Roadha Mihaaru
އަންހެނަކު ގޯޅިގަނޑަށް ވެއްދި ދެ މީހުނަށް ދައުވާކޮށްފި

ގަދަކަމުން އަންހެނަކު ގޯޅިގަނޑަށް ވެއްދި ދެ މީހުންގެ މައްސަލަ ކޯޓަށް

26 މެއި 2021

މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިރޭ "މިހާރު" އަށް ބުނީ އެ ދެ މީހުންގެ މައްޗަށް ދައުވާކޮށް، އިއްޔެ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލާގައި ދައުވާކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު 28، ގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

މާފަންނު ލެމަންގްރާސް ހުންނަ މަގުގައި މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 8:20 ހާއިރު މަގުމަތިން ދިޔަ އަންހެނަކު ހިފަހައްޓައި، އޭނާ ގަދަ ދައްކަނިކޮށް، ހަނި ގޯޅިއެއްގެ ތެރޭގައި ހުރި ކޮޓަރިއަކަށް ވައްދައި ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާ އެކު އެ މީހުން ވަނީ މިދިޔަ ހަފުތާގައި ދޫކޮށްލައިފަ އެވެ.

މާލެ މަގުމަތިން ގަދަކަމުން އަންހެންނަކު ގެންދަނިކޮށް ފެންނަ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް.--

މާލެ މަގުމަތިން ގަދަކަމުން އަންހެންނަކު ގެންދަނިކޮށް ފެންނަ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް.--

އެކަމަކު، އެ މީހުން ދޫކޮށްލައިފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެދުމަކަށެވެ.

ކޯޓުން އެ ދެ މީހުން ދޫކޮށްލަން އަމުރުކުރީ މި މައްސަލައިގެ ތަހުގީގަށް ބަންދުގައި ބެއިތިއްބުމުގެ މުއްދަތު އިތުރުކުރަން ފަސް ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައި ވަނީ އެ މީހުން ބަންދުން ދޫކޮށްލަން ކޯޓުގައި އެދުނު މައިގަނޑު ސަބަބަކީ ހައްޔަރުކުރީ ރޭޕްކުރަން އުޅުނު މައްސަލައަކާ ގުޅިގެން ކަމަށް ވިޔަސް މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ފޮނުވިއިރު، ރޭޕްކުރަން އުޅުން ފަދަ ޖިނާއީ ބޮޑު ދައުވާއެއް ކުރެވޭނެ ވަރުގެ ހެކި ނެތުމުން ކަމަށެވެ.

އެކަމަކު އެ މައްސަލަ ބަލައިގަނެ، އެ މީހުންގެ މައްޗަށް ކުރެވޭނެ އިތުރު ދައުވާއެއް އޮތްތޯ ބަލައި، ދަައުވާކުރަން ފޮނުވާނެ ކަމަށް ބުނެފައިވެ އެވެ.

އެ މީހުން ދޫކޮށްލުމަށް ޕީޖީން ކޯޓުގައި އެދިފައި ވަނީ އަންހެން މީހާއާ ބައްދަލު ނުކުރެވޭ ގޮތަށާއި އަދި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށް ޝަރުތުކޮށްފަ އެވެ.

އެ އަންހެން މީހާ ގަދަކަމުން ގެންދާ ވީޑިއޯގައި ފެންނަނީ އެ ދެ ފިރިހެނުންނާ އެކު ނުދާން އަންހެން މީހާ ގަދަދައްކަމުން ދަނިކޮށް އުފުލައިގެން ހަނި ގޯޅި ގަނޑަކަށް ވައްދާ މަންޒަރެވެ. އެ ވަގުތު ގިނަ ބަޔަކު މަގުމަތީގައި އުޅޭ މަންޒަރު ވެސް ފެނެ އެވެ. އެކަމަކު، އެއިން މީހަކު އެކަމަށް އަޅާލާ މަންޒަރެއް ނުފެނެ އެވެ.

ގަދަކަމުން ގޯޅި އަށް ވައްދަން އުޅުން ވަގުތު އަންހެން މީހާ ބިންމައްޗަށް ވެއްޓުން ނަމަވެސް ކައިރީ ތިބި މީހުން އަޅައެއް ނުލަ އެވެ. އެ މީހުން ތިބީ މަންޒަރު ބަލާށެވެ. އެންމެ ފަހުން، އަންހެން މީހާ ސަލާމަތްކުރީ، ކައިރީގައި ހުރި އީދު މިސްކިތުން އެ ވަގުތު ތަރާވީސްކޮށްގެން ނުކުން ބަޔަކު ކަމަށް މަންޒަރު ދުށް މީހަކު ކުރިން ބުނެފައިވެ އެވެ.