28 ޑިސެމްބަރ 2021
މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ ސީރިޔާގެ ލާޒިގިއްޔާ (ލަތާކިޔާ) ގެ ބަނދަރު ސަރަހައްދަށް އިޒްރޭލު ސިފައިން ވައިގެ މަގުން ދިން ވަރުގަދަ ހަމަލާތަކުގައި އެ ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސީރިޔާ ސަރުކާރުން ބުނެފި އެވެ.
މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ ސީރިޔާގެ ލާޒިގިއްޔާ (ލަތާކިޔާ) ގެ ބަނދަރު ސަރަހައްދަށް އިޒްރޭލު ސިފައިން ވައިގެ މަގުން ދިން ވަރުގަދަ ހަމަލާތަކުގައި އެ ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސީރިޔާ ސަރުކާރުން ބުނެފި އެވެ.
ސީރިޔާ ސަރުކާރުގެ ނޫސް އޭޖެންސީން ބުނި ގޮތުގައި، އިޒްރޭލުގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން ލާޒިގިއްޔާގެ ބަނދަރަށް މިސައިލް ހަމަލާތަކެއް ދިނީ ރޭ ދަންވަރު 3:15 ހާއިރެވެ. އަދި މި ހަމަލާ ދިނުމަށް ބޭނުންކުރި މިސައިލްތައް އައީ މެޑިޓެރޭނިއަން ކަނޑުގެ ސަރަހައްދުން ކަމަށް ވެސް ނޫސް އޭޖެންސީން ބުންޏެވެ.
މި ހަމަލާގައި މިސައިލްތައް އަރާފައިވަނީ އެ ބަނދަރުގައި ކޮންޓެއިނަރުތައް ބަހައްޓާފައި ހުންނަ ގިމަތައަށެވެ. ސީރިޔާ ޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ހުރި ގިނަ ކޮންޓެއިނަރުތަކެއްގައި ހުރީ އަލިފާން ރޯވެފަ އެވެ.
އޭގެ އިތުރުން ބަނދަރާ ކައިރި ސަރަހައްދެއްގައި ހުރި ހޮސްޕިޓަލަކަށް ވެސް މިސައިލެއް އަރާފައިވެ އެވެ. އަދި ކައިރީގައި ހުރި އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަކަށާއި ފިހާރަތަކަށް ވެސް ބައެއް މިސައިލް އެރި ކަމަށް ސީރިޔާ ޓީވީން ބުންޏެވެ.
ސީރިޔާގެ ދާހިލީ ހަނގުރާމަ 2011 ވަނަ އަހަރު ފެށުމަށް ފަހު، ސީރިޔާގެ އެކި އަމާޒުތަކަށް އިޒްރޭލުން އަންނަނީ އެކި ދުވަސްމަތިން ހަމަލާތައް ދެމުންނެވެ. އިޒްރޭލުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ، ސީރިޔާ ސަރުކާރު ސިފައިންގެ މަގާމުތަކަށާއި، އީރާނާއި ހިޒްބުﷲ ޖަމާއަތުގެ މަދަދު ލިބިގެން ސީރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ މަގާމުތަކަށެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އިޒްރޭލުން ވަނީ ސީރިޔާގެ ބަނދަރު ސަރަހައްދަށް ވައިގެ މަގުން ހަމަލާތަކެއް ދީފަ އެވެ. އެ ފަހަރުގެ ހަމަލާ އަމާޒުކުރީ، ސީރިޔާ އިން ބޭރުކުރަން ތައްޔާރުކޮށްފައި ހުރި ހަތިޔާރު ކޮންޓޭނަރުތަކަކަށެވެ. އެ ހަމަލާގެ ސަބަބުން ބަނދަރުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އޭގެ ފަހުން މި މަހުގެ 7 ވަނަ ދުވަހު ވެސް އިޒްރޭލު ސިފައިން ވަނީ ސީރިޔާގެ ބައެއް ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާތަކެއް ދީފަ އެވެ. ސީރިޔާގެ ދާހިލީ ހަނގުރާމަ ފެށި ފަހުން މިހާތަނަށް 100 އަށް ވުރެ ގިނަ ހަމަލާ، އިޒްރޭލުން ސީރިޔާ އަށް ދީފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ހަމަލާ ދިނީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އަހަރުގެ ތެރޭގައި ސީރިޔާގެ ތަފާތު އަމާޒުތަކަށް 50 ހަމަލާ ދިން ކަމަށް އިޒްރޭލުން އެއްބަސްވެ އެވެ.
އަގްސާ ތޫފާން: ފަލަސްތީނުން ބޭރަށް ހަނގުރާމަ ފުޅާވަނީ
ހަމަ ހިލާ ގޯލާން ދޫކޮށެއް ނުލާނަން: ނަފްތާލީ
އީރާންގެ ހަނގުރާމަވެރިން ސީރިޔާ ޔުނީފޯމްގައި
ސީރިޔާ ހަނގުރާމަ ގޯލާންގެ އުސް ބިންތަކަށް ފެތުރެނީ
ކޮންސިއުލޭޓް ހަމަލާގެ ވާހަކަ އިޒްރޭލުން ދައްކައިފި
އިޒްރޭލު އެމްބަސީތަކަށް އީރާންގެ އިންޒާރެއް
ސީރިއާގެ އީރާން ކޮންސިއުލޭޓަށް ބޮން އަޅައިފި
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް
ހިޒްބުﷲއާ މަޝްވަރާކުރަން ތައްޔާރު: އިޒްރޭލު
އެންމެ ރަހީނަކު ވެސް ދިރިހުއްޓާ ސަލާމަތް ނުކުރެވޭނެ