13 ޑިސެމްބަރ 2016
ޕީޕީއެމްގެ ވެރިކަމެއްގައި "ބެޔަސް ނުބެޔަސް" މަސްވެރިންނަށް 10000ރ. ދޭން މެނިފެސްޓޯގައި ކަނޑައެޅި ވައުދާ މެދު ރައްޔިތުންގެ ކަންބޮޑުވުމެއް ނެތް ކަމަށާއި އެ ސްކީމަށް ވުރެ ބޮޑު އާމްދަނީއެއް މަސްވެރިންނަށް މިހާރު ލިބޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ވެރިކަމެއްގައި "ބެޔަސް ނުބެޔަސް" މަސްވެރިންނަށް 10000ރ. ދޭން މެނިފެސްޓޯގައި ކަނޑައެޅި ވައުދާ މެދު ރައްޔިތުންގެ ކަންބޮޑުވުމެއް ނެތް ކަމަށާއި އެ ސްކީމަށް ވުރެ ބޮޑު އާމްދަނީއެއް މަސްވެރިންނަށް މިހާރު ލިބޭ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަން ގއ. ގެމަނަފުށީގައި ބޭއްވި ޖަލްސާގައި ޝައިނީ ވިދާޅުވީ އެ ސްކީމުގައި ކަނޑައަޅާފައިވާ 10،000ރ. އަށް ވުރެ ބޮޑުކޮށް އާއްމުގޮތެއްގައި މަސްވެރިންނަށް މަސްވެރިކަމުން ލިބޭ ކަމަށެވެ. އެކަން ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ދާއިރާއާ ދޭތެރޭގައި ރައީސް ޔާމީން ވިސްނުންފުޅު ގެންގުޅުއްވިއިރު މަސްވެރިންނަކީ 10،000ރ. އަށް ވުރެން މަދުން އާމްދަނީ ލިބެން ޖެހޭނެ ބައެއް ނޫން ކަމަށް އެމަނިކުފާނު ގަބޫލުފުޅުކުރެއްވި. އެހެންވެގެން ވިދާޅުވީ އިންޝުއަރެންސް ސްކީމެއް ގާއިމްކޮށްދެއްވާނަމޭ،" ޝައިނީ ވިދާޅުވި އެވެ.
އެ ސްކީމް، ޝައިނީ ވިދާޅުވި ގޮތުގައި، މާޗް، 28، 2014 ގައި ގދ. ތިނަދޫގައި ރައީސް ޔާމީން ވަނީ އިފްތިތާހުކޮށްދެއްވައިފަ އެވެ.
"އެ ސްކީމް އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި އެބައޮތް. ބައިވެރިވެވަޑައިގަންނަވަން ބޭނުންވި ބޭފުޅުންނަށް ފައިސާ ލިބިފައި ވެސް އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ މި ސަރުކާރުގެ މަސައްކަތް ކުރަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި ތަރައްގީ ގެނައި ސްޕީޑުގައި މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ނޫން ކަމަށެވެ. މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން އޭނާ މިސާލު ނަންގަވަނީ، ރައީސް ޔާމީންގެ އަރިހުން ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.
މަސްވެރިކަމުގެ ދާއިރާ އަށް ކަނޑައެޅި ގިނަ ވައުދުތައް ނުފުއްދާ ކަމަށް މައުމޫން ވިދާޅުވެފައިވާތީ އެމަނިކުފާނަށް ފާޑުވިދާޅުވަމުން ޝައިނީ ވިދާޅުވީ "އިދިކޮޅު ފަރާތްތަކުން" ދައްކާ ވާހަކަތަކަށް ރައްދު ދިނުމެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮޑުކަންނެލީގެ މަސްވެރިކަމުން ލިބޭ އާމްދަނީ ވެސް އަންނަނީ އިތުރުވަމުންނެވެ. ބަޔަކަށް ހަގީގަތް އޮޅުވާލިއަސް މި ދާއިރާ ތަރައްގީކުރަން ކުރާ މަސައްކަތް މަސްވެރިން ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.
ޝައިނީ ވިދާޅުވީ މަސްވެރިން ބޭނުން ވަނީ މަސްކިރޭނެ ގޮތާއި މަހަށް ހަމަ އަގާއި އައިސް ލިބުން ފަދަ ކަންކަން ކަމަށެވެ. އެކަންކަން ސަރުކާރުން ފަހިކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެކުއާކަލްޗާ ކުރިއަރުވާ ޖަމިއްޔާގެ ރިއާސަތަށް ރާއްޖެ
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
މިފްކޯ އޮތީ ހާލުގައި، މަހުގެ އަގަށް ބަދަލެއްނުގެނެވޭނެ
ޒަހާ، މަސްއޫލިއްޔަތު އަދައެއް ނުކުރެއްވި: ނަޝީދު
މަސްވެރިންގެ ދުވަހުގެ ހަފްލާއަށް ރައީސް ވަޑައިގަންނަވަނީ
ބޭރުގެ މަސްބޯޓުތައް މިހާރުވެސް ވާނީ ހުއްޓުވާފަ: ޝައިނީ
ދައްކާ ވާހަކަތަކުން މަސްވެރިކަމަށް ގެއްލުންލިބޭނެ:ޝައިނީ
ފެއާ ޓްރޭޑް ސެޓްފިކެޓުގައި މަސް ބޭރު ކުރަން ފަށައިފި
މަސްވެރިންގެ ދަރަނި މިފްކޯ އިން އަދާކޮށްފި: ޝައިނީ
"ނާއުއްމީދުގެ ތެރޭގައި ރައްޔިތުން ނުބައިތިއްބާނަން"