Roadha Mihaaru
ޑީކޯޑަރުން އެމްއެސްޓީވީއަށް އަޕްގްރޭޑް ކުރަން ފުރުސަތެއް

"އެމްއެކްސް380" ޑީކޯޑަރުން "އެމްއެސްޓީވީ" އަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތެއް

03 ފެބުރުއަރީ 2022

މީޑިއާނެޓްގެ ހިދުމަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށްޓަކައި "އެމްއެކްސް 380" ޑީކޯޑަރުގެ ބަދަލުގައި "އެމްއެސްޓީވީ" އަށް އަޕްގްރޭޑް ކުރުމަށް އެ ކުންފުނިން އެދިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މީޑިއާނެޓްގެ ހިދުމަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށްޓަކައި "އެމްއެކްސް 380" ޑީކޯޑަރުގެ ބަދަލުގައި "އެމްއެސްޓީވީ" އަށް އަޕްގްރޭޑް ކުރުމަށް އެ ކުންފުނިން އެދިއްޖެ އެވެ.

މީޑިއާނެޓުން ބުނީ، އާ ޕްލެޓްފޯމް "އެމްއެސްޓީވީ" އަކީ ޓީވީ ޗެނަލްތަކުގެ އިތުރުން ވީޑިއޯ އޮން ޑިމާންޑްގައި (ވީއޯޑީ) ހިމެނޭ ފިލްމު އަދި ސީރީޒް ބަލައިލެވޭ ހިދުމަތެއް ކަމަށެވެ. މިހާރު މި ހިދުމަތް އެމްއެކްސް 380 ޑީކޯޑަރު މެދުވެރިކޮށް ވެސް ލިބޭނެ އެވެ. އެމްއެސްޓީވީ މެދުވެރިކޮށް 100 އަށް ވުރެ ގިނަ ޗެނަލްތައް ލިބޭއިރު، ޝޯ އެއް ނުބެލިއްޖެ ނަމަ ފަހުން އެ ޕޮރޮގްރާމެއް ބަލައިލުމުގެ ފުރުސަތު ލިިބޭނެ އެވެ. މީޑިއާނެޓުން ބުނިގޮތުގައި ގެއްލުނު ހަތަރު ދުވަހުގެ ޕްރޮގްރާމް ވެސް ފަހުން ބަލައިލެވޭނެ އެވެ. އިނގިރޭސި، ހިންދީ އަދި ދިވެހި އެތަކެއް ބައިވަރު އަމިއްލަ އުފެއްދުންތައް ހިމެނޭ މީޑިއާނެޓް އޮރިޖިނަލްސް، ރޫމީ އާއި ޖަންނަތު، މަރިޔަމް، ލަފްޒު، ވީކެންޑް ވިތް ވަސީމް ފަދަ ފިލްމާއި ސީރީޒްތައް ވީޑިއޯ އޮން ޑިމާންޑް މެދުވެރިކޮށް ބެލޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.

އެ ކުންފުނިން ބުނީ ޑީކޯޑަރެއް ނެތް ކަސްޓަމަރުންނަށް ވެސް އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ އަށް ޑައުންލޯޑް ކޮށްގެން އެމްއެސްޓީވީ ބަލައިލެވޭނެ ކަމަށެވެ. މީޑިއާނެޓްގެ ނެޓްވޯކަށް ގުޅައިދިނުމަށް އެ ކުންފުނީގެ ފަރާތުން ޓެކްނީޝަނެއް ގޭގެ އަށް ގޮސް އެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.

މީޑިއާނެޓްގެ ވެބްސައިޓަށް ގޮސް އެމްއެސްޓީވީގައި ރަޖިސްޓަރީ ވެސް ކުރެވޭނެ އެވެ.