01 އޮކްޓޯބަރ 2021
ރާއްޖޭގައި ފުރަތަަމަ ފަހަރަށް "ކްރިޕްޓޯ" ކަރަންސީން މުއާމަލާތު ކުރަން މިއަދު ފަށައިފި އެވެ.
ރާއްޖޭގައި ފުރަތަަމަ ފަހަރަށް "ކްރިޕްޓޯ" ކަރަންސީން މުއާމަލާތު ކުރަން މިއަދު ފަށައިފި އެވެ.
އެކަމަކު ރާއްޖޭގައި ކްރިޕްޓޯ ކަރަންސީ ގަނެ ވިއްކުމާއި އެއިން މުއާމަލާތުކުރުމަކީ މަނާ ކަމެއްކަން 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެމްއެމްއޭ އިން އިއުލާނުކޮށްފައިވެ އެވެ. އޭގެ ފަހުން އެކަމަށް ބަދަލެއް ގެނައިކަމެއް އެނގިފައެއް ނުވެ އެވެ. އެހެންވެ ކްރިޕްޓޮ ކަރަންސީ އަކީ ރާއްޖޭގައި ލީގަލް ޓެންޑާއެއް ނޫނެވެ.
ޑިޖިޓަލް ފައިސާ ކަމަށްވާ "ކްރިޕްޓޯ" ކަރަންސީ ބޭނުން ކުރަން ފެށީ އެސް ހޮޓެލްސް އިން ކްރޮސްރޯޑްސް ގައި ހިންގާ ދެ ރިސޯޓުގަ އެވެ. އެއީ ހާޑްރޮކް މޯލްޑިވްސް އާއި ސާއި ލެގޫނެވެ.
އެސް ހޮޓެލްސް އަކީ ދުނިޔޭގައި ވެސް އެންމެ ފުރަތަމަ މި ފައިސާ ބަލައިގަންނަން ފެށި އެއް ހޮޓެލް ޗެއިނެވެ. މިއީ ޓޫރިޒަމް ދާއިރާގެ އާ ޖީލުތަކަށް ހިދުމަތް ދިނުމަށާއި ޓޫރިޒަމް ދާއިރާ ޒަމާނާ އެއް ފެންވަރަކަށް ކުރިއެރުވުމަށް މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މިއީ އެސް ހޮޓެލްސް އާއި ކްރިޕްޓޯ ކަރަންސީ ޓްރޭޑިން ޕްލެޓްފޯމެއް ކަމަށްވާ އެފްޓީއެކްސް އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފެށި ހިދުމަތެކެވެ. މި ގެނައި ބަދަލާއެކު މިހާރު ހާޑް ރޮކް އާއި ސާއި ލެގޫން އިން ހިދުމަތް ހޯދަން ޑިޖިޓަލް ފައިސާ ބޭނުން ކުރެވޭނެ އެވެ.
މިވަގުތު މި ދެ ރިސޯޓުން ބަލައިގަންނަނީ ޑިޖިޓަލް ފައިސާގެ ތެރެއިން "ޔޫއެސްޑީ ކޮއިން" އާއި "ޓެދާ ޓޮކެންސް" (ޔޫއެސްޑީޓީ) އެވެ. ނަމަވެސް ކުރިމަގުގައި އިތުރު ޑިޖިޓަލް ފައިސާ ވެސް ބަަލައިގަންނާނެ ކަމަށް އެސް ހޮޓެލްސް އިން ބުނެ އެވެ.
ކްރިޕްޓޯ ކަރަންސީގެ މަގުބޫލުކަން ބޮޑުވެފައި ވިޔަސް ބައެއް ގައުމުތަކުގައި މި ބޭނުންކުރުން މަނަލެވެ.
މެސީގެ ސޭންޑްވިޗެއް ހާޑްރޮކްގެ މެނޫއަށް
ލަންކާގައި ގޯލްޑަން ޕެރެޑައިސް ޕްރޮގްރާމް ތަންފީޒުކުރަނީ
ބިޓްކޮއިނާ ހެދި އަލް ސަލްވެޑޯ އަށް އިންޒާރެއް
ލަންކާގެ ޓޫރިސްޓު ހިދުމަތަށް އަގުނަގާނީ ބޭރު ފައިސާއިން
ފްލޮރިޑާގައި ކްރިޕްޓޯ އިން ޓެކްސް ދެއްކޭ ގޮތް ހަދަނީ
އިންޑިއާގައި ކްރިޕްޓޯ މަނާކުރަން ތައްޔާރު ވަނީ
ކްރިޕްޓޯ މުސްލިމުންނަށް ހުއްދައެއް ނޫން: އިންޑޮނީޝިއާ
މާސްޓަ ކާޑް ވެސް ކްރިޕްޓޯ ކަރަންސީއާ ދިމާއަށް
ބިޓްކޮއިންއާ ދެކޮޅަށް އަލް ސަލްވަޑޯގެ މީހުން ނުކުމެއްޖެ
ކިއުބާގައި ވެސް ކްރިޕްޓޯކަރަންސީ ރަސްމީކުރަނީ