Roadha Mihaaru
ޝާހްރުކްގެ ދަރިފުޅު ދޫކޮށްލަން ރިޝްވަތު!

ޝާހްރުކްގެ ދަރިފުޅު ދޫކޮށްލަން އެންސީބީގެ ވެރިޔާ ރިޝްވަތު ނެގިކަމުގެ ތުހުމަތު!

26 އޮކްޓޯބަރ 2021

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ދޫކޮށްލުމާ ބެހޭ ގޮތުން މަޝްވަރާކޮށް، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ވެރިޔާ ސަމީރު ވަންކެޑެ ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ދޫކޮށްލުމާ ބެހޭ ގޮތުން މަޝްވަރާކޮށް، ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ވެރިޔާ ސަމީރު ވަންކެޑެ ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތުކޮށްފި އެވެ.

ކްރޫޒް ލައިނާއެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރަނިކޮށް ކަމަަށް ބުނާ މައްސަލައަކާ ގުޅިގެން އަރިއަން، 23، އާ އެކު އިތުރު ހަތް މީހަކު ހައްޔަރުކޮށް އެ މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ އިރު، އަރިއަންގެ ކަފާލާތުގެ މައްސަލަ ތިން ފަހަރެއްގެ މަތިން ކޯޓުން ވަނީ ބޭރުކޮށްލައިފަ އެވެ. ކަފާލާތުގެ މައްސަލައެއް މި މަހުގެ 26 އަށް ބޮމްބޭ ހައި ކޯޓްގައި އަލުން މިހާރު ތާވަލުކޮށްފައިވާ އިރު، މިދިޔަ ހަފުތާގެ ތެރޭގައި ޝާހްރުކް ވަނީ ދަރިފުޅު ބަންދު ކޮށްފައި ހުރި ޖަލަށް ވެސް ޒިޔާރަތްކޮށްފަ އެވެ.

އެއާ އެކު މިހާރު މިހާރު މީޑިއާތަކުގައި ދެކެވެނީ ޝާހްރުކާއި އެންސީބީގެ ވެރިޔާ ސަމީރާ ދެމެދު ސިއްރު މަޝްވަރާތަކެއް ކުރެވި. ސަމީރާއި އޭނާގެ ބައިވެރިންތަކެއް ރިޝްވަތު ނަގައިގެން އަރިއަން ދޫކޮށްލަން އުޅޭ ވާހަކަ އެވެ. މި ތުހުމަތުކުރި ޕްރަބާކަރް ރަގޯޖީ ބައެއް މީޑިއާތަކަށް ބުނެފައި ވަނީ ޝާހްރުކްގެ ފަރާތުން ދެ މީހަކު ސަމީރާ ބައްދަލުކޮށް ރިޝްވަތުގެ މުއާމަލާތް ހިންގާފައިވާ ކަމަށެވެ. އެގޮތުން ރިޝްވަތަށް އޭނާ އާއި ބައިވެރިން 25 ކްރޯޑް ނަގާފައިވާ ބުނެފައިވެ އެވެ. މީގެ ތެރެއިން 8 ކްރޯޑް ނެގީ ސީދާ ސަމީރު ކަމަށާާއި ބާކީ ބައިވެރިންގެ މެދުގައި ހަމަހަމައަށް ބަހައިލީ ކަމަށް ވެސް ޕްރަބާކަރް ބުންޏެވެ.

މި ތުހުމަތާ ގުޅިގެން އެންސީބީގެ އިސް އޮފިޝަލަކު ވަނީ ސަމީރަށް ކުރާ ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ސަމީރާއި އެންސީބީ އާއި މައްޗަށް ކުރާ ތުހުމަތުތަކަކީ މައްސަލައިގެ ފޯކަސް ގެއްލުވާލަން ކުރާ ކަމެކެވެ. އަދި އަރިއަން އާއި އޭނާއާ އެކު ތުހުމަތަށް ހައްޔަރުކުރި މީހުންނާ މެދު ގޮތްތައް ނިންމާނީ ޝަރުއީ ނިޒާމުގެ ތެރެއިން ކޯޓުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަރިއަން، 23، ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާގެ ހައްޔަރާ އެކު ބައްޕަ ޝާހްރުކްގެ ފިލްމީ މަސައްކަތަށް ވަނީ ބުރޫ އަރައިފަ އެވެ. އަރިއަން މަސްތުވާތަކެތީގެ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ޝާހްރުކަށް ވަރަށް ބޮޑަށް ފާޑު ވެސް ކިޔަމުންނެވެ. އެއް ބަޔަކު ބުނެފައިވާ ގޮތުގައި "ބައްޕަ ފިލްމު ކުޅެގެން ފައިސާ ހޯދައި ތަނަވަސްކަމުގައި އުޅޭ އިރު، އެ ފައިސާ އިން ދަރި ހަކުރު ބޮއި ވިޔާނުދާ އުޅުމެއް އުޅެނީ" އެވެ.

އަރިއަން އަކީ މ،ި އަހަރުގެ މެއި މަހުގެ ތެރޭގައި އެމެރިކާގެ ޔުނިވަސިޓީއަކުން ފިލްމު މޭކިން އިން ގްރެޖްއޭޓް ވެފައިވާ ޒުވާނެކެވެ. އޭނާ އަކީ ޝާހްރުކްގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ބެދުމުގެ ކުރިން އަރިއަންގެ މިފަދަ އެއްވެސް ކަމެއް ކުރިއަކުން ތިލަވެފައެއް ނުވެ އެވެ.