އޯ ލެވެލް އިމްތިހާނު ލަސްވެ، ދިގުލައިގެން ދިއުމުން އެހެން ކުދިންނެކޭ އެއްގޮތަށް އައިޝަތު ސަންއާ އަށް ވެސް ކުރިމަތިވީ މާޔޫސްކަމެވެ. ދިހަ އަހަރުގެ ތެރޭގައި ބައްދަލުކުރާ ބައިނަލްއަގުވާމީ ފުރަތަމަ އިމްތިހާނަށް ވުމުން އެ ދަރިވަރަށް އިތުރު ހާސްކަމެއް ލިބުނެވެ. ނަމަވެސް ގޮންޖެހުން ބޮޑު ދިގު ދިރާސީ އަހަރު، ލ. ގަމުގައި ހުންނަ ހަމަދު ސްކޫލުގެ މިދިޔަ އަހަރުގެ ކެޕްޓަން ނިންމާލީ ހިތްހަމަޖެހޭ ނަތީޖާތަކެއް ލިބޭނެ ކަމުގެ ފޮނި އުއްމީދުގަ އެވެ.
09 އޯގަސްޓް 2021
އޯ ލެވެލް އިމްތިހާނު ލަސްވެ، ދިގުލައިގެން ދިއުމުން އެހެން ކުދިންނެކޭ އެއްގޮތަށް އައިޝަތު ސަންއާ އަށް ވެސް ކުރިމަތިވީ މާޔޫސްކަމެވެ. ދިހަ އަހަރުގެ ތެރޭގައި ބައްދަލުކުރާ ބައިނަލްއަގުވާމީ ފުރަތަމަ އިމްތިހާނަށް ވުމުން އެ ދަރިވަރަށް އިތުރު ހާސްކަމެއް ލިބުނެވެ. ނަމަވެސް ގޮންޖެހުން ބޮޑު ދިގު ދިރާސީ އަހަރު، ލ. ގަމުގައި ހުންނަ ހަމަދު ސްކޫލުގެ މިދިޔަ އަހަރުގެ ކެޕްޓަން ނިންމާލީ ހިތްހަމަޖެހޭ ނަތީޖާތަކެއް ލިބޭނެ ކަމުގެ ފޮނި އުއްމީދުގަ އެވެ.
މުކުރިމަގު ސްކޫލުން ގްރޭޑު 1-5 އަށް ކިޔެވުމަށް ފަހު ހަމަދު ސްކޫލާ ގުޅުނު ސަންއާ ބުނީ ކޮވިޑު-19 ގެ ސަބަބުން މިިދިޔަ އަހަރު ސްކޫލުތައް އެންމެ ފުރަތަމަ ބަންދުކުރިއިރު ސިލަބަސް ވެސް ކަވަރުނުވާ ކަމަށެވެ. އޭގެ ފަހުން އޮންލައިންކޮށް ކިޔަވައިދޭން ފެށިއަސް ބައެއް ފިލާވަޅުތައް ނަގައިގަންނަން އޭނާ އަށް ވީ އުނދަގޫ ކަމަކަށެވެ. އެހެންވެ، ސްކޫލަށް ހާޒިރުވެ އިތުރު ކްލާސްތައް ނަގައިގެން ޖެހުނީ އެ ފިލާވަޅުތައް އަލުން ކިޔަވާށެވެ.
އެއާއެކު، ޔޫޓިއުބުން ވީޑިއޯތައް ބަލައި އަމިއްލަ އަށް ކިޔެވުމުގައި ވަގުތު ހޭދަކުރި އެވެ.
"ބޮޑަށް ބެލީ ހިތުދަސްކުރުމުގެ ބަދަލުގައި ނޭނގޭ އެއްޗެހި ވީހާ ވެސް ފަސޭހައިން ނަގައިގަނެވޭ ގޮތަށް ދަސްކުރަން. ކިޔެވިއިރު އެންމެ ބޮޑަށް ސަމާލުކަން ދިނީ ވެސް އެގޮތަށް،" ސަންއާ ބުންޏެވެ.
ސަންއާ (ވ)
ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދެނިކޮށް ގަމުގައި ކޮވިޑު ފެތުރި ހާލަތު ގޯސްވީ އިމްތިހާން ފެށެން ކުޑަ ދުވަސްކޮޅަކަށް އޮއްވަ އެވެ. އެ ހިސާބުން ސަންއާ އަށް ވެސް އިތުރު ޕްރެޝާއަކާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު، އަބަދު ކިޔެވުމުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި މީހާ ހިތްހަމަޖައްސާލަން ވެސް އޭނާ ވަގުތު ހުސްކުރި އެވެ.
