20 ޑިސެމްބަރ 2021
ރާއްޖެ އަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި، އަދި އެތައް ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ދާދިދެންމެއަކު އަވަހާރަވެއްޖެ އެވެ.
ރާއްޖެ އަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި، އަދި އެތައް ބައެއްގެ ލޯބި ލިބިވަޑައިގެންފައިވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ދާދިދެންމެއަކު އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 85 އަހަރުގެ އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ.
އުމަރު ޒާހިރުގެ ގާތް ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ، އުމަރު ޒާހިރު އަވަހާރަވީ ހާލުކޮޅު ސީރިއަސް ވެގެން އިއްޔެ ހަވީރު 3:30 ހާއިރުން ފެށިގެން އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށެވެ.
އަވަހާރަވިއިރު، އަންހެން ބޭފުޅަކާއި ކާފަ ދެ ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
އުމަރު ޒާހިރު ވަނީ 1983 އިން 2008ގެ ނޮވެމްބަރުގެ ނިޔަލަށް އެކި މިނިސްޓްރީތަކުގެ މިިނިސްޓަރުކަން ކުރައްވައިފަ އެވެ. މި މުއްދަތުގެ ތެރޭގައި އެމަނިކުފާނު އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ކޮންސްޓްރަކްޝަން މިނިސްޓަރު ކަމުގައި ހުންނަވައިގެން ކުރެއްވި އަގުބޮޑެތި މަސައްކަތްތަކުންނެވެ. މާލޭގެ މަގުތަކުގައި ގާއެތުރުމުގެ މަޝްރޫއު ފެށުމާއި ހުޅުމާލެ ހިއްކުމުގެ މަޝްރޫއާއި ތިލަފުށި ހިއްކައި އެތަނުގައި ކުނި އަންދަން ފެށުމާއި މާލޭގެ އާޓިފިޝަލް ބީޗް ހެދުން ކަހަލަ ވަރަށް ބޮޑެތި މަޝްރޫއުތައް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ވަނީ ހިންގަވައިފަ އެވެ. އެހެން ބައެއް ވަޒީރުންނާ ހިލާފަށް އުމަރު ޒާހިރު ފާހަގަކުރެވެނީ މަޝްރޫއު ހިންގާ ތަންތަނަށް ވަޑައިގެން އަމަލީ ގޮތުން އުޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ.
ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ވަޒީފާ އަދާކުރެއްވުމުގެ އިތުރުން ސަރުކާރަށް ސީދާ ހިދުމަތް ފެއްޓެވުމުގެ ކުރިން އެމަނިކުފާނު ވަނީ ބަނޑޮހުގެ މެނޭޖަރު ކަން ވެސް ކުރައްވައިފަ އެވެ. އޭގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ ހެޑްމާސްޓަރު ކަން ވެސް ކުރެއްވި އެވެ. އެމަނިކުފާނުގެ ހެޑްމާސްޓަރުކަމުގައި މަޖީދިއްޔާ ސްކޫލަށް ގެންނެވި ބަދަލުތައް އެއީ، އޭރު ތައުލީމު ހާސިލް ކުރި އެތައް ބަޔަކު ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަ ކަމެކެވެ.
އުމަރު ޒާހިރުގެ ހޯމް މިނިސްޓަރު ކަމުގައި ފަހުން ހުންނެވި އިރު، 2004 އާއި 2005 ގައި ވެސް ރާއްޖޭގެ ވަރަށް ތާރީހީ ނިންމުންތައް ނިންމައިފައި ވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތައް އުފައްދަން ހުއްދަ ދިނުމާއި ފުލުހުން މަދަނީ ބައެއްގެ ގޮތުގައި ހަމަޖެހުން ހިމެނެ އެވެ.
އުމަރު ޒާހިރު އާންމުން ފާހަގަކުރާނީ ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ހިދުމަތްތެރިޔާގެ ގޮތުގަ އެވެ.
ފުވައްމުލަކުގައި އުމަރު ޒާހިރު ބިނާކުރެއްވި މިސްކިތް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މި މަހުގެ ދެ ވަނަ ދުވަހު ހުޅުވައިދެއްވާ އިރު އުމަރު ޒާހިރު އަރިހުގައި .- ފޭސްބުކް ފޮޓޯ: ޑރ. ޝަހީމް
އުމަރު ޒާހިރަށް ކޮވިޑްގެ އާލާސްކަންފުޅު ކުރިމަތިވީ، އެމަނިކުފާނުގެ ހިލޭ އެހީގެ ދަށުން ފުވައްމުލަކުގައި އިމާރާތް ކުރި މިސްކިތް ހުޅުވުމަށް، މި މަހުގެ ދެ ވަނަ ދުވަހު އެ ރަށަށް ވަޑައިގަތުމަށް ފަހު އެނބުރި މާލެ ވަޑައިގެންނެވުމާ އެކު އެވެ. އެ މިސްކިތަކީ އެމަނިކުފާނުގެ އެންމެ ފަހުގެ ގައުމީ ހިދުމަތެވެ.
އަގުހުރި ހިދުމަތްތެރިންތަކެއް ވަކިވި އަހަރެއް
ޖަނާޒާގެ ކަންކަން ވަކިގޮތަކަށް ގެންދަން އެދިފައެއް ނެތް
ރަސްމީ އިއްޒަތުގައި އުމަރު ޒާހިރު ފަސްދާނުލައިފި
އުމަރު ޒާހިރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް
އުމަރު ޒާހިރަކީ ލެޖެންޑެއް، ގައުމީ ހަޒާނާއެއް:މައުމޫން
އާންމު ސަހަރާއެއްގައި ވަޅުލަން ވަސިއްޔަތް ކުރެއްވި
އުމަރު ޒާހިރުގެ އަނބިކަނބަލުން އަވަހާރަވެއްޖެ
ރާމް ޗަރަންގެ ފިލްމަށް ދިޔަ ދެ މީހަކު މަރުވެއްޖެ
އަނިޔާވި ކުއްޖާގެ ހާލު ބަލަން އަރްޖުން ހޮސްޕިޓަލަށް
މަރުވެފައި އޮއްވާ ފެނުނު މީހެއްގެ ޕޯސްޓްމޯޓަމް ހަދަނީ