29 ފެބުރުއަރީ 2020
ލަންޑަން (ފެބްރުއަރީ 29) - މެންޗެސްޓާ ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ޝެފީލްޑް ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ގޯލްކީޕަރު ޑީން ހެންޑަސަން އަަށް އަންނަ ސީޒަނުގައި ޔުނައިޓެޑުން ޖާގަދިނުމުގެ ގޮތުން އެ ޓީމުގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދޫކޮށްލަފާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (ފެބްރުއަރީ 29) - މެންޗެސްޓާ ޔުނައިޓެޑްގެ ލޯން އެއްބަސްވުމެއްގެ ދަށުން ޝެފީލްޑް ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ގޯލްކީޕަރު ޑީން ހެންޑަސަން އަަށް އަންނަ ސީޒަނުގައި ޔުނައިޓެޑުން ޖާގަދިނުމުގެ ގޮތުން އެ ޓީމުގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާ ދޫކޮށްލަފާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 28 އަހަރުގެ ޑެހެއާ ވަނީ ބޮޑު މުސާރައަކަށް 2023 ގެ ނިޔަލަށް ޔުނައިޓެޑާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ. އެކަަމަކު ޔުނައިޓެޑްގައި ޑެހެއާގެ މުސްތަގުބަލާ މެދު ސުވާލު އުފެދެން ފެށީ ކްލަބްގެ ކެޕްޓަން އެޝްލީ ޔަންގް ޖެނުއަރީ މަހު އިންޓަ މިލާނަށް ބަދަލުވުމުން ޑެހެއާގެ ބަދަލުގައި ހެރީ މެގުއާ އަށް ޓީމުގެ ކެޕްޓަންކަން ދިނުމުންނެވެ. ޑެހެއާ ވަނީ ސީޒަން ފެށުމުގެ ކުރިން ވެސް ޔުނައިޓެޑް ކެޕްޓަނަކަށްވާން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ވިސްނުން ހުރީ ދުރު މުސްތަގުބަލަކަށް ޓާގެޓްކޮށް އުމުރުން 22 އަހަރުގެ ހެންޑަސަން އަށް ފުރުސަތު ދޭށެވެ. ހެންޑަސަން އަންނަނީ މި ސީޒަނުގައި ޝެފީލްޑްގެ ގޯލުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ދާދި ފަހުން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ހެންޑަސަން ވަނީ ޔުނައިޓެޑްގެ އެއް ވަނަ ކީޕަރަށް ވުމަކީ އޭނާގެ އަމާޒުކަމަށް ބުނެފަ އެވެ.
ހެންޑަސަންގެ އެ ވާހަކަތަކަށް އިޝާރާތްކޮށް ސޯލްޝެއާ ބުނީ ޔުނައިޓެޑްގެ މަގާމުތަކަށް އެކި ކުޅުންތެރިން ޗެލެންޖް ކުރުމަކީ އޭނާ މަރުހަބާކިޔާނެ ކަމެއް ކަމަށާއި ހެންޑަސަން ފަދަ މުސްތަގުބަލު އޮތް ކުޅުންތެރިޔަކު އެހެން ބުނުމުން އުފާކުރާކަމަށެވެ.
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްލޮވީނިއާގެ ކީޕަރު ޔެން އޮބްލަކް މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު ބޮޑުވިއިރު، އެ މަގާމަށް އެތުލެޓިކޯ އިން ބޭނުންވަނީ އެ ޓީމުގެ ގޯލުކުރިން ބެލެހެއްޓި ޑެހެއާ އަލުން ގެންނާށެވެ. ޑެހެއާ، ޔުނައިޓެޑާ ގުޅުނީ 2011 ވަނަ އަހަރު އެތުލެޓިކޯ އިންނެވެ.
ޑެހެއާ ޔުނައިޓެޑް ދޫކޮށްލައިފި، ބަދަލުގައި އޮނާނާ ގެންނަނީ
ޔުނައިޓެޑާ އެކު އޮތް ޑެހެއާގެ ކޮންޓްރެކްޓް ހަމަވެއްޖެ
ރަޝްފޯޑްގެ 100 ވަނަ ގޯލާ އެކު ޔުނައިޓެޑް ކުރިއަށް
ސްޕެއިން އާއެކު ޑެހެއާ ވޯލްޑް ކަޕަށް ނުދާނެ: ރިޕޯޓް
ނޯބަލްގެ ޕެނަލްޓީ ދިފާއުކުރި ޑެހެއާ ބަތަލަކަށް
ޑެހެއާ ދޫކޮށްލަން ޔުނައިޓެޑުން ތައްޔާރުވަނީ
ދުނިޔޭގެ އެންމެ މުސާރަ ބޮޑު ގޯލްކީޕަރަކަށް ޑެހެއާ
ޔުނައިޓެޑްގެ ކޮންޓްރެކްޓް އާ ކުރުން ޑެހެއާ ފަސްކޮށްފި
ޑެހެއާގެ އަމާޒު ޔުނައިޓެޑުގެ ކެޕްޓަން ކަމަށް
ޑެހެއާ އަށް އިތުބާރު އެބަ އޮތް: ސޯލްޝެއާ