28 އޯގަސްޓް 2021
ސަލްމާން ޚާނާ އެކު ފިލްމު "ވީރު" އިން ބޮލީވުޑަށް ނުކުތް، ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފާ ވައްތަރު ކަމަށް ބުނާ ބަތަލާ ޒަރީން ޚާންގެ ވާހަކަ އޭނާގެ ލޯބިވެރިޔާއާ ގުޅުވައިގެން އަނެއްކާ ތިލަވެއްޖެ އެވެ.
ސަލްމާން ޚާނާ އެކު ފިލްމު "ވީރު" އިން ބޮލީވުޑަށް ނުކުތް، ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފާ ވައްތަރު ކަމަށް ބުނާ ބަތަލާ ޒަރީން ޚާންގެ ވާހަކަ އޭނާގެ ލޯބިވެރިޔާއާ ގުޅުވައިގެން އަނެއްކާ ތިލަވެއްޖެ އެވެ.
މިފަހަރު އޭނާގެ ވާހަކަ އަކީ ސަލްމާން ހޯސްޓްކުރާ ޝޯ "ބިގް ބޮސް" ގައި ވާދަކުރި ބައިވެރިޔަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އެކަމާ ގުޅުވައިގެންނެވެ.
ސަލްމާންގެ ބޮޑު ފިލްމަކުން ބޮލީވުޑަށް ނުކުތުމުގެ ނަސީބު ލިބުނަސް ކެރިއަރު ވަރަށް ފަނޑު ބަތަލާއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޒަރީން، 34، ގެ ލޯބިވެރިޔަކީ 2018 ގެ "ބިގް ބޮސް 12" ގައި ވާދަކުރި ޝިވާޝިޝް މިޝްރާ، 29، އެވެ. އޭނާ އަކީ ބިގް ބޮސްގައި ވާދަކުރި އިރު، އެ ޝޯގެ ބައެއް އުސޫލުތަކަށް ތަކުރާރުކޮށް ދެކޮޅު ހެދުމުން ޝޯއިން ބޭރުކޮށްލި ބައިވެރިއެކެވެ.
ޒަރީން އާއި ޝިވާޝިޝްގެ ގުޅުމުގެ ވާހަކަ މިހާރު ވަރަށް ބޮޑަށް މީޑިއާތަކުގައި ދެކެވެމުން އަންނަ އިރު، ދެ މީހުންގެ އިންސްޓަގްރާމްގައި ވެސް އެކީގައި ނަގާފައިވާ ފޮޓޯތަކެއް ޕޯސްޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ޕޯސްޓެއްގައި، ޒަރީންއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ވަރަށް ސާފުކޮށް ޝިވާޝިޝް ބުނެފައިވެ އެވެ. އޭނާ ބުނީ ބައިވެރިޔަލަކަށް ޒަރީން ލިބުމަކީ އުފަލެއް ކަމަށާއި އެކަން ސިއްރުކުރަން ބޭނުން ނުވާ ކަމަށެވެ.
ބައެއް މީޑިއާތަކުން ބުނި ގޮތުގައި ދެ މީހުން މިހާރު ވެސް އަންނަނީ ގޯއާގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ސަލްމާނާ ރައްޓެހިވި ބަތަލާ ކެޓްރީނާ ކައިފާ ވައްތަރު ގޮތެއް ހުންނާތީ 2010 ގެ "ވީރު" ކުޅެން ފުރުސަތު ލިބުނު ޒަރީން ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް 2" އާއި "ހޭޓް ސްޓޯރީ 3" އާއި "އަކްސަރު 2" އާއި "ވަޖާ ތުމް ހޯ" އަދި "1921" ހިމެނެ އެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ މެއިގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "ހަމް ބީ އަކޭލޭ ތުމް ބީ އަކޭލޭ" އެވެ.
މަލާމާތްކުރިޔަސް ފަރުވާލެއް ނެތް: އަރުޖުން
ސޮނާކްޝީ އާއި ޒަހީރަކީ "ބެސްޓް ފްރެންޑްސް"
ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރު 9 ގައި
އާތިޔާ އާއި ރާހުލްގެ ގުޅުން މިހާރު ކަށަވަރު
ސަލްމާންގެ ޗުލްބުލް އާއި އަޖޭގެ ސިންގަމް ގުޅިދާނެ
"މޭނޭ ޕިޔާރު ކިޔާ" ގެ ދެ ތަރިއެއްގެ ދަރިންގެ ލޯބި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އާތިޔާ އާއި ރާހުލްގެ ގުޅުން މިހާރު ސިއްރެއް ނޫން
ނެޕޮޓިޒަމަކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން: ސަލްމާން
ބަތަލާ މޯނީ ކައިވެނިކޮށްފި