Roadha Mihaaru
ހުޅުމާލޭ ކުޑަކުދިންގެ ހިޔާ އަށް ހާއްސަ ލައިބްރަރީއެއް

ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ބީއެމްއެލް އިން ލައިބްރަރީއެއް ގާއިމްކޮށްދީފި

05 ޖޫން 2016

ރޯދައާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "ރޯދަ ވެދުން" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ލައިބްރަރީއެއް ގާއިމް ކޮށްދީފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ރޯދައާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ "ރޯދަ ވެދުން" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ލައިބްރަރީއެއް ގާއިމް ކޮށްދީފި އެވެ.

މިއީ ބީއެމްއެލްގެ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން ހޯދި ފައިސާގެ އިތުރުން އެ ކުންފުނީގެ ފަރާތުން ދިން އެހީއެއް ކަމަށް ބޭންކުން ބުނެ އެވެ.

ކުޑަކުދިންގެ ހިޔާގައި އިއްޔެ ބޭއްވި ހަރަކާތެއްގައި ހުޅުވި ލައިބްރަރީ އަށް ބީއެމްއެލް އިން ވަނީ 700 އަށް ވުރެ ގިނަ ފޮތް ވެސް ހަދިޔާ ކޮށްފަ އެވެ. އަދި ހިޔާގައި ތިބި 82 ކުދިންނަށް ބޭންކުގެ މުވައްޒަފުން ވަނީ ހަދިޔާ ދީފަ އެވެ.

"ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދެން. މި ހަރަކާތް ކުރިއަށް ގެންދިޔުމަށް މުވައްޒަފުން ބޮޑު އިސްކަމެއް ދީ، ފައިސާގެ ގޮތުން އެހީތެރި ވެދިން" ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވި އެވެ.