ސަންއާ ބުނީ އޭނާ އަށް ކިޔަވަން އެންމެ ފަސޭހައީ، ހަމަހިމޭން ވަގުތުތަކުގައި ކަމަށެވެ. ރޭގަނޑު އެންމެ ލަސްވެގެން ވެސް 10:00 ހާއިރު ނިދުމަށްފަހު ފަތިހު 4:00 ހާއިރު ތެދުވެ ފޮތް ކިޔަން އޭނާ އާދަކުރި އެވެ. އެގޮތަށް ހެނދުނު ވަންދެން އިންނަނީ، ކިޔެވުމަށް ފޯކަސް ގެއްލޭނެ ހުރިހާ ކަމަކުން ދުރުވެގެންނެވެ.
- ސިލަބަހަށް ބަލައިގެން ފިލާވަޅުތައް ދަސްކުރުން.
- ޓެސްޓެއް އޮންނަނަމަ ރަނގަޅަށް ނިދި ހަމަކޮށްގެން ޓެސްޓަށް ދިއުން.
ބިޒްނަސް ކްލަބުގެ ނައިބު ރައީސް އަދި ބްލޫ ހައުސްގެ ވައިސް ކެޕްޓަންކަން ވެސް އަދާކުރި ދަރިވަރު ބުނީ ކިޔެވުމުގެ އިތުރުން ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ހާއްސަ ސަމާލުކަމެއް ދިން ކަމަށެވެ. އެގޮތުން، ކެޑޭޓާއި ހޭންޑްބޯލް މުބާރާތާއި ސްކޫލުގައި ބޭއްވި އެކި ފެއާތަކުގައި ބައިވެރިވެފައި ވެ އެވެ.
"އަބަދު ކިޔަވާ ކިޔަވާ ފޫހިނުވެ، އިތުރު ހަރަކާތްތަކުގައި އުޅުމަކީ ނަތީޖާ ވެސް ރަނގަޅުކޮށްދޭ ކަމެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. ވަގުތު މެނޭޖުކޮށް އިތުރު ކޮލިޓީތައް ވެސް ދަސްވާނެ. މިސާލަކަށް، ލީޑަޝިޕް ކަހަލަ ކޮލިޓީތައް،" ޑޮކްޓަރަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ސަންއާ ބުންޏެވެ.
- ކޮންމެ މާއްދާއަކުން ދީފައިވާ ސިލަބަސްގެ އިންޑިކޭޓާއާ އެއްގޮތަށް ދަސްކުރުން.
- ހުރިހާ މާއްދާއެއްގެ ހުރިހާ ފިލާވަޅެއް ބެލުމަށްފަހު ބޮޑަށް ނޭނގޭ ފިލާވަޅުތަކަށް ފޯކަސްކުރުން.
އޭ ލެވެލްގައި ރަނގަޅު ނަތީޖާއަކާއެކު ސްކޮލަޝިޕެއް ހޯދުމުގެ އަޒުމުގައި ހުރި ސަންއާ ބުނީ ދަރިވަރުންގެ މާކްސް ބިނާވާނީ އެ ކުއްޖެއްގެ މަސައްކަތަށެވެ. އެއީ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ސްކޫލެއްގެ ދަރިވަރަކަށް ވިޔަސް މޮޅަށް ކިޔަވައި، ރަނގަޅު ނަތީޖާއާއެކު ރަށާއި ގައުމު ފަހުރުވެރިކޮށްދެވޭނެ ކަމަށް އޭނާ ދެކެ އެވެ.
ސްކޫލު ގައިޑް: އީޖާދުގެ ނަސޭހަތް
ސްކޫލު ގައިޑް: ސްކޫލަށް ދާން ކެތް މަދުވެފައި!
ސްކޫލު ގައިޑް: އަހަރު މެދުތެރޭ ފަށާ ދިރާސީ އަހަރު
ސްކޫލު ގައިޑް: ބޭނުން ވަނީ ކޮން ކަހަލަ ތައުލީމެއް؟
ދެކުނު ތިން ސްކޫލެއް ގުޅިގެން އޭލެވެލްއަށް ކިޔަވައިދެނީ
ހަމަދު ސްކޫލްގެ ފަންކާއެއް ވެއްޓި ދެ ކުއްޖަކަށް އަނިޔާ
ތަޖުރިބާ ހޯދުމުގެ ދަތުރު ކާމިޔާބު: އައްޑޫ ހައި ސްކޫލް
އައްޑޫ ހައި ސްކޫލުގެ ބޮޑު ވަފުދެއް ހަމަދު ސްކޫލަށް
ހަމަދު ސްކޫލުގެ އަހަރީ ދުވަސް ތަފާތު ގޮތަކަށް!
ހަމަދު ސްކޫލުން އެއްވަނަ ޖައިލަމް އާއި ހުމެއިޝާ އަށް