Roadha Mihaaru
މަންދީއަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

މަންދީއަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

03 ސެޕްޓެމްބަރ 2021

އެމްޑީޕީ އޮފީހުގައި އެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދިން މީހާ މިއަދު ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީ އޮފީހުގައި އެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދިން މީހާ މިއަދު ހައްޔަރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ އަށް ހަމަލާ ދިނީ އެ އޮފީހުގައި މަސައްކަތްކުރާ މުހައްމަދު ޖަޒީލް ކިޔާ މުވައްޒަފެކެވެ. މަންދީއަށް ހަމަލާ ދިނުމުގެ އިތުރުން އެ އޮފީހުުގެ އެހެން މުވައްޒަފަކަށް ވެސް އޭނާ އަނިޔާކުރި ކަމަށް ވަނީ ބުނެފަ އެވެ. އެ މާރާމާރީގައި ޗޭނުގަނޑަކުން ހަމަލާދިނުމުގެ ސަބަބުން މަންދީގެ ބޯ ފަޅައިގެން ގޮސް، ހޮސްޕިޓަލްގައި ފަރުވާ ވެސް ދިނެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވޭ 39 އަހަރުގެ މީހާ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އޭނާ ހައްޔަރު ކުރިއިރު، އެ ހާދިސާއަށް ފަހު މަންދީ ބުނެފައިވަނީ ޖަޒީލަކީ ގޯސް މީހެއް ނޫން ކަމަށާއި އޭނާއަށް ބޭނުން ވަނީ ފަރުވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް، ބަންދު ނުކުރަން އޭނާ އެދޭ ކަމަށް މަންދީ ބުނެފައިވެ އެވެ.

އެކަމަކު ޖަޒީލް ބުނެފައިވާ ގޮތުން އޭނާ އެކަންކުރީ މަސްތުވެގެން ހުރެ ނޫން ކަމަށެވެ. އޭނާ އެކަން ކުރީ އެމްޑީޕީގެ އޮފީސް ތެރޭގައި އޭނާއަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުން ބޮޑުވެގެން ކަމަށް ޖަޒީލް ބުނެފައިވެ އެވެ.