަމް ވިދާޅުވި އެވެ.
ގެއްލުމުގެ ގޮތުގައި ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ ޔާމީންގެ ވެރިކަމުގައި ވެސް ޓާޓާ އަށް ލަގްޒަރީ ފްލެޓް އަޅަން ކުރީގެ ކުނިކޮށިން ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމާއި ނާދީ ހުރި ތަން އަދި ރިސޯޓު ހަދަން ރަށެއް ވެސް ދޭން ނިންމައި، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ލަފާ ހޯދަން ވެސް ފޮނުވި އެވެ.
އެ އެއްބަސްވުން ކުރިން އެކުލަވާލީ ވެސް، ހައުސިންގެ އޭރުގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވި ގޮތުގައި ޓާޓާ ކުންފުނިން ހަދާ ތަންތަނުން ސަރުކާރަށް ވަކި މިންވަރަކަށް އެޕާޓްމަންޓް ދޭން ޖެހޭ ގޮތަށެވެ.
ނަމަވެސް އެ މަސައްކަތެއް އޭރު ކުރިއަކަށް ނުދިޔަ އެވެ.
އަމީނީމަގުގެ ބާކީ ބައި ނިންމަވާނީ މުއިއްޒު: އަކްރަމް
އަބަދު ކޯޅުން: މައްސަލައަކަށް ހައްލެއް ނުލިބޭ!
ލޭންޑް ޔޫސް ޕްލޭންގެ އިސްލާހުތައް އަދިވެސް ހުށަނާޅާ
މުއިއްޒު އުޅެނީ ބްރިޖަށް ހުރަސްއަޅަން: އަކްރަމް
ދެ ބިމުގައި ޓާޓާ އިން ހަ މަސްތެރޭ ފްލެޓް ފަށަން ޖެހޭ
"ޕޮއިންޓާ ކުޅުނު ކަމަށް ބުނީ އެކްސެސް ނުދެނީސް"
ފަޅުން ގޯތި ދިނީ އަވަހަށް ހިއްކާ ނިމޭނެތީ: އަކްރަމް
ފްލެޓް ނުލިބިގެން އަޑުގަދަ ކުރީ 10 މީހުން: އަކްރަމް
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
ގެދޮރުވެރިޔާ، ދޮގުވެރިޔަކަށް: މޮޅުގޮތަކީ މިއީ؟