Roadha Mihaaru
ޑެހެއާ ދޫކޮށްލަން ޔުނައިޓެޑުން ތައްޔާރުވަނީ

ޑެހެއާ ދޫކޮށްލަން ޔުނައިޓެޑުން ތައްޔާރުވަނީ

05 މެއި 2021

މެންޗެސްޓާ (5 މެއި) - ވެސްޓް ބްރޯމްގެ ގޯލްކީޕަރު ސޭމް ޖޯންސްޓޯން ގެންދަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުންދާ ކަމަށް އިނގިރޭސި މީޑިއާއިން ރިޕޯޓް ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެންޗެސްޓާ (5 މެއި) - ވެސްޓް ބްރޯމްގެ ގޯލްކީޕަރު ސޭމް ޖޯންސްޓޯން ގެންދަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުންދާ ކަމަށް އިނގިރޭސި މީޑިއާއިން ރިޕޯޓް ކޮށްފި އެވެ.

ޔުނައިޓެޑާ ގާތް ގުޅުމެއް އޮންނަ ފަރާތަކާ ހަވާލާދީ، އީއެސްޕީއެން އިން ބުނެފައި ވަނީ، ޔުނައިޓެޑްގެ އެއް ވަނަ ކީޕަރުގެ ގޮތުގައި ކުރިން ހުރި ޑޭވިޑް ޑެ ހެއާ ދޫކޮށްލަން ޔުނައިޓެޑުން ތައްޔާރު ވަމުންދާ ކަމަށެވެ. ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ޝޮލްޝަޔާ، ޓީމުގެ އެއް ވަނަ ކީޕަރުގެ ގޮތުގައި މިހާރު ފުރުސަތު ދެނީ އިނގިރޭސި ކީޕަރު ޑީން ހެންޑަސަން އަށެވެ.

ސްޕެއިންގެ ގައުމީ ޓީމުގައި ވެސް، ޑެހެއާ އަށް މިހާރު ފުރުސަތު ލިބެނީ ބެންޗުންނެވެ. ގައުމީ ޓީމުގެ އެއް ވަނަ ކީޕަރުގެ ގޮތުގައި ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ މިހާރު ފުރުސަތު ދެނީ އެތުލެޓިކް ކްލަބު ބިލްބާއޯގެ ކީޕަރު އުނައި ސިމޯން އަށެވެ.

ސޭމް ޖޯންސްޓޯން، 28 ވަނީ ނުވަ އަހަރު ވަންދެން ޔުނައިޓެޑްގެ އެކެޑެމީގައި ކުޅެފަ އެވެ. އޭނާ ގަންދަން މަސައްކަތް ކުރަނީ ޔުނައިޓެޑްގެ ދެ ވަނަ ކީޕަރަކަށެވެ. ވެސްޓްބްރޯމް އަށް 2018 ގައި އޭނާ ބަދަލުވީ 6.5 މިލިއަން ޕައުންޑަށެވެ.

އޭނާ އަލުން ޔުނައިޓެޑަށް ގެންނަނީ ޑެހެއާ ދޫކޮށްލުމަށެވެ. ވެސްޓް ބްރޯމް އާއެކު ޖޯންސްޓޯން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2022 ގަ އެވެ. އޭނާގެ ޓްރާންސްފާގެ އަގުގެ ގޮތުގައި ވެސްޓްބްރޯމްއިން ހަމަޖައްސާފައި ވަނީ 18 މިލިިިއަން ޕައުންޑެވެ.

އޭނާ ގެންދަން ޝައުގުވެރި ވަނީ ޔުނައިޓެޑުން އެކަންޏެއް ނޫނެވެ. ވެސްޓްހަމް ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސްއިން ވެސް އޭނާއަށް ޝައުގުވެރި ވެއެވެ.