Roadha Mihaaru
ހެލްތު މިނިސްޓަރުގެ ނައިބަކަށް ޝަމާއު

ހެލްތު މިނިސްޓަރުގެ ނައިބަކަށް ޝަމާއު

24 މެއި 2021

ހެލްތު މިނިސްޓަރުގެ ނައިބަކަށް، މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މިއަދު އައްޔަން ކުރައްވައިފި އެވެ.

އަހުމަދު އިޔާދު އަހުމަދު އިޔާދު

ހެލްތު މިނިސްޓަރުގެ ނައިބަކަށް، މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް ޝަމާއު އައްޔަންކުރައްވައި ލިޔުން ހަވާލު ކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރުގެ އިތުރުން ޝަމާއު ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑު މެމްބަރު ކަމާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ސްރީ ލަންކާގެ އެމެރިކަން ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނާއި އެ ގައުމުގެ އެމެރިކަން ނެޝަނަލް ކޮލެޖުން ތައުލީމް ހާސިލް ކުރެއްވި ޝަމާއު ވަނީ ޑިޕްލޮމާ އިން ސައިކޮލޮޖީ އާއި ޑިޕްލޮމާ އިން ކައުންސިލިން ސައިކޮލޮޖީ ހާސިލް ކުރައްވައިފަ އެވެ.

އެންވަޔަރުމެންޓް، ކްލައިމަޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ޝަރީފް ވެސް އިއްޔެ ވަނީ އައްޔަން ކުރައްވައިފަ އެވެ. އޭނާ އެންމެ ފަހުން ހުންނެވީ މި މަހުގެ ފަސް ވަނަ ދުވަހު ސަރުކާރުން އުވައިލި ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގަ އެވެ.