Roadha Mihaaru

ދިރާގު ޓީވީގެ ހިދުމަތް ރ. މަޑުއްވަރިއަށް

ދިރާގު ޓީވީގެ ހިދުމަތް ރ. މަޑުއްވަރި އަށް މިއަދު ތައާރަފުކޮށްފި އެވެ.

ދިރާގު ޓީވީގެ ހިދުމަތް ރ. މަޑުއްވަރިއަށް
އިދުހާމް ނައީމް
އިދުހާމް ނައީމް

12 އެޕްރީލް 2021

ދިރާގު ޓީވީގެ ހިދުމަތް ރ. މަޑުއްވަރި އަށް މިއަދު ތައާރަފުކޮށްފި އެވެ.

މި ހިދުމަތް އެ ރަށަށް ތައާރަފުކުރީ ދިރާގުގެ ޑިޖިޓަލް ހިދުމަތްތައް ފުޅާކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. މިހާރު ވެސް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް މި ހިދުމަތް ވަނީ ތައާރަފު ކޮށްފަ އެވެ.

ދިރާގުން ދާދި ފަހުން ވަނީ ދިރާގު ޓީވީގެ ހިދުމަތާ ގުޅޭ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް (ޑީކޯޑަރު) މުޅިން ހިލޭ ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގު ޓީވީގެ ގޯލްޑް ޕެކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. މި ޕެކް މެދުވެރިކޮށް 450ރ. އަށް 100 އަށް ވުރެ ގިނަ ޗެނަލްތައް ބެލޭނެ އެވެ. މިޕެކުގައި އެ ކުންފުނިން އަލަށް އިތުރު ކުރި ސިނަމަޗީގެ ޗެނަލްތައް ވެސް ހިމެނޭނެ އެވެ.

ދިރާގު ޓީވީގައި ހިމެނޭ ޗެނަލްތަކުގެ ތެރޭގައި މަޝްހޫރު ޑިޒްނީ، ސޮނީގެ ސްޕޯޓްސް ޗެނަލްތައް، ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯކް، ރާއްޖެއާއި ބޭރު ދުނިޔޭގެ ޚަބަރު ޗެނަލްތައް އަދި އަލް ޤުރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނެ އެވެ.