08 އޮކްޓޯބަރ 2021
ޕްރަތީކް މޯހިތީ އަށް އިސްކޮޅުން ކުރުވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އިންޑިއާގެ 25 އަހަރުގެ މި ޒުވާނާ އަކީ މިހާރު ދުނިޔޭގެ ރެކޯޑެއް ވެސް އޮތް މީހެކެވެ. އެއީ އޭނާ އެންމެ ޝައުގުވެރިވާ ބޮޑީ ބިލްޑިން އިންނެވެ. އެ ކުޅިވަރުން އޭނާ އަށް ދުނިޔޭގެ އެންމެ ކުރު ފިރިހެން ބޮޑީ ބިލްޑަރުގެ ރެކޯޑް ލިބުނި އިރު އިސްކޮޅަކީ ތިން ފޫޓް ހަތަރު އިންޗި (103 ސެންޓިމީޓަރު) އެވެ.
ޕްރަތީކް މޯހިތީ އަށް އިސްކޮޅުން ކުރުވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އިންޑިއާގެ 25 އަހަރުގެ މި ޒުވާނާ އަކީ މިހާރު ދުނިޔޭގެ ރެކޯޑެއް ވެސް އޮތް މީހެކެވެ. އެއީ އޭނާ އެންމެ ޝައުގުވެރިވާ ބޮޑީ ބިލްޑިން އިންނެވެ. އެ ކުޅިވަރުން އޭނާ އަށް ދުނިޔޭގެ އެންމެ ކުރު ފިރިހެން ބޮޑީ ބިލްޑަރުގެ ރެކޯޑް ލިބުނި އިރު އިސްކޮޅަކީ ތިން ފޫޓް ހަތަރު އިންޗި (103 ސެންޓިމީޓަރު) އެވެ.
ޕްރަތީކް ބުނި ގޮތުގައި އިސްކޮޅު ކުރުވުމަކުން އޭނާ އެއް އިރެއްގައި ވެސް އެކަމާ ދެރެވަގެނެއް ނޫޅެ އެވެ. އެކަމަކު ކުރުކަމުން ވަރަށް ގިނަ ބަޔަކު ކުރިން އޭނާ އަށް ޖޯކް ޖެހި ކަމަށް ބުންޏެވެ. ވަކިން ހާއްސަކޮށް ބޮޑީ ބިލްޑަރަކަށް ވާން އުޅުމުން އެތައް ބައެއްގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ބުންޏެވެ.
"މިހާރު އެއީ މާޒީއޭ ބުނެވިދާނެ،" ތިން އަހަރުގެ ތެރޭގައި މިހާތަނަށް އެކި ފެންވަރުގެ 40 އަށް ވުރެ ގިނަ ބޮޑީ ބޮލްޑިން މުބާރާތުގައި ވާދަކޮށް ކާމިޔާބީތައް ވެސް ހޯދާފައިވާ ޕްރަތީކް ބުންޏެވެ. "ކުރިން ވަރަށް ގިނަ ބަޔަކު އަހަންނަށް މަލާމާތްކޮށް ހިތްމަރާލި. އެކަމަކު މިހާރު ގިނައީ ހިތްވަރުދޭ މީހުން."
Pratik has competed in over 40 bodybuilding events ?
— #GWR2022 OUT NOW (@GWR) October 6, 2021
އޭނާ ބުނި ގޮތުގައި ކަސްރަތަކީ ވަރަށް ޅަ އުމުރުގައި ލޯބި ޖެހުނު ކަމެކެވެ. އަދި ބޮޑުވަމުން ދިޔަ ވަރަކަށް އެކަމުގެ ތެރެއަށް ވަދެވި، ފަހުން ބޮޑީ ބިލްޑިން އަށް ޝައުގުވެރިކަން އެއްކޮށް ހުއްޓުނީ ކަމަށް ބުންޏެވެ.
