Roadha Mihaaru
ދިރާގު ފައިބަ އިންޓަނެޓް ހިދުމަތް ނ.މަނަދުއަށް

ދިރާގު ފައިބަ އިންޓަނެޓް ހިދުމަތް ނ.މަނަދުއަށް

28 ނޮވެމްބަރ 2021

ދިރާގުގެ ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތް ނ.މަނަދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގުގެ ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތް ނ.މަނަދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

މި ހިދުމަތާ އެކު ނ.މަނަދޫގައި ވެސް ދިރާގު ފައިބަ ބްރޯޑްބޭންޑުގެ ތަފާތު އަގުތަކުގެ ޑޭޓާ އެލަވަންސްތައް ހިމެނޭ ޕެކޭޖްތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖް ވެސް ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތުން ލިބޭނެ އެވެ.

ދިރާގު އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދް ވިދާޅުވި ގޮތުގައި ދިރާގު ހައިސްޕީޑް އިންޓަނެޓް ރާއްޖޭގައި މީހުން ދިރިއުޅޭ އެކި ހިސާބުތަކަށް ފޯރުކޮށްދީ މުޖުތަމައުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދިއުމަކީ ބޮޑު އުފަލެކެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑިޖިޓަލް ކޮމިއިނުޓީތައް ބިނާކޮށް، ބާރުވެރިކުރަމަށް،" އޭނާ ވިދާޅުވި އެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. ދިރާގުން އަންނަނީ 66 ރަށަކަށް ފައިބާ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. މިއީ އާބާދީގެ 80 ޕަސެންޓެވެ