30 ޖޫން 2021
ޖުލައި 23 ގައި ފަށާ އޮލިމްޕިކް ގޭމްސްގައި އެތުލެޓިކްސް އިން ރާއްޖެ ތަމްސީލުކުރާ ހަސަން ސާއިދަށް ހާއްސަކޮށް ބޭރުގެ ޓްރޭނިން ކޭމްޕެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.
ޖުލައި 23 ގައި ފަށާ އޮލިމްޕިކް ގޭމްސްގައި އެތުލެޓިކްސް އިން ރާއްޖެ ތަމްސީލުކުރާ ހަސަން ސާއިދަށް ހާއްސަކޮށް ބޭރުގެ ޓްރޭނިން ކޭމްޕެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.
އިންޑިއާގައި ބޭއްވި އިންޓަ ސްޓޭޓް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައި ވަނިކޮށް، އެ ޗެމްޕިއަންޝިޕްގައި ސާއިދު ބައިވެރި ނުކުރަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމުން، ރާއްޖޭގެ ކުރީގެ އޮލިމްޕިއަނެއްގެ ފަރާތުން އެތުލެޓިކްސް އެސޯސިއޭޝަނަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.
"އަޅުގަނޑުމެން އޮލިމްޕިކްސް އަށް ދާން ފުރުސަތު ލިބުނު ދުވަސްވަރު، މިކަހަލަ ޓްރޭނިން މުބާރާތެއް ނުލިބޭ. އޮލިމްޕިކްސްގެ ކުރިން ކިހާ ރަނގަޅު ފުރުސަތެއް މިފަހަރު ލިބުނީ،" ކުރިން އޮލިމްޕިކްސްގެ އެތުލެޓިކްސްގައި ވާދަކުރި ރާއްޖޭގެ ކުރީގެ ދުވުންތެރިޔަކު ބުންޏެވެ. "ހިތަށް އަރާ ކީއްވެބާވައޭ އެ ފުރުސަތު ލިބިފައި އޮއްވައި އެސޯސިއޭޝަނުން ސާއިދަށް އެ ފުރުސަތު ނުދީ އެހެން ދުވުންތެރިން (އިންޑިއާގެ މުބާރާތަށް) ލިސްޓުގައި ޖެހީ."
އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ އިންޑިއާގެ މުބާރާތުގައި ވާދަކުރަން ސާއިދަށް ފުރުސަތު ނުދިނީ މާލޭގައި ތަމްރީން ހެދުމުގެ ފުރުސަތު ނުލިބި ކުއްލިއަކަށް ވާދަވެރި ރޭހެއްގައި ދުވެގެން އިންޖަރީއެއް ކުރިމަތި ވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ.
"އަޅުގަނޑުމެން ވިސްނަން އެތުލީޓުގެ ހުރިހާ ކަމަކާ މެދުވެސް. މާލޭގައި ޕްރެކްޓިސް ކުރެވޭނެ ގޮތެއް ނެތިފައި ކުއްލިއަކަށް ވާދަވެރި ރޭހެއްގައި ދުވެގެން އިންޖަރީއެއް ކުރިމަތިވުމުގެ ފުރަސަތު ބޮޑު. އެ ހުރިހާ ކަމަކާ އަޅުގަނޑުމެން ވިސްނަންޖެހޭ،" ތޮލާލް ވިދާޅުވި އެވެ.
"މާލޭގައި ޓްރޭނިން ކުރެވޭނެ ހާލަތެއް ނެތް. އެފަދަ ހާލަތެއްގައި ތިއްބައި ބޭރު ގައުމަކަށް ދާން ލިބޭ ފުރުސަތެއްގައި އަޅުގަނޑުމެންގެ އެތުލީޓަކަށް ޓްރޭން ކުރެވޭނެ ފުރުސަތަކަށް އަޅުގަނޑުމެން ބަލާނަން. އެގޮތުން އިންޑިއާގެ ދަތުރުގައި ސާއިދަށް ޓްރޭން ކުރަން ފުރުސަތު ލިބުނީމަ ސާއިދު ގެންދަން ނިންމީ."
ތޮލާލް ވިދާޅުވީ ސާއިދު އެނބުރި ރާއްޖެ އައިސް ކަރަންޓީން ވާން ޖެހި ޕްރެކްޓިހުގައި ދުވަސްތަކެއް ގެއްލޭނެތީ، އޮލިމްޕިްކސްގެ ކުރިން އޭނާ ރާއްޖެ ނުގެނަ ގޮތަށް ހަމަޖައްސާފައި ކަމަށެވެ. އޮލިމްޕިކްސްއާ ދެމެދު މިއޮތް ވަގުތުގައި އޭނާގެ ޓްރޭނިން ކުރިއަށް ގެންދާނީ އިންޑިއާގައި ކަމަށްވެސް ތޮލާލް ވިދާޅުވި އެވެ.
ސާއިދު އިންޑިއާގެ ޓްރޭނިންއަށް ފޮނުވީ، ކޮވިޑްގެ ހާލަތުގެ ސަބަބުން ރާއްޖޭގައި ޓްރޭނިން ހެއްދޭނެ އެއްވެސް ފުރުސަތެއް ނުލިބުމުން ކަމަށެވެ.
އޮލިމްޕިކްސް އަށް ތައްޔާރުވާ ސާއިދު އަށް ރޭހެއް ނުދިން
އޮލިމްޕިކްސްއަށް ފޮނުވުމުގައި ބޭއިންސާފެއް ނުވަން
މޮޅު އެތުލީޓުންނަކީ ސާއިދު، ހިމްނާ، އަޔާން، ދާނާ
100 މީޓަރުގައި ސާއިދު އާއި ހިމްނާއަށް އެއްވަނަ
އޮލިމްޕިކްސްއާ މެދު ސުވާލު އުފެދި ތައްޔާރީތަކަށް ހިޔަނި
އެންމެ މޮޅު އެތުލީޓުގެ މަގާމް ސާއިދާއި އަފާ އަށް
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ ސަޖަން
އޮލިމްޕިކްސްގައި ރާއްޖޭން ދުވާނީ ސާއިދާއި އަފާ
ސާއިދު އަތުން މޮޅު އެތުލީޓްގެ އެވޯޑް ދޫވެ އިބާދުﷲއަށް
ރެކޯޑަކާ އެކު އެންމެ މޮޅު އެތުލީޓްގެ އެވޯޑް ފަސޫހާއަށް