ގިނިސް ވޯލްޑް ރެކޯޑަށް ޕްރަތީކް ކިޔައިދިން ގޮތުގައި އޭނާ އުފަންވީ އިރު އަތާއި ފައިގައި ހުރި ބޮޑެތި އައިބުތަކާ ހެދި އޭރު ޑޮކްޓަރުން ބުނަމުން ދިޔައީ އޭނާ އަށް އާދައިގެ ދިރިއުޅެއް އުޅުމުގެ ފުރުސަތު ވެސް ކުޑަ ކަމަށެވެ. އެގޮތުން އަތާއި ފައި އާންމު މީހަކު ބޭނުންކުރާ ގޮތަށް ޕްރަތީކަށް ބޭނުން ނުކުރެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.
"ޑޮކްޓަރުން ވިދާޅުވީ އަހަންނަކަށް ނުވެސް ހިނގޭނޭ." އަމިއްލަ ފައިމަތީގައި ކާމިޔާބީތައް ހޯދަމުން އަންނަ ޕްރަތީކް ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ބޮޑީ ބިލްޑްކުރަން ފެށުމާ އެކު އާއިލާ އިން އެކަން ހުއްޓުވަން މަސައްކަތްކުރި އެވެ. ސަބަބަކީ އެ ކުޅިވަރާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް ކުރިން އާއިލާގެ އެއްވެސް ބަޔަކަށް ލިބިފައި ނެތުން ކަމަށް މަހާރަޝްތުރާ ސްޓޭޓަށް ނިސްބަތްވާ ޕްރަތީކް ބުންޏެވެ.
"އެކަމަކު މިހާރު އަހަންނަށް މިކަމުން ދުނިޔޭގެ ރެކޯޑެއް ވެސް ލިބުނީމަ އާއިލާގެ މީހުން އަހަންނާ މެދު ވަރަށް އުފާކުރޭ،" އޭނާ ބުންޏެވެ. "މިކަމުގައި ކުރިއަށް ދާން އާއިލާގެ އެންމެންގެ ސަޕޯޓް މިހާރު ވަރަށް ބޮޑަށް ލިބޭ."
ޕްރަތީކް ބުނީ އޭނާގެ ހަޔާތުން ބަޔަކަށް ލިބޭނެ ފިލާވަޅަކީ އިސްކޮޅުން ކުރުވުމަކީ ހަމަ އެއްވެސް މައްސަލައެއް ނޫން ކަމެވެ. އެހެންވެ ބޮޑީ ބޮލްޑިން ޝައުގުވެރިވާ މީހުންނަށް ކުރިއަށްދާން އެހީވާން ވެސް އޭނާ ހުރީ ތައްޔާރަށެވެ.
މިސްޓަ އޭޝިއާގެ މަގާމު އިންޑިއާގެ ޔަތިންދްރަ ސިންހްއަށް
ރެކޯޑް ހެދި އިސްތަށިގަނޑު ކޮށާލައި މިއުޒިއަމަކަށް ދީފި
100 ރެކޯޑް ހަދަންއުޅޭ މީހެއް، 18 ރެކޯޑް ހަދައިފި
އެންމެ ގިނަ ޖަވާހިރު ޖެހި އަނގޮޓި އިންޑިއާގައި
ރޮބޮޓްތަކެއްގެ އެހީގައި 326 ގަސް އިންދައިފި
އެންމެ ބޮޑު ޓީޝާޓް ހެދީ ޕްލާސްޓިކް ފުޅި ރިސައިކަލްކޮށްގެން
އުމުރުން 100: ފިޓްކަމުގެ ސިއްރަކީ ޔޯގާ
އެންމެ ދިގު އިސްތަށިގަނޑުގެ ރިކޯޑް އިންޑިއާ އަށް
ޝިލްޕާއާ އެކު އިންޑިއާ އަށް އާ ރިކޯޑެއް
އެންމެ ނިޔަފަތި ދިގު މީހާގެ ނިޔަފަތިތައް ކަނޑާލައިފި