Roadha Mihaaru
ގޮތެއް ނުނިންމާ، އަދި އޮތް ގޮތުން ކުލި ދައްކަންޖެހޭ

ގޮތެއް އަދި ނުނިންމާ، މިހާރު އޮތް ގޮތުން އަންނަ މަހުން ފެށިގެން ކުލި ހިނގާނެ

23 ޑިސެމްބަރ 2021

ހިޔާ ފްލެޓުތަކުގެ "ފިނިޝިން" އަށް މިހާރު ދީފައިވާ ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އަދި ނިންމާފައި ނުވާތީ، ފްލެޓްތަކުގެ ކުލި އަންނަ ޖެނުއަރީ މަހުން ފެށިގެން ދައްކަން ފަށަން ޖެހޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހިޔާ ފްލެޓުތަކުގެ "ފިނިޝިން" އަށް މިހާރު ދީފައިވާ ގްރޭސް ޕީރިއަޑް އިތުރުކުރުމަށް އަދި ނިންމާފައި ނުވާތީ، ފްލެޓްތަކުގެ ކުލި އަންނަ ޖެނުއަރީ މަހުން ފެށިގެން ދައްކަން ފަށަން ޖެހޭނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ނިންމަން ދިން ހަތަރު މަހުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވުމުން ޖެނުއަރީ ފެށިގެން ކުލި ނަގާ ގޮތަށް އޮތްއިރު އެޗްޑީސީން އަންނަނީ ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ސަރުކާރާ އެކު މަޝްވަރާކުރަމުންނެެވެ. އެކަމުގައި މިހާތަނަށް އެއްވެސް ގޮތެއް ނިންމާފައިނުވާތީ ޖެނުއަރީ ކުރީކޮޅު ކުލި ނަގަން ފަށާނެ އެވެ.

އެކަމަކު ސަރުކާރުން ގްރޭސް ޕީރިއަޑް އިތުރުކޮށްފި ނަމަ، ކުލި ދައްކަން ފަށަން ޖެހޭ ތާރީހަށް ބަދަލު އަންނާނެ އެވެ.

ހިޔާ ފްލެޓެއް-- ފޮޓޯ؛ ނިޝާން އަލީ/ މިހާރު

ހިޔާ ފްލެޓެއް-- ފޮޓޯ؛ ނިޝާން އަލީ/ މިހާރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުގެ މަހު ކުއްޔަށް 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،000ރ. އެވެ. މި ކުލި ބޮޑު ކަމަށް ބުނެ ކުރީ ސަރުކާރުގައި ފްލެޓަށް ކަނޑައެޅި 5،600ރ. ކުއްޔަށް ނެގުމަށް އެދި ފްލެޓް ލިބުނު މީހުން ދަނީ އާދޭސް ކުރަމުންނެވެ. ދެހާހެއްހާ މީހުންގެ ސޮޔާ އެކު އެގޮތަށް ބަދަލުކޮށްދިނުމަށް މަޖިލީހުގައި ވެސް އެ މީހުން އެދިފައިވެ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރުކަން ވެސް ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ ކުލި ކުޑަކުރެވެން ނެތް ކަމަށް ސަރުކާރުން އޭނާ އަށް އަންގާފައިވާ ކަމަށެވެ. ސަރުކާރުން މުއިއްޒަށް އެގޮތަށް އެންގީ ކުލި ކުޑަކޮށްދިނުމަށް އޭނާ ސަރުކާރުގައި އެދިވަޑައިގަތުމުންނެވެ.

މި ސަރުކާރުން ބުނާ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އަގަކީ ކުލި ކުޑަަކުރެވެން އޮތް އެންމެ ހެޔޮ އަގެވެ. އެއަށް ވުރެ ކުޑަ ކުރާ ނަމަ، އެ ފްލެޓްތައް ހެދުމަށް ނަގާފައިވާ ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތަށް ނުދެއްކޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.