15 ޖޫން 2021
އަގުހުރި އިނާމުތަކާ އެކު މީޑިއާނެޓުން ޔޫރޯ އާއި ކޮޕާ އެމެރިކާ އަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މީޑިއާނެޓްގެ މަލްޓި ސްކްރީނުން ފެށި މި "ސަބްސްކްރައިބް އެންޑް ވިން" ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
އަގުހުރި އިނާމުތަކާ އެކު މީޑިއާނެޓުން ޔޫރޯ އާއި ކޮޕާ އެމެރިކާ އަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މީޑިއާނެޓްގެ މަލްޓި ސްކްރީނުން ފެށި މި "ސަބްސްކްރައިބް އެންޑް ވިން" ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުއްދަތުގައި މަލްޓި ސްކްރީންގެ "އެމްއެސް ކޮމްބޯ" ނުވަތަ "އެމްއެސް ވީއޯޑީ"އަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ މީހަކަށް ޕްލޭސްޓޭޝަން 5 އަކާއި ފީފާ 21 ސީޑީ ލިބޭނެ އެވެ. އަދި ކޮންމެ ހަފުތާއަކު ނަގާ ގުރުއަތުން ހޮވޭ މީހަކަށް 5،000ރ. ގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބޭނެ އެވެ.
މީގެ އިތުރުން މި މުއްދަތުގައި މަލްޓި ސްކްރީން އިންސްޓަގްރާމް ޕޭޖު (@msmedianet) މެދުވެރިކޮށް ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ވެސް މީޑިއާނެޓުން ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން، އެ ޕޭޖުގައި ހިއްސާ ކުރާ މެޗުތަކުގެ ސްކޯ ދިމާކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް މަލްޓި ސްކްރީންގެ MS COMBO ނުވަތަ MS VOD އެއްމަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެ އެވެ.
މީޑިއާނެޓް މަލްޓިސްކްރީނަކީ ލައިވް ޓިވީ ޗެނަލްތަކާއި ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ފިލްމުތަކާއި ސީރީޒްތައް ބަލައިލެވޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުން ޔޫރޯ އަދި ކޮޕާ އެމެރިކާގެ ފޯރިގަދަ މެޗުތައް ފޯނާއި ޓެބްލެޓް ނުވަތަ ލެޕްޓޮޕް ފަދަ އާލާތްތަކުން ބަލައިލެވޭނެ އެވެ.
މީޑިއާނެޓަށް އާ ކަސްޓަމަރުން ނުވަތަ ލޯކަލް ޕެކޭޖް ބޭނުންކުރާ ކަސްޓަމަރުންނަށް 150ރ. އަށް މަލްޓި ސްކްރީންގެ "އެމްއެސް ކޮމްބޯ" އަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. އަދި މީޑިއާނެޓްގެ ބޭސިކް ނުވަތަ ފެމިލީ ޕެކޭޖު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް 100ރ. އަށް މަލްޓި ސްކްރީންގެ "އެމްއެސް ވީއޯޑީ" އަށް ސަބްސްކްރައިބް ކުރެވޭނެ އެވެ. އަދި މީޑިއާނެޓްގެ "ވޯންޓް އިޓް އޯލް" ބޭނުންކުރާ ކަސްޓަމަރުންނަށް 50ރ. "އެމްއެސް ވީއޯޑީ" އަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.
މަލްޓި ސްކްރީންގެ "އެމްއެސް ވީއޯޑީ" އިން މީޑިއާނެޓް އޮރިޖިނަލްސް ގެ ދަށުން ހިމެނޭ ރޫމީ އާއި ޖަންނަތު، ލަމްސް ކިޗަން އަދި މަރިޔަމް ފިލްމް ބަލައިލެވޭނެ އެވެ.
މަލްޓި ސްކްރީން އެޕްލިކޭޝަން ޑައުންލޯޑު ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ގޫގަލް ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ އެވެ. އަދި މަލްޓި ސްކްރީނަށް ސަބްސްކްރައިބް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް މީޑިއާ ނެޓުގެ ވެބްސައިޓުން ނުވަތަ އެކުންފުނީގެ އޮފިޝަލް ބިޒްނަސް ޕާޓްނަރެއް މެދުވެރިކޮށް ސަބްސްކްރައިބް ކުރެވޭނެ އެވެ.
މީޑިއާނެޓުން ރޯދަ މަހު ކޮންމެ ދުވަހަކު ހަދިޔާއެއް
ޑީކޯޑަރުން އެމްއެސްޓީވީއަށް އަޕްގްރޭޑް ކުރަން ފުރުސަތެއް
"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަނުން އަގުބޮޑު އިނާމު
"ވީކެންޑް ވިތު ވަސީމް" މީޑިއާ ނެޓް މަލްޓި ސްކްރީނަށް
ދިވެހި ފިލްމް "ހެހެސް" މީޑިއާނެޓުގެ މަލްޓި ސްކްރީނަށް
"ފިޝް އޮފް ދަ ޑޭ" ބަލަންވީ މީޑިއާނެޓުން
މީޑިއާނެޓް އެމްއެސް ކަސްޓަމަރުންނަށް އީދު ޕްރޮމޯޝަނެއް
މީޑިއާނެޓްގެ ރޯދަ ހަދިޔާ އަކީ ތުރުކީ ދަތުރެއް
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
ކޮކާ ފިޝް: ބޭނުން ވައްތަރެއްގެ މަހެއް ސީދާ ގެއަށް