01 ނޮވެމްބަރ 2021
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ އަންހެން ނަރުހަކު މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި ޝައްކު އުފެދި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައި ވަނިކޮށް، ފިރިމީހާގެ ދިވެހި ލޯބިވެރިޔާގެ ފޯނު ތަހުގީގަށް ހިފަހައްޓައިފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕިންސްގެ އަންހެން ނަރުހަކު މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލާގައި ޝައްކު އުފެދި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައި ވަނިކޮށް، ފިރިމީހާގެ ދިވެހި ލޯބިވެރިޔާގެ ފޯނު ތަހުގީގަށް ހިފަހައްޓައިފި އެވެ.
މަރުވި މޭރީ ގްރޭސްގެ ފިރިމީހާ މާވިންގެ ލޯބިވެރިޔަކީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި އަންހެން ނަރުހެެކެވެ. މޭރީގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ދިވެހި ނަރުހުގެ ފޯނު ހިފަހައްޓާފައި ވާއިރު، އޭނާ ހުރީ އައިޖީއެމްއެޗްގެ ވަޒީފާ އިން އެކަހެރިކޮށްފައި ކަމަށް ވެސް ވަނީ އެނގިފަ އެވެ.
މަރުގެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މާވިން އަކީ ވެސް އައިޖީއެމްއެޗްގެ ނަރުހެކެވެ. އޭނާ އާއި ދިވެހި ނަރުހުގެ ލޯބީގެ ގުޅުން އެތަނުގެ ގިނަ ބަޔަކަށް އެނގެ އެވެ.
މީގެ ކުރިން "މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިން ގޮތުގައި މާވިންގެ މައްސަލާގައި ދިވެހި ނަރުހާއި މޭރީއާ ދެމެދު ބައެއް ފަހަރު އަރައިރުން ވެސް ހިނގަ އެވެ. އަދި އިިންޒާރުގެ މެސެޖު ވެސް މޭރީ އަށް ފޮނުވާ ކަމަށް އޭނާ ބައެއް މީހުން ގާތު ބުނެފައިވާ ކަމަށް ވެސް ބައެއް މީހުން ކިޔައިދިނެވެ.
ދިވެހި ނަރުހުގެ ފޯނު ހިފެހެއްޓުމުގެ އިތުރުން އޭނާއާ ގުޅުން ހުރި ބައެއް ތަންތަން ފާސްކުރި ކަމަށް އެނގިފައި ވިޔަސް މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ. މަރާ ގުޅޭ ގޮތުން އަދި މިހާތަނަށް ފުލުހުން ހާމަކުރި ހަމައެކަނި މައުލޫމާތަކީ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނުމެވެ.
މޭރީ އާއި މާވިން ދަންނަ މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި މޭރީ މަރުވުމުގެ ކުރިންނާއި ފަހުން ވެސް މާވިން ދިވެހި ލޯބިވެރިޔާއާ އެއްކޮށް ވަރަށް ފާޅުގައި ދިޔައީ އުޅެމުންނެވެ.
މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ އައިޖީއެމްއެޗަށް ގެންދިޔައީ އޭނާ ހޮސްޕިޓަލްގެ ޑިއުޓީގައި ހުރެފައި ބްރޭކަށް ލިބުނު ވަގުތުކޮޅެއްގައި ގެޔަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ. އޭނާގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ދިޔައީ ފިރިމީހާ މާވިން އެވެ.
މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބުންޏަސް އެފަދަ ކަމެއް ކޮށްފައިވާ ކަމުގެ ނިޝާނެއް މޭރީގެ ހަށިގަނޑުގައި ނެތުމާއި ދަންޖެހުނު ކަމަށް ބުނާ ތަނުގައި މީހަކަށް ދަންޖެހެވިދާނެ ކަމަށް ނުބެލެވުމާއި ފުލުހުން ދިޔައިރު ގޭތެރެ ސާފުކޮށް ސީން ނައްތާލާފައި އޮތުމުން މަރާ މެދު ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފަ އެވެ.
ނަރުހުގެ މަރު: މާވިން އާއި ލަމްހާގެ މައްސަލަ ޕީޖީއަށް
ދިވެހި ނަރުހަށް، މަރަން ރޭވުމާއި މަރު ފޮރުވި ތުހުމަތު
މޭރީގެ މަރު: ލަމްހާގެ ދައްތަ ހެކިބަސް ދީފި
މާވިން ސަލާމަތް ކުރާނެ ކަމަށް ލަމްހާ ބުނި: ހެއްކެއް
މާވިންގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ނިންމައިފި
މަރުގެ މައްސަލާގައި ހިމެނޭ ލަމްހާ ދޫކޮށްލައިފި
މޭރީގެ މަރު: ދައުވާ ބަދަލުކުރުމުން ހެކިބަސް ފަސްކޮށްފި
ލަމްހާގެ ބަންދަށް ލުޔެއް ދިނުމާ މެދު ގޮތެއް ނިންމަނީ
މޭރީގެ މަރު:ޑޮކްޓަރުން ހެކިބަސް، ބަންދަށް ލުޔެއް ނެތް
މޭރީގެ މަރު: މޭރީގެ ދިރިއުޅުން ރަހުމަތްތެރިޔާގެ ދުލުން