އިންޓެލިޖެންސް މެކޭނިޒަމްގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އިންޓެލިޖެންސް އޮޑިޓް ކޮމިޓީ (އައިއޭސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް، ހުސެއިން ޝަމީމްއާ މިއަދު ބައްދަލުކޮށްފި އެވެ.
02 ޖޫން 2021
އިންޓެލިޖެންސް މެކޭނިޒަމްގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އިންޓެލިޖެންސް އޮޑިޓް ކޮމިޓީ (އައިއޭސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް، ހުސެއިން ޝަމީމްއާ މިއަދު ބައްދަލުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމީ އިންޓެލިޖެންސްގެ ނިޒާމުގައި ހުރި މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފެއްޓެވި މަސައްކަތުގެ ދަށުން އައިއޭސީން ޕްރެސެކިއުޓާ ޖެނަރަލްއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި އިންޓެލިޖެންސް އާއި ތަހުގީގުތަކާއި ދައުވާކުރުމުގެ ނިޒާމުގައި ހުރި ކަންކަމާ ގުޅިގެން އެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރި އެވެ.
As part of the inquiry initiated by Pres @ibusolih into the national intelligence mechanism, the IAC met with the Prosecutor General today, to discuss systematic issues identified by PGO in relation to intelligence, investigations and prosecutions.
— Mabrook Azeez (@MvSpokesperson) June 2, 2021
ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލީ، މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
ރައީސް އޮފީހާއި އެޓާނީ ޖެނަރަލްގެ އޮފީސް ހިމެނޭހެން ޓީމެއް އެކުލަވާލައި، ނޭޝަނަލް އިންޓެލިޖެންސް މެކޭނިޒަމްގެ އޮޑިޓެއް ހަދަމުން އަންނައިރު ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައި ނުވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ. އެހެންވެ، އެވަރުގެ ބޮޑު ހާދިސާއެއް ހިނގިއިރު އިންޓެލިޖެންސް ފެއިލްވި ސަބަބު ބަލަންޖެހޭ ކަމަށާއި އެމްއެންޑީއެފާއި ފުލުހުންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދާނެ މިދިޔަ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އިންޓެލިޖެންސް މައުލޫމާތު ނުލިބުނު މައްސަލަ ބަލަމުން ދާއިރު، ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިގެން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެމްއެންޑީއެފަށް އަންގަވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތު ލިބުނީ އާންމު މީހެއްގެ ފަރާތުންނެވެ. އަދި އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އަންގާފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އެ މައުލޫމާތާ އެކު ނަޝީދުގެ ސަލާމަތީ ފިޔަވަޅުތައް އެންމެ މައްޗަށް ޖައްސާފައިވާ ކަމަށް މާރިޔާ ވެސް ވިދާޅުވި އެވެ. އެކަމަކު ސަލާމަތީ ކަންކަން ހުރި ގޮތުންނާއި ނަޝީދުގެ ސަލާމަތަށް އެކަށީގެން ފިޔަވަޅެއް އެޅިފައި ނުވާކަން އެނގޭކަން ބުނެ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންނަށް ވަނީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
އޭސީސީގެ އެންގުމަށް ތަބާނުވާން ލަފާދިނީ ޕީޖީ އޮފީހުން!
ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި
ކޯޓު އަމުރުނެތި 48 ގަޑިއިރަށް މީހުން ބަންދުކުރެވޭނެ
އުއްމީދަކީ އިންތިގާލީ އިންސާފު ލިބުން: ރިފްއަތު
ފުލުހުންގެ ބިލް އެކުލަވާލައި، ރައީސް އޮފީހަށް
ވޯޓަކީ ރައްޔިތުންގެ ހުކުމް، އެ ހުކުމާ ނުބެހޭތި!
ބަލައި ފާސްކުރަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން: އޭޖީ
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް
މަޖިލިސް ހިސޯރެއް ނުކުރޭ، އެޅީ ހާއްސަ ފިޔަވަޅުތަކެއް