08 ޖެނުއަރީ 2022
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދިއުމުގެ އުންމީދު، ކްލަބް ވެލެންސިއާއިން ދަހަމައްޓައިފި އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދިއުމުގެ އުންމީދު، ކްލަބް ވެލެންސިއާއިން ދަހަމައްޓައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ވެލެންސިއާގެ ލަނޑުތައް ޖެހީ، ސްޕެއިންގެ ފޯވާޑް ބޮރްހޯސް މާޓިން، އަސްހަދު އަލީ (އަޑުބަރޭ)، އިސްމާއީލް އީސާ އަދި އަލީ ފާސިރު (ސެންޓޭ) އެވެ. މިއަދުގެ މެޗުގައި ވެސް ސެންޓޭ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. މި ސީޒަންގައި މިހާތަނަށް އޭނާ ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުގައި މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އެވެ.
ރ. އަލިފުށީގައި ކުޅެން ހަމަޖައްސާފައިވާ، ފައިނަލް މެޗުގައި ކުޅޭނީ، ލީގު އުސޫލުން ގްރޫޕް ސްޓޭޖް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. ވެލެންސިއާ އަށް ބާކީ އޮތީ ދެ މެޗެ.
މިއަދުގެ މެޗުން މޮޅުވެ، ވެލެންސިއާ ވަނީ 15 ޕޮއިންޓް ހޯދައިފަ އެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނެވެ. ލަނޑު ޖަހާނެ އެންމެ ތަނަވަސް ފުރުސަތެއް އެންމެ ކުރިން ލިބުނީ ސަސް އަށެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ، އަހްމަދު އައިހަމް ފޮނުވާލުމުން، ކީޕަރު ފައިސަލް ދިފާއުކުރީ އެވެ. މެޗުގެ 25 ވަނަ މިނެޓްގައި ވެލެންސިއާގެ އަހްމަދު ސިޒާން (ސިއްޕެ) ނަގައިދިން ހުރަސް ބްރޮހާސް ބޮޅުން ފޮނުވާލުމުން ދިޔައީ ގޯލް ދަނޑިކައިރިން ބޭރަށެވެ.
ފުރަތަމަ ހާފުގައި ވެލެންސިއާ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 37 ވަނަ މިނެޓްގަ އެވެ. ވެލެންސިއާ އިން އުފެއްދި ހަމަލާއެއްގައި، ސެންޓޭ ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. އަލުން އެ ބޯޅަ ރީބައުންސްވެ ވެލެންސިއާ ކުޅުންތެރިންނަށް ލިބުނަސް ލައިސްމަން ހުރީ އޮފްސައިޑް ދިދަ ނަގައިގެންނެވެ.
މެޗުގެ 51 ވަނަ މިނެޓްގައި ވެލެންސިއާ އަށް ލީޑް ނަގައިދިނީ ބްރޮހޯސް އެވެ. ވެލެންސިއާއިިން ތަނަވަސް ކުރި ފުރުސަތު އޭނާ އަށް ލިބުނީ އޭރިއާ ތެރޭގައި ހުއްޓަ އެވެ. ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ބޯޅަ އަށް ކުރިއަށް އަރައިއަރައި އޮއްވައި ބޮރްހޯސް ވަނީ މަޑުމަޑުން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ އާއި ސަސް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމު ހޯދި އަލީ ފާސިރު
އޭގެކުރިން ވެސް ސެންޓޭ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ސަސްގެ އޭރިއާ ތެރެއަށް ނެގި ހުރަސް ސެންޓޭ އެއްފަހަރުން ފޮނުވާލުމުން ކީޕަރު ޝަފީއު ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލީ އެވެ.
ވެލެންސިއާއިން ލީޑް ނެގުމުގެ މިނެޓެއް ކުރިން ސަސްގެ މުހައްމަދު ޝަހާއު (ބޭލް) އަށް ހުސް ފުރުސަތެއް ލިބުނެވެ. ވެލެންސިއާގެ ޑިފެންޑަރުން ކައިރިން ނައްޓާލައި އޭރިއާ ތެރެއަށް ވަދެ ބޯޅަ ފޮނުވާލަން މުޅިން ހުސްކޮށް އޭނާ އަށް ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ބޯޅަ ފޮނުވާލުން ލަސްވުމުން ފުރުސަތު ބޭކާރުވީ އެވެ.
މެޗުގެ 60 ވަނަ މިނެޓްގައި ސަސް އަށް ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އައިހަމް އަށް ފުރަތަމަ ހާފުގައި ޕެނަލްޓީ ނާކާމިޔާބު ވުމުން، ސަސްއިން މިފަހަރު ޕެނަލްޓީ ޖަހަން ފުރުސަތު ދިނީ ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އަށެވެ. ބެންޖޯ ޕެނަލްޓީީ ފޮނުވާލީ ގޯލްގެ އެތެރެއިން މަތީ ދާގަނޑަށެވެ.
މެޗގެ 64 ވަނަ މިނެޓްގައި ވެލެންސިއާ އިން އަލުން ލީޑް ނެގި އެވެ. އެ ޓީމުން ތަކުރާރުކޮށް ފޮނުވި ބޯޅަތައް ސަސްގެ ޓީމުން ދީފާއުކުރި ފަހުން ރީބައުންސްވި ބޯޅަ ގޯލްގެ ތެރެއަށް ވައްދާލީ އަސްހަދު އަލީ (އަޑުބަރޭ) އެވެ.
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ، އީސަ ވަނީ މެޗުގެ 90 ވަނަ މިނެޓްގައި ވެލެންސީއާގެ ތިންވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ އެންމެ ފަހު ސިކުންތު ކޮޅުތެރޭގައި ވެލެންސިއާގެ ހަތަރު ވަނަ ލަނޑު ޖެހީ ސެންޓޭ އެވެ. ސަސްގެ ޑިފެންޑަރުން ކައިރިން ނައްޓާލައި ސެންޓޭ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލުމާ އެކު ރެފްރީ މެޗުގެ ފަހު ކަށިގަނޑު ފުމެލި އެވެ.
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ޒުވާން ވެލެންސިއާ ބަލިކޮށް ސަސް ސެމީއާ ގާތަށް
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ
އެހެން ޓީމަކަށް މާޒިޔާއާ ވާދަކޮށްލެވިދާނެތަ؟
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ޕެނަލްޓީގައި ސަސް ބަލިކޮށް ވެލެންސިއާ ފައިނަލަށް
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