އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހަކު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާއާ ލޯބީގެ ގުޅުން އޮތް ދިވެހި އަންހެން ނަރުހަކު ހައްޔަރު ކޮށްފި އެވެ.
16 ޑިސެމްބަރ 2021
އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހަކު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާއާ ލޯބީގެ ގުޅުން އޮތް ދިވެހި އަންހެން ނަރުހަކު ހައްޔަރު ކޮށްފި އެވެ.
ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރާ މޭރީ ގްރޭސް ނަމަކަށް ކިޔާ އަންހެން މީހާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ އެވެ. ނަމަވެސް ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައި ފިރިމީހާ މާރްވިން އަށް ތުހުމަތުކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
"މިހާރު"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލާގައި މާވިން އާ ލޯބީގެ ގޮތުން ގުޅުން އޮންނަ ދިވެހި އަންހެން ނަރުހަކު މިއަދުގެ ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފަ އެވެ. ތަހުގީގާ ގުޅިގެން 24 އަހަރުގެ އަންހެނަކު ހައްޔަރުކުރި ކަން ފުލުހުން ވެސް ޔަގީންކޮށް ދިނެވެ.
މޭރީގެ މަރުގެ ހާދިސާ ހިނގީ މާވިން، އެ ނަރުހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ދެމަފިރިންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ޖެހިފައި އޮއްވަ އެވެ
ފުލުހުން މީގެ ކުރިން ވަނީ އެ އަންހެން މީހާގެ ފޯނު ވެސް ތަހުގީގަށް ނަގައިފަ އެވެ.
މޭރީ މަރުވީ ދަންޖެހިގެން ކަމަށް މާވިން ބުނި ނަމަވެސް އޭނާގެ ޕޯސްޓްމޯޓަމް އާ ހަވާލާދީ ފުލުހުން ބުނީ މީގެ ކުރިން ބުނީ މޭރީ މަރުވީ ބޮލަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާދީ ނޭޕާލު މީހަކު ޒަހަމްކޮށްލައިފި
މީހެއްގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލައިފި
ކެފޭއެއްގެ ބަދިގޭގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރުކޮށްފި
އަތުހަރުގެ ހާލު ގޯސްވެގެން އަނެއްކާވެސް އެޑްމިޓުކޮށްފި
މަސްތުވާތަކެތީގެ ތުހުމަތުވި ނަރުސް ސަސްޕެންޑްކޮށްފި
އައިޖީއެމްއެޗުގެ ނަރުހެއްގެ ޑްރަގުގެ މައްސަލައެއް ބަލަނީ
މަނާ ބޭސްތައް ނެރުން: ހޮސްޕިޓަލުގެ އުސޫލަށް ފާޑުކިޔަނީ
ނަރުހުގެ މަރު: މާވިން އާއި ލަމްހާގެ މައްސަލަ ޕީޖީއަށް
ދިވެހި ނަރުހަށް، މަރަން ރޭވުމާއި މަރު ފޮރުވި ތުހުމަތު