Roadha Mihaaru

އިންޑިއާގެ އެހީގައި ދިވެހި ސިފައިންގެ ތިން ޕައިލެޓަކު ތަމްރީނުކޮށްފި

20 ސެޕްޓެމްބަރ 2021

އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ދިވެހި ސިފައިންގެ ޕައިލެޓުން ތަމްރީނުކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ތިން ޕައިލެޓަކު ތަމްރީނުތައް ނިންމައިގެން އެނބުރި އައިސްފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދިރު އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ދިވެހި ސިފައިންގެ ޕައިލެޓުން ތަމްރީނުކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ތިން ޕައިލެޓަކު ތަމްރީނުތައް ނިންމައިގެން އެނބުރި އައިސްފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދިރު އިއްޔެ ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ޑޯނިއާ މަތިންދާބޯޓް އޮޕަރޭޓްކުރަން ތަމްރީނުވި ދިވެހި ސިފައިންގެ ތިން ޕައިލޮޓުން މީގެ މަަހެއްހާ ދުވަސް ކުރިން ރާއްޖެ އަށް އެނބުރި އައިސްފައިވާ ކަަމަށެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ ބޯޓުތަކަކީ މަދަނީ އުދުހުންތަކުގައި ބޭނުންކުރާ ޑޯނިއާ މަތިންދާބޯޓުތަކާ ހިލާފަށް، އަސްކަރީ ސާވައިލެންސް މަސައްކަތްތަކަށް ބޭނުންވާާ ވަސީލަތްތައް ގާއިމު ކޮށްފައިވާ އުޅަނދުތަކެކެވެ. ހަަމައެކަނި ޕައިލެޓް ތަމްރީނު ހަދައިގެން އެފަދަ ބޯޓުތައް އޮޕަރޭޓް ނުކުރެވެނީ އެހެންވެ އެވެ.

ސަންޖޭ ވިދާޅުވީ ޕައިލެޓުންގެ އިތުރުން، ޑޯނިއާ މަތިންދާބޯޓަށް ބޭނުންވާ ފަންނީ މީހުން ވެސް އިންޑިއާ އިން ތަމްރީނު ކުރަމުން އަންނަ ކަމަށެވެ.

"އެމްއެންޑީއެފަށް އަޅުގަނޑުމެން ތަމްރީނުގެ ފުރުސަތުތައް ދޭއިރު، އޭގެ ތެރޭގައި އޭވިއޭޝަން ދާއިރާގެ ޖާގަތައް ވެސް ހިމެނޭ. މި އަހަރު ވެސް އަޅުގަނޑުމެން ފުރުސަތު ދީފިން ދިވެހިން ތަމްރީނުވާން 42 ޖާގަ. ހަމައެކަނި އޭވިއޭޝަން ދާއިރާއިން 42 ޖާގަ،" ސަފީރު ވިދާޅުވި އެވެ.

"ދިވެހި ތިން ޕައިލެޓުން ތަމްރީނު ވެގެން އެނބުރި އައިސްފި މިދިޔަ އެއް މަސްދުވަހުގެ ތެރޭގައި."

އިންޑިއާ ސަފީރު ސަންޖޭ ސުދިރު، ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ އިންޑިއާއިން ތަމްރީނުވި ދިވެހި ސިފައިންގެ ތިން ޕައިލޮޓަކު ރާއްޖެ އަަށް އެނބުރި އައިސްފައިވާ ކަމަށް. .-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިންޑިއާ ސަފީރު ސަންޖޭ ސުދިރު، ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ އިންޑިއާއިން ތަމްރީނުވި ދިވެހި ސިފައިންގެ ތިން ޕައިލޮޓަކު ރާއްޖެ އަަށް އެނބުރި އައިސްފައިވާ ކަމަށް. .-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިންޑިއާ އިން ހަދިޔާކުރި މަތިންދާބޯޓާއި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އެ ގައުމުގެ ޕައިލެޓުންނާއި ޓެކްނިކަލް މީހުން ހަރަކާތްތެރިވާތީ އިދިކޮޅު ބައެއް ފަރާތްތަކުން އިންޑިއާއަށާއި ދިވެހި ސަރުކާރަށް ވެސް ގެންދަނީ ފާޑުކިޔަމުންނެވެ. އެ އުޅަނދުތައް އޮޕަރޭޓްކުރަން އިންޑިއާ ސިފައިން ތިބެނީ ދިވެހިން އަދި ތަމްރީނު ނުވާތީ ކަމަށް ސަަރުކާރުން ކުރިން ބުންޏެވެ. މިއީ އާއްމުންގެ ފާޑުކިއުން އަމާޒުވި ކަމެކެވެ.

ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވާތީ ކަނޑުމަގުން، ބޯޑަރު ހުރަސްކޮށް ކުރާ ކުށްތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑެވެ. ސްޓްރެޓެޖިކް ގޮޮތުން ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން ވެސް އެ ނުރައްކާ އިތުރަށް ބޮޑުވެ އެވެ.

ސަފީރު ވިދާޅުވީ، ރާއްޖޭގެ އެދުމަށް އިންޑިޔާ އިން ހަދިޔާކުރި އެޑްވާންސްޑް ލައިޓް ހެލިކޮޕްޓަރާއި ޑޯނިއާ އެއާކްރާފްޓަކީ މިފަދަ ނުރައްކާތަކާ ދެކޮޅަށް ދިވެހި ސިފައިންގެ ގާބިލުކަން އިތުރު ކޮށްދިން ދެ އުޅަނދު ކަމަށެވެ. އެއީ އިންސާނީ އެހީތެރިކަން ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އުޅަނދުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" މީގެ ތެރޭގައި ބަލި ހާލު ބޮޑުވެފައިވާ ފަރާތްތަކުން އެ ތަންނުން އަނެއް ތަނަށް ގެންދިޔުން ފަދަ އެހީ ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓަކީ ސަފީރު ވިދާޅުވިގޮތުގައި، ދިވެހި ސިފައިންގެ ބެލުމުގެ ދަށުގައި ހުރި އުޅަނދުތަކެކެވެ. އެ އުޅަނދުތަކަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަކީ ދިވެހި ސަރުކާރުން އެދިގެން އެކި ފަހަރު މަތިން ކުރަމުން އަންނަ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.