Roadha Mihaaru

އައުޓްޑޯ ޖިމްތަކާއެކު ކަސްރަތުގެ ފޯރި ގަދަވަނީ

24 ޑިސެމްބަރ 2021

ކުރީގައި ނަމަ ރަށްރަށުގެ އަތިރި މައްޗަށް ނުކުމެ ދުވެލައި، އެނގޭ ކޮންމެވެސް ކަސްރަތެއް ކުރުމުން އެކަން އެ ނިމުނީ އެވެ. އާންމުކޮށް އެ ވަރު ވެސް ކޮށްލަނީ ދުވަސްވީ މީހުން އެކަންޏެވެ. އެތައް ބައްޔެއްގެ ޝިކާރައަކަށް ވެ، ގޮތް ހުސްވުމުން ހައްޓަށް ލުޔެއް ހޯދުމަށް ދުވެލަން ނުކުމެ އުޅުނަސް މިހާރު އެކި އުމުރުފުރާގެ މީހުންނަކީ ރަނގަޅު ސިއްހަތެއްގައި ހުންނަން ލޯބި ކުރާ ބަޔަކަށް ވެއްޖެ އެވެ. މި ބޮޑު ބަދަލު މާލޭގެ އިތުރުން ރަށްރަށުން ބޮޑަށް ފެންނަން ފެށީ އެކި ސަރަހައްދުތަކުގައި ގާއިމުކުރި އައުޓްޑޯ ޖިމްތަކާ އެކު އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިންޑިއާގެ ސަރުކާރުގެ އެހީގައި ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމްތައް ގާއިމު ކުރުމުގެ މަސައްކަތް ފަށައި ބައެއް ރަށްރަށުގައި މިހާރު އެ ތަންތަން ބޭނުންކުރަމުން އަންނައިރު، ޖިމް ސާމާނު އެ ގައުމުން ވަނީ ފޯރުކޮށްދީފަ އެވެ. ދިވެހިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޔަހެޔޮކަން އިތުރުކުރުމަށް އިންޑިއާ އިން ދިން މި އެހީގެ ދަށުން އެކި ރަށްރަށުގައި ގާއިމުކުރާ ޖިމްތަކަށް އަށް މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ.

މި މަޝްރޫއުގެ ދަށުން އައުޓްޑޯ ޖިމެއް ގާއިމުކުރި އެއް ރަށަކީ ހދ. ކުޅުދުއްފުއްޓެވެ. އެ ރަށުގެ ޖިމް އިންސްޓްރަކްޓަރުން ބުނާގޮތުގައި، މި ތަންތަނާ އެކު މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ހެޔޮ ބަދަލުތަކެއް އަންނަ ތަން ފެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

"ޖިމްގަައި ކްލާސްތައް ވަކި ގަޑިތަކެއްގަ މި އޮންނަނީ. އެ ގަޑި އަށް ނާދެވޭ މީހުންނަށް ވެސް މި ތަނަށް [އައުޓްޑޯ ޖިމްތައް] ކޮންމެ ގަޑިއަކު އާދެވޭތީ އެއް ދުވަސް ވެސް ވައްޓާނުލައި އެބަ ކަސްރަތު ކުރެވޭ. އެކި އުމުރުގެ މީހުން އައިސް މި ތަންތަން ބޭނުންކުރާތީ ވަރަށް ހިތްހަމަޖެހޭ،" ކުޅުދުއްފުށިން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ "ހަށިހެޔޮ ދުޅަހެޔޮ" ޕްރޮގްރާމްގެ ދަށުން މި ޖިމްތައް ގާއިމުކުރަމުން އަންނައިރު ހުރިހާ ސަރަހައްދެއްގައި ކަސްރަތު ކުރެވޭނެ ފަސޭހަ ގޮތެއް ހޯދައި ދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.