އީރާނުން އެއްވެސް ހާލެއްގައި ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދޭނެ ކަމަށް އެމެރިކާ އިން އިއްޔެ ބުނެފި އެވެ.
އީރާނުން އެއްވެސް ހާލެއްގައި ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދޭނެ ކަމަށް އެމެރިކާ އިން އިއްޔެ ބުނެފި އެވެ.
ބަހްރައިންގެ މަނާމާގައި އިއްޔެ ފެށި، އަހަރީ މަނާމާ މަޝްވަރާގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވީ އީރާނުން ނިއުކްލިއަ ހަތިޔާރު ތަރައްގީ ކުރަން ކުރާ މަސައްކަތް ހުއްޓުވާނެ ކަމަށެވެ. އަދި އީރާންގެ ނިއުކްލިއާ މަޝްރޫއަށް އަލުން އަމަލުކުރަން ފެށުމާ ބެހޭ ގޮތުން، އީރާނުން ސީދާ ގޮތެއްގައި މަޝްވަރާތައް ކުރަން ބޭނުން ނުވާނަމަ، މެދުއިރުމަތީގެ ހަމަޖެހުން ނަގައިލުމަށް އީރާނުން ކުރާ ކަންކަމަށް އެމެރިކާ އިން ރައްދު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިއްޔެގެ މަޝްވަރާތަކުގައި އެމެރިކާގެ ދިފާއީ ވަޒީރު ވަނީ، އީރާންގެ ނިއުކްލިއާ ނުރައްކާތަކުން ގަލްފު ސަރަހައްދު ރައްކާތެރިކޮށްދިނުމަށް އެމެރިކާ އިން ވެފައިވާ ވައުދު، ގަލްފުގެ ގައުމުތަކުގެ ވެރިންނަށް އިތުރަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
"އީރާނުން މަޝްވަރާތަކުގައި ބައިވެރިވާން ބޭނުން ނުވާ ނަމަ، އެމެރިކާގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެމެރިކާ އިން އަޅާނެ،" އޮސްޓިން ވިދާޅުވި އެވެ.
"އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އެމެރިކާއިން ދަމަހައްޓާނެ. އަދި އަހަރެމެންގެ ނަފްސު އަހަރެމެންގެ ދިފާއު ކުރާނަން، އަދި އެއީ ކޮންމެ އެއްޗެއް ކަމަށް ވިޔަސް، އެމެރިކާގެ މަސްލަހަތު ވެސް އެމެރިކާއިން ދިފާއުކުރާނެ. އެކަން އެއްވެސް ގައުމަކުން ނުބައިކޮށް މާނަކޮށްގެން ނުވާނެ. އީރާނުން އެއްވެސް ނިއުކްލިއާ ހަތިޔާރެއް އުފެއްދިޔަ ނުދިނުމަށް ވެސް އަހަރެމެން ވާނީ، ކުރިން ވައުދުވެފައި."
އޭނާ ވިދާޅުވި ގޮތުގައި އީރާންގެ ނުރައްކާތެރިކަން ވަނީ ނިއުކްލިއާ ހަތިޔާރު ވެސް ފަހަނަޅައި ގޮސްފަ އެވެ. އެ ގޮތުން އީރާނަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއް ކަމަށާއި، އަދި މެދުއިރުމަތީގައި ހަރަކާތްތެރިވާ، އީރާނަށް ތާއީދުކުރާ ޓެރަރިސްޓު ޖަމާއަތްތަކަށް ވެސް އީރާނުން ވާގިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މެދުއިރުމަތި ސަރަހައްދުގައި އޮތް އަހަރެމެންގެ ގުޅުމުގެ ވަރުގަދަކަން އަންދާޒާ ނުކުރެވޭވަރުގެ ޝައްކެއް ނުވަތަ ވަހުމެއް އީރާނުގައި އޮވެގެން ނުވާނެ. އަދި އަހަރެމެންގެ އަމިއްލަ ނަފްސް ވެސް އަދި އަހަރެމެންގެ ރަހުމަތްތެރިންނާއި އަހަރެމެންގެ މަސްލަހަތު ވެސް ހިމާޔަތް ކުރާނަން،" އޮސްޓިން ވިދާޅުވި އެވެ.
އެމެރިކާ އިން ތުހުމަތުކުރާ ގޮތާ ހިލާފަށް އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ ނިއުކްލިއާ މަޝްރޫއަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި އެ މަޝްރޫއުގެ އަމާޒަކީ އީރާނަށް ބޭނުންވާ ކަރަންޓް އުފެއްދުން ކަމަށް ވެސް އީރާނުން ބުނެ އެވެ.
ވިލާތުގެ ގައުމުތަކާއި އެމެރިކާއިން އީރާނާ އެކުގައި 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ މުއާހަދާ އަށް އަމަލުކުރަމުން އަންނަނިކޮށް، އެމެރިކާ އަމިއްލައަށް އެ މުއާހަދާ އިން ވަކިވީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މުއާހަދާ އިން ވަކިވުމަށް ފަހު އެމެރިކާ އިން ވަނީ އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
އެމެރިކާގެ ފިޔަވަޅާ ވިއްދައިގެން އީރާނުން ވަނީ އެ ގައުމުގެ ނިއުކްލިއާ ރިއެކްޓަރުތަކުގައި ޔޫރޭނިއަމް ފައްކާ ކުރާ ނިސްބަތް މަތިކޮށްފަ އެވެ. އަދި، ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އިދާރާގެ އިންސްޕެކްޓަރުން، އެ ގައުމުގެ ނިއުކްލިއާ ރިއެކްޓަރުތައް ބަލައި ފާސްކުރަން ވަނުމުގެ ހުއްދަ ދިނުން ހުއްޓާލައިފަ އެވެ.
އީރާނުން ނިއުކްލިއާ ބޮމެއް ހެދިޔަކަނުދޭނަން: ޕެންޓަގަން
ބިރުދައްކާ ނަމަ މަޝްވަރާއެއް ނުކުރާނަން: އީރާން
އީރާނުން މަޝްވަރާނުކޮށްފި ނަމަ އޮތީ ހަމަލާ: ޓްރަމްޕު
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް އޮމާންގައި ބާއްވައިފި
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
21 ދުވަހުން އީރާން ނިއުކްލިއާ ބޮން އުފައްދާނެ
ނިއުކްލިއާ މުއާހަދާ އަށް އެމެރިކާ ދިން ޖަވާބު އީރާނަށް
ނިއުކްލިއާ މުއާހަދާ އަށް މާ ގިނަ ދުވަހެއް ނެތް
އީރާނާއި އެމެރިކާ އިން ނިއުކްލިއާ މުއާހަދާ ދިރާސާކުރަނީ