11 ނޮވެމްބަރ 2021
އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓުވާޓް އެ މަގާމުން ވަކިކުރީ ރައީސް އޮފީހުން އަންގައިގެން ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނެފި އެވެ.
އެމްއޭސީއެލްގެ ސީއީއޯ ގޯޑަން އެންޑްރޫ ސްޓުވާޓް އެ މަގާމުން ވަކިކުރީ ރައީސް އޮފީހުން އަންގައިގެން ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބުނެފި އެވެ.
ޕީސީބީން ބުނީ އުސޫލެއްގެ ގޮތުން ސަރުކާރުން ބޭނުންވެއްޖެ ހާލަތެއްގައި ކުންފުނިތަކުގެ ވެރިން ބަދަލުކުރެވޭނެ ކަމަށެވެ. އޭގެ ސަބަބެއް އެތަނުން ނުބުނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ގޯޑަންއާ އެކު އެމްއީސީއެލުން ހަދާފައިވާ އެގްރިމެންޓް، ރައީސް އޮފީހަށް ގެންގޮސް ރިވިއު ކުރާތާ މަހެއްހާ ދުވަސްވެއްޖެ އެވެ.
ނަން ހާމަނުކުރަން އެދިވަޑައިގެން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ، އެމްއޭސީއެލް ވަރުގެ ބޮޑު ކުންފުންޏެއް ހިންގޭ ވަރުގެ ގާބިލް ކަމެއް ގޯޑަންގެ ނެތެވެ.
"އެހެން ނޫން ނަމަ ވީއައިޕީ ހުޅުވެން ވާނެ. އެއްވެސް އިތުރު ކަމެއް ކުރަން ހުރި ތަނެއް ނޫން އެއީ. ހަމައެކަނި ފަރުނީޗަރު އެކަނި ލާން ޖެހޭ ތަނެއް. އެވަރުގެ ކުޑަކުޑަ ކަމެއް ވެސް ނުވި،" އޭނާ ވިދާޅުވި އެވެ.
މަގާމުގައި ހުންނެވި ދުވަސްވަރު ގޯޑަން ވަރަށް ގިނަ ދުވަސްތައް ރާއްޖެ އިން ބޭރުގައި ހޭދަކުރެއްވި ކަމަށާއި އޮފީހުގެ މުވައްޒަފުންނާ އޭނާ އާ މާ ބޮޑު ގުޅުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، "އޭނާގެ ކަމަކީ ކުރިން ކޮށްފައި ހުރި ހުރިހާ ކަމެއް ގޯސްކުރުން އެކަނި" ކަމަށެވެ.
ސީއީއޯ ވަކިކުރީ ކީއްވެގެންތޯ ދެންނެވުމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެމްއޭސީއެލް އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޕާފޯމަންސް ރަނގަޅުކުރަން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިއީ އޭގެ ތެރެއިން ގެނައި ބަދަލެއް ކަމަށެވެ. މިކަމާ ބެހޭ ގޮތުން އޭނާ އެހެން އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެމްއޭސީއެލްގެ ސީއީއޯ މަގާމުން ވަކި ކުރިކަން އަންގާފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. ގޯޑަން މަގާމަށް އައްޔަން ކުރިތާ އަދި ވީ އަހަރެއްހާ ދުވަހެވެެ.
އެމްއީސީއެލް ހިންގެވުމާ މި ވަގުތު ހަވާލުވެ ހުންނެވީ ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ތޯހާ އެވެ. ސީއީއޯގެ މަގާމުން ގޯޑަން ވަކި ކުރި އިރު އެ ކުންފުނީގެ އޮޕަރޭޝަންތައް ބެލެހެއްޓުމަށް ސީއޯއޯގެ މަގާމަށް އިނގިރޭސިވިލާތުގެ ބޭފުޅަކު އިއްޔެ ވަނީ އައްޔަނުކޮށްފަ އެވެ.
އެމްއޭސީއެލްގެ ބޯޑުން އިބްރާހިމް ނޫރައްދީން ވަކިކޮށްފި
އެމްއޭސީއެލްގެ އެމްޑީއަކަށް މަހުޖޫބު ހަމަޖައްސައިފި
ހާމިދުގެ ވަޒީފާގެ މައްސަލަ އެމްއޭސީއެލްއިން ދޫކޮށްލައިފި
އެމްއޭސީއެލްގެ ބޯޑު މެމްބަރަކަށް ސިޔާދު ގާސިމް
އެމްއޭސީއެލްގެ ސީއީއޯގެ މަގާމުން ގޯޑަން ވަކިކޮށްފި
ގޯޑޯން: ބިޔަ މަޝްރޫއަށް ކޮލިޓީ މީހުން އުފެއްދުމުގައި!
ރިސޯޓަކުން ދޭ ފަދަ ހިދުމަތް އާ ޓާމިނަލުން ލިބޭނެ
"ހިދުމަތް އަވަސް ކުރަންދަތީ އުސޫލުގައި ހިފަހައްޓާތީ"
ސްޓުއާޓް، އެމްއޭސީއެލް ހިންގުމާ ހަވާލުވެއްޖެ
މޫސާ ސޯލިހު އެމްއޭސީއެލުން ރިޓަޔާ ކުރައްވައިފި