Roadha Mihaaru
ކޮވިޑަށް ޕޮޒިޓިވްވުމުން ކައިވެނި ކުރީ ޕީޕީއީގައި

ކޮވިޑަށް ޕޮޒިޓިވްވުމުން ކައިވެނި ކުރީ ޕީޕީއީގައި

29 އެޕްރީލް 2021

މަދްޔަ ޕްރަދޭޝް (އެޕްރީލް 29) - އިންޑިއާގައި ރެކޯޑް އަދަދުން ކޮވިޑަށް ޕޮޒިޓިވްވަމުން ދަނިކޮށް މަދްޔަ ޕްރަދޭޝްގެ ރަތުލަމްގައި ޕީޕީއީގައި ތިބެ ކައިވެންޏެއް ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މަދްޔަ ޕްރަދޭޝް (އެޕްރީލް 29) - އިންޑިއާގައި ރެކޯޑް އަދަދުން ކޮވިޑަށް ޕޮޒިޓިވްވަމުން ދަނިކޮށް މަދްޔަ ޕްރަދޭޝްގެ ރަތުލަމްގައި ޕީޕީއީގައި ތިބެ ކައިވެންޏެއް ކޮށްފި އެވެ.

ޕީޕީއީގައި ތިބެ ކައިވެނި ކުރަން ޖެހުނީ ފިރިހެން ކުއްޖާ ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. ކައިވެނި ކުރި ދެމަފިރިންނާއި ދެ ފަރާތުގެ އާއިލާ އަދި ކައިވެނިކޮށްދިން ފާދިރީ ވެސް ހުރީ ޕީޕީއީގަ އެވެ.

އޮފިޝަލުން ބުނެފައި ވަނީ އެ ކައިވެނިކޮށްފައި ވަނީ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށެވެ.

ފިރިހެން ކުއްޖާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅަށް ކޮވިޑް ޖެހުނީ ކައިވެނީގެ ފަހުގެ ތައްޔާރީތައް ކުރިއަށް ދަނިކޮށް ކަމަށެވެ. ޕޮޒިޓިވްވި ނަމަވެސް ދަރިފުޅުގެ ފަރާތުން ބަލީގެ އަލާމާތްތައް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

އިންޑިއާގައި ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ދަނީ ރެކޯޑް އަދަދުތަކުން ކޮވިޑަށް މީހުން ޕޮޒިޓިވްވަމުންނެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 379,257 މީހުން ޕޮޒިޓިވްވެފަ އެވެ. މިއީ އެއް ދުވަސްތެރޭ ޕޮޒިޓިވް ރޭޓަށް ބަލާއިރު އަނެއްކާވެސް ރެކޯޑެކެވެ. އިއްޔެ އެކަނި ވަނީ 3،645 މީހުން މަރުވެފަ އެވެ. އިންޑިއާ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 18,376,524 އަށް އަރާފައިވާ އިރު އެ ގައުމުން ވަނީ 204,832 މީހުން މަރުވެފަ އެވެ.