ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީ) އިން ކުރިޔަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުވިޔަ ނުދޭން މަސައްކަތް ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.
07 ޖޫން 2021
ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީ) އިން ކުރިޔަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރުވިޔަ ނުދޭން މަސައްކަތް ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.
މަޖިލީހުން ހިންގާ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ކުރަން 241 ކޮމިޓީން އެންގުމުން ޑިފެންސް މިނިސްޓްރީން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. އަދި ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށާއި ޖަވާބުދާރީ ވާނީ މުއައްސަސާ ކަމަށް ބުނެ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއި ކުރައްވައި ސިޓީއެއް ވެސް ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ.
އެކަމާ ގުޅިގެން ނަޝީދު ވަނީ ޒަމީލްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ވެސް ފޮނުވި އެވެ. ނަމަވެސް އެ ކޮމިޓީން ރޭ ވަނީ އެ މައްސަލަ ބޭރުކޮށްލަން ނިންމައިފަ އެވެ.
ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭ މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕް ރޭ ހޫނުވެފައި ވަނިކޮށް، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ނަޝީދުގެ ފަރާތުން ކަމަށް ވިދާޅުވެ އެ ގްރޫޕަށް މެސެޖެއް ފޮނުވައިފަ އެވެ.
ހަސަން މެދުވެރިކޮށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން ކަމަށެވެ. އެކަން ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ ކަމަށާއި ސިއްރު ކުރައްވަން އުޅުއްވަނީ ކޮން ކަމެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ.
"މިއީ ރައީސް ނަޝީދު. ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބެއް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރު ކުރައްވަން ތިޔަ އުޅުއްވަނީ،" ނަޝީދު ވިދާޅުވި އެވެ.
ވަކިވަކި ސިފައިން ހާޒިރު ކުރާ މައްސަލާގައި އެމްޑީޕީ ޕީޖީ ތެރޭ ހޫނުވެފައިވާއިރު 241 ކޮމިޓީން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވަން ނިންމައިފަ އެވެ. މިއީ ނަޝީދުގެ މައްސަލައިގެ އިންކުއަރީ ފެށި ފަހުން އެ ކޮމިޓީން މީޑިއާތަކާ ބައްދަލު ކުރާ ފުރަތަމަ ފަހަރެވެ.
"ތަހުގީގަށް ހުރަސް ނާޅާކަން އެނގިވަޑައިގަންނަވާނެ"
ނަޝީދު ފޮނުއްވި އިމްތިޔާޒާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި
ނަޝީދުގެ މައްސަލަ ނުފެށި ކޮމިޓީގައި 2 އަހަރު!
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅަނީ
ނިޒާމް ބަދަލުކޮށް ބާރުތައް ބަހާނެ ވަގުތާ މެދު ސުވާލެއް
އަޅުގަނޑެއް މަޖިލީހެއް ނުހުއްޓުވާނަން: ރައީސް
އެމްޑީޕީން ދޫދީ، ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
މަޖިލީހަށް ނައިސް ވޯޓު އިތުރެއް ނުވާނެ: ނަޝީދު
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