އިންޑޮނީޝިޔާގެ އިރުމަތީ ޖާވާގައި ހުންނަ ސެމެރޫ ކިޔާ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން 13 މީހަކު މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
އިންޑޮނީޝިޔާގެ އިރުމަތީ ޖާވާގައި ހުންނަ ސެމެރޫ ކިޔާ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން 13 މީހަކު މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
އިންޑޮނީޝިޔާގެ ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީގެ ތަރުޖަމާނު އަބްދުލް މުހާރީ ނެރުއްވި ބަޔާނުގައި ބުނެފައިވާ ގޮތުން، އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ފޭބި ދިޔާ އަނގުރާއި ދިޔާ ހިލަތައް އެޅުނު އަވަށުން މަރުވި 13 މީހުންގެ ތެރެއިން ކާކުކަން ދެނެގަނެވުނީ އެންމެ ދެ މީހުންނެވެ. އެހެން މީހުންގެ ހަށިގަނޑުތައް ހުރީ ކާކުކަން ވަކިނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ތަރުޖަމާނުގެ ބަޔާނުގައި ބުނެފައިވާ ގޮތުން ޒަހަމްވި މީހުންގެ ތެރޭގައި މާބަނޑު ދެ އަންހެނުން ވެސް ހިމެނެ އެވެ. މި ހާދިސާއާ ގުޅިގެން، އަލިފާން ފަރުބަދައިގެ ކައިރީގައި އޮންނަ އަވަށްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން 902 މީހަކު ވަނީ ރައްކާތެރި ތަންތަނަށް ގެންގޮސްފަ އެވެ. އަލިފާން ފަރުބަދަ ގޮވި ހާދިސާގައި މިހާތަނަށް ހަތް މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.
މި އަލިފާން ފަރުބަދަ ހުންނަނީ އިންޑޮނީޝިޔާގެ އެންމެ ބައިބޯ ސަރަހައްދު ކަމަށްވާ ޖާވާގަ އެވެ. މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ވައިގެ ތެރެއަށް އަރައިގެން ދިޔަ އަޅިތައް، 12 ކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ ކަމަށް، އެ ގައުމުން ބުނެ އެވެ. އެހެންކަމުން، އެ ސަރަހައްދުގެ ބައެއް އަވަށްތަކަށް މިހާރު ވަނީ ވަރަށް ބޮޑަށް އަޅި ފެތުރިފަ އެވެ.
އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ކުއްލި ގޮތަކަށް އަލިފާން ފަރުބަދަ ގޮވަން ފެށީ، އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އަލިފާން ފަރުބަދައިގެ އެންމެ މަތީގައި ހުރި ހިލަވެލިތައް ފައިބައިގެން ގޮސް، ފަރުބަދައިގެ މަތީ ތުން ނުވަތަ ބާގަނޑު ހުޅުވުމާ ގުޅިގެންނެވެ.
އަލިފާން ފަރުބަދަ ގޮވަން ފެށުމުން ފަރުބަދައިން ނުކުތް ދިޔާ އަލިފާނާއި ވިހަ ގޭސްތައް، 800 މީޓަރު ދުރަށް ފައިބައިގެން ދިޔަ އެވެ. އޭގެ ތެރެއިން ކޮންމެވެސް މިންވަރެއް، ކައިރީގައި އޮތް ކޯރުގެ ތެރެއަށް ވެސް އެޅިފައިވާ ކަމަށް އިންޑޮނީޝިޔާގެ ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
ސަރުކާރުން ބުނާ ގޮތުގައި އަލިފާން ފަރުބަދައިން އަރައިގެން ދިޔަ އަޅިތައް ޖައްވުގެ ތެރެއަށް ފެތުރި ބޯވިލާގަނޑަކަށް ވެފައި އޮތުމުން، އެ ސަރަހައްދުގެ ބައެއް އަވަށްތައް މިހާރު އޮތީ ވަރަށް އަނދިރިވެފަ އެވެ. އަދި އެ ސަރަހައްދުން ކަރަންޓާއި މުވާސަލާތީ ހިދުމަތްތައް މެދު ކެނޑިފައިވާތީ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވެސް ބުރޫ އަރާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
އެންމެ ބޮޑު އަލިފާން ފަރުބަދަ ގޮވަނީ
ޖާވާ އަށް އައި ބާރުގަދަ ބިންހެލުމުގައި 160 މަރު
ބޭރު ދުނިޔެއާ ޓޮންގާއާ އަދިވެސް ގުޅުމެއް ނެތް
ބިންހެލުން އައި ސިޓީން އަލިފާން ފަރުބަދައެއް ގޮވައިފި
އަލިފާން ފަރުބަދަ ގޮވާތީ އެތައް ބަޔަކު ދުރަށް ޖައްސަނީ
ގަތަރުން އިންޑޮނީޝިއާގެ ސަވަރިން ފަންޑަށް ދެ ބިލިއަން
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ރޮހިންޖާ ރެފިއުޖީން އިންޑޮނީޝިއާއަށް ފޭބުން ހުއްޓުވައިފި
މިއީ ވިއްސާރާގައި މާލެއަށް އެންމެ ގެއްލުން ބޮޑު ފަހަރު
ރޮހިންޖާގެ 260 އަށްވުރެ ގިނަ މީހުން އިންޑޮނީޝިއާއަށް