04 ޖެނުއަރީ 2022
އެމްއެންޑީއެފަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެމްއެންޑީއެފަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމުގެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެމްއެންޑީއެފަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ މަސައްކަތާ ގުޅިގެން މީޑިއާ ނެޓުން ސިވިިލް ކޯޓުގައި ދައުވާކުރީ އެ މަސައްކަތުގެ ބިޑް އިވެލުއޭޓް ކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށާއި އެހެންވެ، އެ މަސައްކަތް އަލުން އިއުލާން ކޮށްގެން ކުރިއަށް ގެންދަން އަމުރުކޮށްދޭން އެދި އެވެ. އަދި އެ މައްސަލަ ނިމެންދެން، އެ މަސައްކަތް އެހެން ފަރާތަކާ ހަވާލު ކުރުން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް މީޑިއާ ނެޓުން ސިވިލް ކޯޓުގައި އެދުނެވެ.
ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެފި ނަމަ، މީޑިއާ ނެޓަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތައް ބޮޑުވުމުގެ އިތުރުން ހުކުމުގެ މަގްސަދު ހާސިލް ނުވެ ހިނގައިދާނެ ކަމަށެވެ. އަދި އެ އަމުރު ނެރުނަސް، އެމްއެންޑީއެފަށް ކޭބަލް ޓީވީގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ނުބެލެވޭ ކަމަށާއި އެހެންވެ، އެ މައްސަލަ ނިމެންދެން ކޭބަލް ޓީވީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ކުރި އިއުލާނާ ގުޅިގެން އެއްވެސް ކަމެއް ނުކުރަން ޑިފެންސް މިނިސްޓްރީގެ މައްޗަށް އަމުރުކުރާ ކަމަށް އެ އަމުރުގައިވެ އެވެ.
އެމްއެންޑީއެފަށް ކޭބަލް ޓީވީގެ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާންކުރީ 2020 ވަނަ އަހަރު އެވެ.
އެމްއެންޑީއެފަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރުން މަޑުޖައްސާލަން އަމުރު ނެރުނުއިރު، ސަރުކާރުގެ އެހެން ބައެއް މަޝްރޫއުތައް ހަވާލު ކުރުމާ ގުޅޭ މައްސަލަތަކާ ގުޅިގެން ވެސް އެފަދަ އަމުރުތައް ކޯޓުތަކުން ކުރިން ނެރެފައިވެ އެވެ.
ކޭބަލްޓީވީ މަސައްކަތް އަލުން ބިޑްކުރަން އަމުރެއް ނުކުރި
ހަ އަހަރު ކުރިން ވަކިކުރި މީހަކަށް އަލުން ވަޒީފާ
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
ޔޫއޭއީ އެމްބަސީން ކުލި ނުދައްކާ މައްސަލަ ކޯޓުން ނުބެލި
ދައުލަތުގެ އިހުމާލުން އަށް ލައްކަ ރުފިޔާގެ ހުކުމެއް
އެމްއެންބީސީން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭންޖެހިއްޖެ
އަހަރު ނިމުނުއިރު 4،700 މައްސަލަ ކޯޓުގައި ނުނިމި
މީޑިއާ ނެޓަށް 9 މިލިއަން ދޭން ޕީއެސްއެމްއަށް ޖެހިއްޖެ
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
ދިރާގުޓީވީ މައްސަލައަށް މީޑިއާނެޓަށް ނުވަދެވޭނެ: ކޯޓް