29 ނޮވެމްބަރ 2021
ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ހަދަން އެޗްޑީސީގެ އެއްބާރުލުން ނުލިބުމުން އަމިއްލަ ހަރަދުގައި އެ ފެސިލިޓީ ހިންގާނެ ބަޔަކު ހޯދަން އިއުލާންކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ހަދަން އެޗްޑީސީގެ އެއްބާރުލުން ނުލިބުމުން އަމިއްލަ ހަރަދުގައި އެ ފެސިލިޓީ ހިންގާނެ ބަޔަކު ހޯދަން އިއުލާންކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފަރުކޮޅުފުށީގައި ބުޅަލަށް ހާއްސަ ފެސިލިޓީއެއް ހަދަން ކުރީގެ ސިޓީ ކައުންސިލްއާ އެކު އެޗްޑީސީން މަޝްވަރާކޮށްފައި ވިޔަސް، އާ ކައުންސިލް އައިފަހުން އެ މަސައްކަތަށް އެއްވެސް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.
"މި ކައުންސިލު އައިފަހުން އެޗްޑީސީގެ ވާހަކަ ބަދަލުވެ، ކެޓް ފެސިލިޓާ ފަރުކޮޅުފުށީގައި އަދި ހުޅުމާލޭގެ އެއްވެސް ތާކު ހެދޭނެ މަގެއް އަދި ފަހި ނުކޮށްދޭ. އެކިއެކި އެކްސިއުޒެސްތައް ދައްކަނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި މި މަސައްކަތްކޮށްދޭނެ އަމިއްލަ ފަރާތެއް ހޯދަން މަޖުބޫރިވީ މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އާންމުނަށް ގިނަ އުނދަގޫތަކާ ކުރިމަތިވެ، ވަރަށް އަވަސް ހައްލެއް ބޭނުންވެފައިވާ މައްސަލައަކަށް ވާތީ އެވެ.
މި ފެސިލިޓީ ހަދަން ޝައުގުވެރިވާ ފަރާތްތަކަށް، މި ހަފުތާގައި ފުރުސަތު ހުޅުވާލަން ވަނީ ނިންމައިފަ އެވެ.
މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގެ މަގުމަތީގައި ބުޅާ އިތުރުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އާންމުން ވަނީ ކުރިން ކައުންސިލްގައި އެދިފަ އެވެ.
ހުޅުމާލޭގައި ބުޅާ ފެސިލިޓީ ހެދުމުގެ މަސައްކަތް ފަށައިފި
ކެޓް ޝެލްޓާގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
ފަރުކޮޅުފުއްޓެއް ނޯންނާނެ، އެއީ ހުޅުމާލެ: އެޗްޑީސީ
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
ބުޅާ ފެސިލިޓީ މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި
ބުޅާތައް އޮޅުހިޔާއަށް އަދި ގެންދާކަށް ނުފެނޭ: މިނިސްޓްރީ
ބުޅާ ފެސިލިޓީއަށް ބައެއް ސާމާނު ހޯދަނީ
ބުޅަލުގެ ކާނާ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ
މަގުމަތީގައި އުޅޭ ބުޅާތަކަށް "އޮޅު ހިޔާ" ހުޅުވައިފި