Roadha Mihaaru
ހައުސްހޯލްޑް ޕާމިޓް 26،000 މީހުންނަށް ދީފި

ހައުސްހޯލްޑް ޕާމިޓް 26،000 މީހުންނަށް ދީފި

27 މެއި 2021

ކޮވިޑް-19 އާ ގޭގެއިން ބޭރަށް ދިއުމަށް ބޭނުން ކުރާ ހައުސްހޯލްޑް ޕާމިޓަށް އެދިފައިވާ މީހުންގެ ތެރެއިން މިރޭ 8:00 އާ ހަމައަށް 26،300 މީހަކަށް ހުއްދަ ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގޭގެއިން ބޭރަށް ދިއުމަށް ބޭނުން ކުރާ ހައުސްހޯލްޑް ޕާމިޓަށް އެދިފައިވާ މީހުންގެ ތެރެއިން މިރޭ 8:00 އާ ހަމައަށް 26،300 މީހަކަށް ހުއްދަ ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ހައުސްހޯލްޑް ޕާމިިޓަށް ހުޅުވައިލުމުން ގިނަ ބަޔަކު އެކަމަށް އެދުނު ކަމަށެވެ. ރޭ 8:00 އިން ފެށިގެން ހައުސްހޯލްޑް ޕާމިޓް ހޯދުމަށް ހުޅުވައިލި އިރު އެއް ފަހަރާ ގިނަ ބަޔަކު ޕާމިޓަށް އެދި އެޕްލިކޭޝަން ހުށަހަޅަމުން ދިއުމުން ސާވާއަށް ބާރު ބޮޑުވެ ޓެކްނިކަލް އުނދަގޫތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ވެސް އެޕްރޫވް ނުކޮށް 6،900 އެޕްލިކޭޝަން އެބަ އޮތް ކަމަށެވެ.

ވިޔަފާރި ކުރުމަށް ހައުސްހޯލްޑް ޕާމިޓްގެ ގޮތުގަައި ކޮންމެ ގެއަކުން ދެ މީހުންނަށް ހުއްދަ ލިބޭނެ އެވެ. މީގެ އިތުރުން އޮފީސްތަކަށް ދާ މީހުންނަށް އިކޮނޮމިކް މިނިސްޓްރީީ މެދުވެރިކޮށް ފާސް އަންނަނީ ދޫކުރަމުންނެވެ.

ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--

ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--

"މިހާރުވެސް އަޅުގަނޑު އެބަ ދޫކުރަން ފިހާރައަކަށް ވެއްޖިއްޔާ ސަޕޯޓު ދެ ސްޓާފުންނާއި ޑެލިވަރީ ކުރަން ދެ މީހަކަށް ހުއްދައެއް. އަދި ހޮޓާ/ ކެފޭ/ ރެސްޓޯރެންޓްތަކަށް ވެސް އެބަ ހުއްދައެއް ދޫކުރަން. ސަޕޯޓު ހަތަރު ސްޓާފުންނާއި ޑެލިވަރީ ދެ ސްޓާފުންނަށް،" އޭނާ ވިދާޅުވި އެވެ.

އެއަށް ވުރެ އިތުރަށް ހުއްދަ ބޭނުންވާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް އިތުރު ޕާމިޓުތައް ހޯދޭނެ އެވެ.

ޝަރީފު ވިދާޅުވީ، ހައުސްހޯލްޑް ޕާމިޓަށް އެދުމުގައި ކަރަންޓް މީޓަރުގެ ބަދަލުގައި ފެން މީޓަރުގެ ނަންބަރު ވެސް ހައުސްހޯލްޑް ޕާމިޓަށް އެދުމުގައި ބޭނުންކޮށްފައި ހުރި ކަމަށެވެ. އެހެންވެ ބައެއް ފަރާތްތަކަށް ޕާމިޓް ދިނުމުގައި ޑިލޭތަކެއް ކުރިމަތިވި އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ޑެލިވަރީގެ ހިދުމަތް ހެނދުނު 6:00 އިން ދަންވަރު 12:00 އަށް ކުރިއަށް ގެންދެވޭނެ އެވެ. އެހެން ނަމަވެސް ފިހާރަތައް ހުޅުވައިގެން ކަސްޓަމަރުން ގޮސް ތަކެތި ގަނެވޭނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ އަމިއްލަ އޮފީސްތަކަށް ގޮސް މަސައްކަތް ކުރާ ނަމަ، އެކަމަށް އެދި ހުއްދައަށް ހޯދުމުގެ ފުރުސަތު އީމެއިލް މެދުވެރިކޮށް ހުޅުވާލައިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޝަނާޒް މުހައްމަދު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--

އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޝަނާޒް މުހައްމަދު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ--

އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ ޝަނާޒް މުހައްމަދު ވިދާޅުވީ، މިއަދު 6:00 އާ ހަމައަށް 2،300 އީމެއިލް މެދުވެރިކޮށް 6،000 ވުރެ ގިނަ ރިކުއެސްޓް އޮފީސް ހުޅުވަން ލިބިފައިވާ ކަމަށެވެ. މިހާތަނަށް 5،400 އޮފީހަށް އެކަމުގެ ހުއްދަ ވަނީ ދީފަ އެވެ.

"އަޅުގަނޑުމެން މިބަލަނީ ވޯކްފޯސް އާއި ކެޕޭސިޓީއާ އެކު މާދަމާ ހެނދުނު މިހާރު ފޮނުވާފައިވާ ހުރިހާ ރިކުއެސްޓްތަކަށް ހުއްދަ ދެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.