މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާ ލީޑް ރޯލު ކުޅެފައިވާ ވެބް ސީރީޒް "ސަންފްލާވާ" ގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.
14 އެޕްރީލް 2021
މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާ ލީޑް ރޯލު ކުޅެފައިވާ ވެބް ސީރީޒް "ސަންފްލާވާ" ގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.
ޒީ5 އިން ސްޓްރީމްކުރަން ހަމެޖހިފައިވާ މި ސީރީޒަކީ ހުނަރުވެރި ޑައިރެކްޓަރު ވިކާސް ބާލް ގެނެސްދޭ އެއްޗެކެވެ.
ރިތިކް ރޯޝަންގެ "ސުޕަ 30" އާއި ކަންގަނާ ރަނާވަތުގެ "ކްއީން" ގެ އިތުރުން ޝާހިދު ކަޕޫރްގެ "ޝާންދާރު" ގެނެސްދިން ޑައިރެކްޓަރުގެ އަލަތު ވެބް ސީރީޒް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، ވިކާސް މިހާރު އަންނަނީ "ގުޑްބާއި" ކިޔާ ފިލްމެއް ހަދަމުންނެވެ. އެ ފިލްމުގެ ތަރިންނަކީ އަމީތާބް ބައްޗަނާއި ރަޝްމިކާ މަންދަނާ އާއި ޕަވައިލް ގްލާޓީގެ އިތުރުން ނީނާ ގުޕްތާ އެވެ.
"ގުޑްބާއި" އަށް ފަހު ވިކާސް ހަދަން އޮތް ފިލްމަކީ ޓައިގާ ޝްރޮފާއި ކްރިތީ ސެނަންއާ އެކު ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ "ގަންޕަތު" އެވެ.
އޭނާގެ އަލަތު ވެބް ސީރީޒް "ސަންފްލާވާ" އަކީ ކުށުގެ ވެށީގައި ހިނގާ ކަންތައްތަކެއް މަޖާ ގޮތަކަށް ގެނެސްދޭނެ ކްރައިމް ކޮމެޑީއެކެވެ. މީގެ ލީޑް ސުނިލް ކުޅެފައިވާ އިރު، އިތުރު ކާސްޓުންގެ ތެރޭގައި އަތުލް ކުލްކަރްނީ އާއި ރަންވީރު ޝޯރޭ އާއި ގިރިޝް ކުލްކަރްނީ ހިމެނެ އެވެ.
ކުރިން ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ވެސް މަސައްކަތްކުރި ސުނިލް، 44، އަކީ މި އަހަރުގެ ކުރީކޮޅު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި ސައިފް އަލީ ޚާންގެ ވެބް ސީރީޒް "ތަންޑަވް" ގެ ކާސްޓްގައި ވެސް ހިމެނުނު ފަންނާނެކެވެ.
އޭނާ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ޓައިގާގެ "ބާގީ" އާއި ސަލްމާން ޚާންގެ "ބާރަތު" އާއި ސާނިއާ މަލްއުތުރާގެ "ޕަޓާކާ" އާއި އާމިރު ޚާންގެ "ގަޖްނީ" އަދި އަކްޝޭ ކުމާރުގެ "ގައްބަރް އިޒް ބެކް" ހިމެނެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކަޕިލް ޝަރުމާ ސިޓްކޮމް އެއް ކުޅެނީ
ކަޕިލްގެ ނެޓްފްލިކްސް ޝޯގެ ޕްރީމިއާ މި މަހު
ޖޯނީ: އެކަކުވެސް ރުޅި ނާންނަ އެކްޓަރު
ސުނިލް ގްރޯވާގެ "ސަންފްލާވާ" ޖޫން 11 ގައި
އެމެޒޯންގެ "ލޮލް" ގެ އިންޑިއާ ވާޝަން 30 ގައި
ކަޕިލްގެ ނެޓްފްލިކްސްގެ ޝޯގެ ޝޫޓިން ދުބާއީގައި
ކަޕިލްގެ ޝޯއެއް ނެޓްފްލިކްސް އަށް
ކޮމެޑީ ފިލްމު ކުޅެން ފަސޭހައެއް ނޫން: ސާރާ އަލީ ޚާން