03 ޖެނުއަރީ 2022
މަޔޯކާ (ޖެނައަރީ 3) - ގިނަ ކުޅުންތެރިންތަކަކަށް ކޮވިޑް ޖެހިފައި ވަނިކޮށް، ރެއާލް މަޔޯކާ އަތުން، ރޭ އެފްސީ ބާސެލޯނާ އަށް ލިބުނު މޮޅަކީ "ރަން ތިން ޕޮއިންޓް" ކަމަށް އެ ޓީމުގެ ކޯޗް ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
މަޔޯކާ (ޖެނައަރީ 3) - ގިނަ ކުޅުންތެރިންތަކަކަށް ކޮވިޑް ޖެހިފައި ވަނިކޮށް، ރެއާލް މަޔޯކާ އަތުން، ރޭ އެފްސީ ބާސެލޯނާ އަށް ލިބުނު މޮޅަކީ "ރަން ތިން ޕޮއިންޓް" ކަމަށް އެ ޓީމުގެ ކޯޗް ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
މަޔޯކާގައި ކުޅެ ބާސާ މޮޅުވީ 1-0 އިންނެވެ. އެ ޓީމުގެ ލަނޑު ޖެހީ ލޫކް ޑި ޔޯންގް އެވެ. މެޗަށް ފަހު ޒަވީ ބުނީ ބާސާ އަށް މި ވަގުތު ކުރިމަތިވެފައި އޮތް ހާލަތުގައި ވެސް މެޗުން މޮޅުވުމަކީ މި އަހަރު އިތުރަށް ކުރިއަށް ޖެހިލަން ލިބުނު ހިތްވަރެއް ކަމަށެވެ.
އަނިޔާގެ ސަބަބުންނާއި ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކާ އެކު ބާސާގެ ސީނިއާ ޓީމުގެ 10 ކުޅުންތެރިޔަކު ވަނީ ބާކީވެފަ އެވެ. ރޭގެ މެޗަށް ޒަވީ ނުކުތީ އެ ކްލަބްގެ ބީ ޓީމުގެ ބައެއް ކުޅުންތެރިން ހިމަނައިގެންނެވެ.
ބާސާ އަށް ލަނޑު ޖަހައިދިނުމަށް ފަހު ލޫކް ޑި ޔޯންގް އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
މެޗުން މޮޅުވެ ބާސާ ވަނީ، ލަ ލީގާގެ ތާވަލުގެ ފަސްވަނަ އަށް ޖެހިލައިފަ އެވެ. ބާސާ މެޗުން މޮޅުވުމުގައި ކީޕަރު އަންޑްރޭ ޓާ ސްޓެގަން އަދާކުރި ދައުރު ބޮޑެވެ. ޒަވީ ބުނީ ސްޓެގަން ކުރި ސޭވްތަކަކީ ގޯލެއް ޖެހުމާ އެއްވަރުގެ ސޭވްތަކެއް ކަމަށެވެ.
"މި މޮޅަކީ ވަރަށް ބޮޑު ކަމެއް. އަހަރެމެންނަކީ އެއް އާއިލާއެއްގޮތަށް އެކުވެރިވެފައި އޮތް ޓީމެއް. ޗެމްޕިއަންސް ލީގު ޖާގަ އަށް ފަރަގު ކުޑަ ކުރެވުމަކީ ވަރަށް މުހިންމު ކަމެއް. މިއީ އަހަރެމެންނަށް ލިބުނު ރަން ތިން ޕޮއިންޓް."
ބާސާ އަށް ދެން އޮތީ މި ހަފުތާގައި ގްރަނާޑާއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން މި މަހު 12 ގައި ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނެ އެވެ.
ބާސާއާ ދެން ހަވާލުވާ ކޯޗަކަށް އުނދަގޫ ވާނެ: ޒަވީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ބޮޑު ބައްޔަށް ފަހު ބާސާ ދޫކޮށްލާކަން ޒަވީ ހާމަކޮށްފި!
ޒަވީގެ 50 ވަަނަ މޮޅު، ނަތީޖާ އަނބުރާލީ ފަހުވަގުތު
ބާސެލޯނާ އިން ފުރުސަތު ގެއްލުވާލައިފި
ބާސާގެ ހާލަތަށް ނުބަލައި މެޗު ކުޅޭތީ ޒަވީ ނުރުހިއްޖެ
ބާސާއަށް ނޮވެމްބަރު ގޯސް، ޑިސެމްބަރު ފެށީ ރަނގަޅަށް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް